އަޑުހަރުކޮށް ކީރިތި ޤުރުއާން ކިޔަވާއިރު ވީހާވެސް ރީތިކޮށް ކިޔެވުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މައުމޫން މިގޮތަށް އިލްތިމާސްކުރެއްވީ އިސްލާމިކް ޔުނިވަރސިޓީން ރޭ ބޭއްވި ކީރިތި ޤުރުއާނާބެހޭ މަޙްފިލުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ، އަޑުހަރުކޮށް ޤުރުއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ޤުރުއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާނެ ކަމެއް ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މިސުރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، މާތްﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައި ކަމަށާއި، ޖިބްރީލް ޢަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީ ކަމަށެވެ. އަދި ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވުނީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އޭގެފަހުން ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ތަޖުވީދު ޢިލްމުގެ ހަމަތަކާއި އުޞޫލުތައް ނެގިފައި އެވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ޤުރްއާން ކިޔަވާ ވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން ކަމަށެވެ.
އަދި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި، ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަޤާމުތައް ޢިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިން ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މިޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީގެ ބާނީއަކީ ރައީސް މައުމޫން ކަމާއި، ރާއްޖޭގައި އިސްލާމީ ތަޢްލީމު ފެތުރުމުގެ މޭސްތިރިއަކީވެސް އެމަނިކުފާނު ކަމުގައިއެވެ. މިގޮތުން އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އިބްރާހިމް ޒަކަރިއްޔާ މޫސާ ބައްލަވައި ލެއްވިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލުގައި ޑރ. އަޙްމަދު ނުޢައިނަޢުވެސް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. އަދި ޤުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޖަލްސާގެ ބައިވެރިންނާ ޙިއްސާ ކުރެއްވިއެވެ.
ރަނގަޅުވާހަކަފުޅެއް .. އަޅުގަނޑު މިދިޔަހަފްތާތެރޭ ރ އިފުރުމަގުން ރ އުނގޫފާރަށްގޮސް އެނބުރިމާލެއަންނަންވެގެން ރ އިފުރުއެއާޕޯޓަށްގޮސް އިޝާނަމާދުކުރަން އެއާޕޯޓުކައިރީގަހުރި މިސްކިތަކަށްއެރިއިރު އެއޮތްކިޔަވާލިކިޔެމުގެއްގެއިވިފަ ހަމަކޮސްވި .. އ ވ ޢ ޙ ވަކިކުކުރާކަންނޭގުނު .. އަނެއްކާކިޔެވީވެސް އެހާދިގުސޫރަތް ...
ހަލާކުގެ އައްޕަ! އަމިއްލަ އެދުމުން ފޯވެފައިވާ މީހެއް! 30 އަހަރު ދުވަސް ވަންދެން ކެވުނުލެއް މަދުވެގެން އަދިވެސް އުޅޭތަން ފެންނަނީ! 30 އަހަރު ދުވަސް ވަންދެން ގައުމަށް ލިބުނު މުއްސަނދިކަން އާއިލާގެ މެމްބަރުންނަށްދީ ހުސްކުރި! ކޮރަޕްޝަންގެ އައްޕަ! ފާއިތުވެދިޔަ ފަސްއަހަރުވެސް އަޑީގައި ހުރެގެން ގައުމަށާ ވެރިކަމަށް އެތައް މުސީބާތެއް ކުރިމަތިކުރީވެސް އަމިއްލަ އަންބޮނޑި ބޮޑުކުރަން! މިތުހުމަތުތައް މުޅި ގައުމުކުރޭ!
ޢެހެންވެ ދެއްތޯ ކީރިތި ޤްރްއާނަކީ ޙުއްޖަތެއް ނޫންކަމަށާއި ބުރުގާ ނުވަތަ ޢައުރަ ނިވާކުރުމަކީ ލާޒިމް ކަމެއް ނޫންކަމައް ވިދާޅު ވެވުނީ އަހަރެމެންގެ މައްޗައް ރޯފަ ފަރުލު ކުރެއްވި ގޮތައް ގިސާސްވެސް އަހަރެމެންގެ މައްޗައް ފަރުލު ކުރައްވާފަ ވޭ އެކަން މަނިކްފާން ވިދާޅުވީ ގިސާސް އެންމެ މީހެއްގެ ކިބައިން ހިފިޔަސް މުޅި ގައުމު ފަސާދަވެ ދޕމޮކްރާތީ ގެއްލިދާނެ ކަމައް
ޤުރުއާނަކީ ހުއްޖަތެއްނޫނެކޭ ވިދާޅެއްނުވޭ. ވިދާޅުވީ ޤުރުއާނުގެ ދިވެހި ތަރުޖަމާއަކީ ހުއްޖަތެއް ނޫނޭ. (އެކިބޭފުޅުން ތަރުޖަމާކޮށްފަ ހުންނަނީ އެކިގޮތަށް)
ވަރަށްވެސް ރަނގަޅު ވާހަކަފުޅެއް.....