މިރޭ ސިނަމާލެ ބުރިޖާއި ގުޅޭ (ހައިވޭގައި) ހަލި މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި އަންހެން ކުއްޖާގެ މަންމަގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން ހައިވޭއަށް އަރަންދާ ސަރަހައްދުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބަހެއްގައި ސައިކަލެއް ޖެހިގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއް އެ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 51 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓްގައި ނިޔާވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ، މިރޭ 22:40 ހާއިރު ހުޅުމާލެ ނިރޮޅު މަގުން އައިސް ހަލިމަގަށް އަރާ ހިސާބު ޓާމިނަލް ކައިރިން ސައިކަލާއި ބަހެއް ޖެހިގެން އެކްސިޑެންޓް ވެފައި ވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 51 އަހަރުގެ އަންހެނަކު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށާއި، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، ސައިކަލާއި ބަސް ޖެހި އެކްސިޑެންޓް ވުމުން ބަސް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި، ބަސް ހުއްޓުވާފައި ވަނީ ހަލިމަގުގައި ޔޫޓާން ނަގާ ސަރަހައްދުންނެވެ.

މި ހާދިސާ ހިނގިިއިރު، ބަސް ދުއްވަން އިނީ 54 އަހަރުގެ ފިރިހެނެކެެވެ. އޭނާއަށް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޭެއެޑްވަޑް ބާމުންޑޭ

    ކުއްވެރިވާނީ ބުރިޖާ ތިމަގު ހެދިމީހުން.

    42
    5
    • ނުހާ

      ކަލޭމެން ފިރިހެނުންނަށް ހާދަ ކަންތައްތައް ބޮޑުވެޔޭދޯ،އަންހެނުން ސައިކަލު ދުއްްވާތީ،ތިޔަހާާ ވަރު އަރުވާފަ ތިޔަހެންބުނާރު ފިރިހެނުން ދުއްވާރުގަ އެކްސިޑެންޓްވޭ އެހެޔޮވާނެ އެތާގަ އަންހެނަކުނެތަސް،ކަލޭމެން އަންހެނުންނޭ ކިޔާފަ އެއްޗިހި ކިޔާރުގަ ލަދެއްނުގަނޭތަ އަންހެނެއްގެ ފަރާތުން ނޫންއެހެން ގޮތަކަށް ކަލޭމެންގެ ބޭނުންތައްކެއް ނުމެއްފުއްދޭ

      6
      12
      • އެޑަމްބެ

        ނުހާ އަށް ތިއޮތީ ބާމުންޑޭ ބުނި އެއްޗެއް ގެޓު ނުވެފާ! އޭނަ އެ ބުނީ ސިޔާސީ މޭރުމަކުން. ވީމާ، ޖިންސީ ގޮތުން ދިމާކުރާ މީހަކާ ތިވާހަކަ ހިއްސާ ކޮއްލުން ބުއްދިވެރިވާނީ. ޟި އެކްސިޑެންޓްގަ އެބަވޭ ބަލަންޖެހޭ، ރަނގަޅު ކުރަނޖެހޭ، ޒިންމާ ކުރުވަންޖެހޭ އެއތައްކަމެއް. ސަރުކާރާއި އާއްމުން މިކަމުން، ބަދަލު ތަކެއް ގެއްނަން އެބަ ޖެހޭ!

        4
        1
      • އެޑްވަޑް ބާމުންޑޭ

        ކާކު ބުނީ މަމީ ފިރިހެނެކޭ؟

  2. ށުޕުން

    ޥ ދެރަ

    32
  3. ސިއްތި ފުއްޕި

    ހެޔޮނުވާނެ ތިހާ ކުޑަކުދިން ގޮވައިގެން ތި އަންހެންވެރިން ސާއިކަލު ދުއްވާކަށް. މިވެރިންނަށް ސައިކަލުގަނޑު ބެލެންސްވެސް ނުކުރެވޭ. ވިއަސް ވަނީ ގަދައަށް ވައިޖެހޭ ދުވަހަކު ފުލައިޓެއް ލޭންޑް ކުރާ އުސޫލުން. މަގުމަތީގައި ދުއްވާ ފިރިހެނުން މިމީހުން އުޅޭކަން ވިސްނައިގެން ދުއްވާތީ މިވަރުވެސް ވަނީ. ޢެހެން ނޫންނަމަ ކިތަންމެ މިފަދަ ހިތާމަވެރި ކަމެއް ހިގާނެ

    43
    64
    • ފުއްޕި ހަން

      ސިއްތިފުއްޕި??

      1
      3
    • ޕުޕް

      އަޅެ ސައިކަލު ދުއްވި އަންހެންމީހާ އަދި އެކުއްޖާގެ އެއް ވެސް މައުލޫމާތެއް ނޭންގި އެހެން ނުކިޔާ.
      ?

    • ގޮމަ

      ބެލެންސް ކުރެވޭވަރު ދައްކާލެވިދާނެ

    • ގޮމަ

      ތިޔަބުނާ ފިރިހެނުންނާހުރެ ވާ އެކްސިޑެއންޓެއްވަނީ، ލައިނުގަނެގެން އުޅޭ ކުކުޅެއް ހެން ދުއްވާ ފަ ގޮއްސަ މީހުންގައިގަ ޖައްސާފަ ފިލަނީ

      1
      2
    • ހާޖަރާ

      ބަލަ އަންހެންވެރިން ސައިކަލު ދުއްވީމަ މައްސަލައަކަށްވަނީ. ފިރިހެންވެރިން ބޫސް ލާފަ ތަނެއްދޮރެއް ނުބަލާ ސައިކަލު ދުއްވާއިރުގަ މައްސަލައެއް ނޫން. ފިރިހެންވެރިންެ ޒިންމާ ރަގަޅަށް ފިރިހެނުންނަށް ނުނެގޭތީ އަންހެނުން ސައިކަލު ދުއްވަނީ. ދަރިން ސުކޫލުތަކަށް އަދި ގެއަށް ކުރަންޖެހޭ އެހެން ކަންތައްތައް ފިރިހެނުން ކުރާނަމަ އަންހެންވެރިން ތިބޭނީ ގޭގަ. އަހަރުމެންނަށްވެސް ފަސޭހަ ގޭގަތިބެން. ދިރިއުޅުމުގަ ކުރަންޖެހޭ ކަންތައް ކުރަން އެންމެންނަށްވެސް ފަސޭހަގޮތް ފަސޭހަ. ފިރިހެންވެރިން ސައިކަލުގަ ބޫސްލާފަ ދުއްވާފަ ގޮސް ކޮފީގަ ފޮނި ވާހަކަ ދައްކަން. ދޭބަލަ ފަޅުރަށަކަށް ފިރިހެނުން އެކަނި ސައިކަލު ދުއްވަން ބޭނުންވިއްޔާ.

      2
      1
  4. ޢަޒްލާ

    ޢެކުއްޖާގެ މަންމަ ސައިކަލުގަ ދަތުރު ކުރުންތަ ގޯހީ

    20
    1
  5. ތިމަންނަ

    ފަހަތުން ޖައްސާ މީހުން މަރާ އެމްޓީސީސީ އަށް ގޮވާލަން ފިޒިކަލީ މެންޓަލީ ޓެސްޓެއް ހަދައިފަ މެނުވީ މީގެފަހުން އިންޖީނުލީ ދުއްވާ އެއްވެސް އެއްޗަކަށް ޑްރައިވަރުން ނުލެއްވުން އެދެން

    10
    • އަހްމަދު

      މިޚަބަރުގައި ވަނީ ސައިކަލުން ބަހުގައި ޖެހުނީކަމަށް. އެހެންވިއްޔާ ބަސްޑްރައިވަރުގެ މައްސަލައަކީކޮބާ؟ ބަލަންވީވަރަށް ނުބަލާ ސައިކަލް ދުއްވީމާ ބަހުގައި ޖެހޭނީ.

      2
      2
      • ޙަދިިިޔަ

        Accident veema ves madunukoh dhިyun ެިިި eiii driver ge mahsalarh

  6. ޏ

    ދަރިފުޅުގެޖަނާޒާގަބައިވެރިނުވެވުމުންއެމަންމަކިހާދެރަވާނެ