19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ސާފުކޮށް ވަކާލާތުކުރައްވާ މެންބަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިގޔޮަށް ވިދާޅުވެފައި ވަނީ މިހާތަނަށް ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީގެ ހިޔާނާތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރު އަދި ވަޒީރުން މަންފާ ލިބިގެންފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވުމާއި ގުޅިގެން އެމައްސަލައިގައި ޝާމިލްވާ މީހުން ހާމަކުރުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަކަށް ޖާބިރު ބަހުސްކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރަމުންނެވެ.

އެމައްސަލަ އަށް ބަހުސްކުރައްވައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ވަގު ފައިސާގައި ޖެހިފައި ކަމަށެވެ. ޖާބިރު ވިދާޅުވީ އެހިޔާނާތުގެ ފައިސާގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާވެސް ވަނީ ޖެހިފައި ކަމަށެވެ. އަދި އެމައްސަލަ މިއަދުން މިއަދަށް ބަލައި އެކަމުގައި ބައިވެރިވި އެންމެނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އަދި ރޮޒައިނާގެ މައްސަލަ ބަލާ ނަމަ މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒު އެމަގާމުން ވަކިކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ރޮޒައިނާގެ ފިރިކަލުން ރިޔާސަތުގައި އިންނަވައިގެން އެކަމަނާގެ މައްސަލައެއް އިންސާފުވެރިކަމާއި އެކު ނިންމާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

ޖާބިރު އަކީ އަމިއްލަ މެންބަރެއް ކަމުގައި ވީނަމަވެސް އޭނާގެ ފިކުރާއި އެމްޑީޕީގެ ފިކުރު ދިމާވާ ވާކަަމަށް އަމިއްލަފުޅަށްވެސް މީގެ ކުރިން އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. އަދި ކާށިދޫ ދާއިރާގެ މެންބަރުކަމަށް ޕްރައިމަރީގައި ވާދަކުރެއްވީވެސް އެމްޑީޕީގެ ފަރާތުންނެވެ. ނަމަވެސް އޭނާއަށް އެ ޓިކެޓް ކާމިޔާބު ނުވެ، ފަހުން މަޖިލީސް އިންތިހާބުގައި ވާދަކޮށްފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

ޖާބިރުގެ ފިކުރު އެމްޑީޕީ ފިކުރާއި ދިމާވާ ކަމަށް އޭނާ އަމިއްލައަށް ވިދާޅުވާއިރު، އެޕާޓީގެ ބައެއް ނިންމުން ތަކާއި ދެކޮޅަށްވެސް އެތައް ފަހަރަކު އޭނާ ވަނީ ވަކާލާތު ކުރައްވާފައެވެ.

އެގޮތުން ޖާބިރު މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ މަޖިލީހުގެ ތަޅުން ހޫނުކުރައްވާފައެވެ. އަދި ދެފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށްވެސް އޭނާ އަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަތްގޯނި

    ނިހާނޫ ތަމެން އަދި ސިޔާސީ މައިދާނުގައި ވަރަށް ހަގު ވާނެ. ތިހެން މޮޔަ މެމްބަރަކު ޗާރޖު ކޮއްލާފައި ސިކުނޑި ހަމަ ނުޖެހޭ މީހެއް އުލޭ ގޮތައް އުލެން މަޖުލިހުގެ މާލަމަށް ދޫކޮއްލުމުން ތަމެން ހީކުރަނީ ތަމެންގެ މަޤުސަދު ހާސިލް ވާނޭކަމަށްތޯ! ހަމަ ހިލާ އެހެނެއް ނުވާނެ. ތަމެންނަށް ނޭގޭނެ ތަމެންގެ ބޮނދުގެ ބުޑަށް މަމެން ރައްޔިތުން ސައި ކިޔައި ތަމެން ދެން އަރަން ހުރި ގޮޅި ތައް ބެދި ހުސް ވާއިރުވެސް. މިބުނީ ލައްކަގިނަ ވާހަކަ.

    10
    1
  2. ކާށިދޫ ކަޅުބެ

    ތެދެއްތިބުނީ.ޖާބިރު ވަރުގެ މީހެއް ނެތް.އެއީ ހަމަ ހީރޯ އެއް.ޖާބިރު ނެތިއްޔާ ވަރަށް ފަޅު މަޖިލިސް.ބަޔަކު އުޅޭހެންވެސް ހީނުވޭ.އަދި އަނެއްކާ ރައްޔިތުންނަށް ފައިދާހުރި ޒަމާނަށް ފެތޭ ވަހަކައެއް ބުނެލަނީވެސް ޖާބިރު.ބޮލުގެ ބޭނުންކޮށްލާ މީހަކީވެސް ޖާބިރު.ބަލާބަލަ ކާށިދޫ މީހުންނަށް ހެދިގޮތް.ބޮލުގެބޭނުން ކޮށްގެން ކޭބަލްކާރޭ ކިޔައިގެން މަޖިލިސް ގޮނޑި ކާމިޔާބު ކޮށްފި.

  3. ދިވެހިމިީހަާ ދަހިޓޮތޯ

    ގަންނަާނެއްބަާ އެންމެ ގިނައިން ދޭ ކޮޅަކަށް ދެވޭނީ

    3
    1