ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އައްޑޫގައި ހޮސްޕިޓަލެއް ހަދާނެ ކަމަށްބުނެ ރައްޔިތުންނަށް ގެއްލުންދީ، ޖެއްސުންކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 66 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ،"އައްޑޫސިޓީ ރާއްޖޭގެ 2 ވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައި ވާއިރު، އަޅުގަނޑުމެންނަށް ފެނުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫސިޓީ ގައި ހޮސްޕިޓަލެއް ހަދަން ކަމަށް ބުނެ ރައްޔިތުންނަށް ބޮޑުވެގެންވާ ޖެއްސުމެއްކޮށް ބޮޑުވެގެންވާ ގެއްލުމެއް ދީފައިވާތަން" ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ހޮސްޕިޓަލެއް އަޅަން ކަމަށްބުނެ އެއްވެސް ކަހަލަ ހޮސްޕިޓަލެއްގެ އެއްވެސް ސިފައެއް ނެތްތަނަކަށް މިލިއަނުން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، އެތަނަށް މިހާރު އާ ހޮސްޕިޓަލެއް އެޅޭނެ ވަރަށް ހަރަދުކޮށް އެއްވެސް ކަމެއް ކުރިއަށް ނުގޮސް މިހާރު އައްޑޫގައި ރަނގަޅު ފެންވަރެއްގައި އެ ހިދުމަތެއް ނުދެވޭ ކަމަށެވެ.

"އެތަނުގައި ހުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލުކަށް ބަދަލު ކުރަންށޭ ކިޔާފަ، ހޮސްޕިޓަލެއްގެ އެއްވެސް ސިފައެއް ނެތްތަނަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން އާ ހޮސްޕިޓަލެއް އަޅާނެ ފައިސާއަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން އެހާވާފައިހުރި ހަޑީގެ ސަބަބުން އަދިވެސް މިއުޅެނީ އައްޑޫސިޓީގައި އެ ހިދުމަތް ދޭން ނުފެށިގެން" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، އައްޑޫ ސިޓީއަށް ފޮނުވާފައިވާ މެޝިންތައް އެތަނަށް ނުވެއްދުމުން އަލުން ސްޓަރަކްޗަރ ބަދަލުކޮށްފައިވާ ކަމަށާއި ބޭސް އަޅާ ކޮޓަރިއަށް އެނދުތައް ނުވެއްދިގެން އެ އެނދުތައް ބަހައްޓަން ޖެހުނީ ކޮޓަރިން ބޭރުގައި ކަމަށެވެ.

"ސީޓީ ސްކޭމް މެޝިންއާއި އެމްއާރުއައި މެޝިނާއި ހުރިހާ މެޝިންތަކެއް އައްޑޫއަށް ފޮނުވާފަ ބެލި މިއިން އެއްވެސް އެއްޗެއް އެއިން ތަނަކަށް ވެއްދޭކަށްނެތް. އަލުން ސްޓްރަކްޗަރ އެއްކޮށް ބަދަލުކޮށްގެން ތަންތަން ތަޅާލައިގެން ވައްދަން މިޖެހުނީ. ބޭސް އަޅާ ކޮޓަރިއަށް އެނދެއް ވައްދަން ބަލާލިއިރު ދޮރު ހުރި ސައިޒުން ސްޓޭންޑާޑް އެނދެއް ވެއްދޭ ވަރެއް ނުވި. އެންދު ބަހައްޓަން ޖެހުނީ ކޮޓަރީގެ ބޭރުގަ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ޖެއްސުން ކުރުމަށް އެމްޑީޕީ ސަރުކާރުން އަޅާފައިވާ ކޮންވެންޝަން ސެންޓަރުގެ ނަން ފޮހެލުމަށްޓަކައި އެތަން ހޮސްޕިޓަލަށް ހަދަން ނިންމާފައިވަނީ ރައްޔިތުންނަށް ޖެއްސުން ކުރުމަށްޓަކައި ކަމަށެވެ. އަދި މިހާ ހިސާބަތް ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް މިދިޔަ 5 އަހަރު ތެރޭގައި ބޭކާރުކޮށްފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"މި ހާލަތު ގެނުވައިދީފައި މިވަނީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާ ބޭކާރުކޮށްފަ މިދިޔަ 5 އަހަރުގެ ތެރޭގަ. ރައީސް މައުމޫނުގެ ދައުރުން ފެށިގެން އައްޑުސިޓީގައި ހޮސްޕިޓަލަށް ހެދުމަށްޓަކައި ބިމެއް ކަނޑަފާ އެބަ އޮތް. މިބިމަށް ފައިސާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެންގޮސް ރައީސް ވަހީދުގެ ސަރުކާރުން ފެށިގެންގޮސް ޔާމީނުގެ ސަރުކާރުގެ ބަޖެޓާއި ހަމައަށް އައިއިރުވެސް މި ފައިސާ އޮތް. އެހެން ނަމަވެސް ރައީސް ޔާމީން ގަސްތުކުރީ އައްޑޫ ރައްޔިތުންނަށް ޖެއްސުން ކުރުމަށް އާ ހޮސްޕިޓަލެއް ހެދުމުގެ ބަދަލުގައި ކޮންވެންޝަނަލް ސެންޓަރަކީ އެމްޑީޕީ ސަރުކާރުން އަޅާފައިވާތަނެއް ކަމުން އެނަން ފޮހެލުމުގެ ބޭނުމުގައި އެތަން އަނބުރާ ހޮސްޕިޓަލަކަށް ހަދަން" ރޮޒެއިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޚަދީޖާ

    ޢައުރަ ނިވާނުކުރާ ލާދީނީ ޖަނަވާރު.

    29
    1
  2. ހަމީދުބެ

    ކޮން ޖެއްސުމެއް ކުރި . ހޮސްޕިޓަލް ނިންމާފައި މޭޝިން ވެސް ހޯދުމުގެ ކަންކަން ހަމަޖެހި ފައި އޮއްވައި ސަރުކާރު ބަދަލުވީ. ވީމާ ކަލޭމެން އަސްލު ޖެއްސުން ކުރަން ފެށީ. އެހެން ނޫންނަމަ އައްޑޫން މިހާރު އެ ހޮސްޕިޓަލުން އެމް އާރ އައި އާ ސީޓީ ފަދަ ޚިދުމަތް ލިބޭނެ. އަދިވެސް ތަނަކުން ކޮރަޕްޓް ފައިސާ ނަގައިގެން މަސަލާ ޕާ ހެދޭތޯ ބަލާ.

    43
  3. ޢަބްދުއްލާ

    އައްޑޫގައި ހޮސްޕިޓަލެއް އަޅަންކަމަށް ބުނެ މިދިޔަ ސަރުކާރުން ކުރީ ރައްޔިތުންނަށް ޖެއްސުން- ރޮޒެއިނާ

    32 މިނެޓް ކުރިން ( ނޮވެމްބަރު 18, 2019 )

    އެ އުޅެނީ އީސީސީ ހަލާކުކޮށްލަން: ރޮޒޭ
    Aug 25, 2016,

    އީސީގައި ތިބީ އަޅުން، މިނިވަނެއްް ނޫން: ރޮޒޭ
    Jun 19, 2018,

    ތިބުނާ ދުވަސް ވަރު ހޮސްޕިޓަލް އަޅާާާާ ބަޖެޓައް ވޯޓް ދިނިންތޯ؟

    33
    1
  4. ރޮޒައިނާ ގެރިކިރު

    އެހެންވެ މަސާޖުޕާލާއެ ރޮޒައިނާ ހުޅުވީ ދޯ.. ހަޑި ސާފުކޮއްދޭން... ރީތި އަގައެއް އޮންނަ އަންހެނެމީ.. ލަދު ކިޔާއެއްޗެ ނުވެސްދަނޭ.. އައްޑޫމީހުންނަ މީނަ ހޮސްޕިޓަލެ އަޅަން މިދިޔަ5އަހަރު ބަޖެޓަށް ވޯޓުދިންތޯ... ޕޮއްޕަޓޭ.. ފިރިހެނުންވެސް ލަދުގަންނާނެ މިވަރުމީހުންދެކެ..

    33
  5. ެައަލިބިޔާއްކަލޯ

    އޯއި ތޯ މައިކާނލޯއައު ނިކޭއި އެބިހިޟު

    25
    1
  6. ފފފފފފ

    މިދިޔަ ސަރުކާރު އަކީ މިމީހުންގެ ނާގާބިލްކަން ފެންނަ ކޮންމެ ހާލަތެއްގައި ބޭނުންކުރާ ބަހެއް. ތިއީ ފޭކް. އައްޑޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ހަދާ އެތަން އޭސީ ކޮށް، ފެންވަރު ރަނގަޅު، މެޝިނަރީ ހޯދާފައިވަނީ މިދިޔަ ސަރުކާރުން. ހަމައެކަނި، މެޝިނަރީ ހިފައިގެން އައި ބޯޓް މާލެވަނީ މި ލާދީނީ ދޮގުވެރި ޔަހޫދީ ސަރުކާރު އައިފަހުން ކަމަށް ވުމަކީ ކަލޭމެން ހެއްދެވިހާ ދޮގުހަދަމުން ބޮޑާބަސްބުނަންވީ ކަމެއްނޫން.

    38
  7. Anonymous

    މމޕރސ ފައިސާ ގަނޑުން ނެގި އަދަދު ރައްޔިތުންނަށް ދޭށޭ!!! ހަމަ މިހާރު ދޭށޭ!!!!!! ބޮޑުވަގު ގޮވަންވީ ކަލޭމެނަށް.

    29
  8. ނާރާކިސް

    ބަލަ ނަހައްގު ފައިސާ ކާ ރޮޒް މެންކަހަލަ ލޯލުގައި އަސަރުހުންނަމީހަކައް ނުފެނޭ؟؟ދިގު ތިރީސް އަހަރުސަރުކާރުގެ ހުރިހާ ފެހުމެން ފޭރިގަނެ މައުމޫނު ވަނީ ނަހައްގުން މުއްސަދިކޮއްދީފައި ނަމަވެސް ހަމަ މަުމޫނުއައްވެސްދިނީ ކެހި؟؟

    29
  9. ގުމްރީ

    ރޮޒޭނާއަށް އެމްއެމްޕީއާރް ސީ އިން ލިބުނު ފައިސާ މަދުވީތަ؟ ބަލަ މަޖްލިހުގައި ތިތިބީ ގައުމުގެ ހައްޕުޑުން. ރައްޔިތުްނގެ ފައިސާއިން ފުރާލި ޖީބުތަކުން ނެގި ފައިސާއިން ވޯޓް ގަނެގެން ރައްޔިތުންގެ ފައިސާ ނަހަލާލުގޮތުގައި ތިކަނީ.. ތިއީ ހުސް އަލިފާން. މަރުވީމަ ކަލޭމެނަށް ހުންނާނެ އަޒާބެއްގެ ބޮޑުކަމާއެ.

    28
  10. އައްޑޫ މީހާ

    ދެން އެހެން ވީމަ ޖެއްސުން ނުކޮށް މިސަރުކާރުން ހޮސްޕިޓަލެއް އަޅާދޭން ވީނުން ! ނޫނީ ކުރީގެ ސަރުކާރުން ޖެއްސުން ކުރީމަ އެޖެއްސުން އެގޮތުގައި ދަމަހައްޓަން މަސައްކަތް ނުކޮށް އެތަނުންވެސް ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށް ދެވެތޯ ބަލަންވީނުން ކަމެއް ކޮށްދޭންވީމަ ކުރީގެ ސަރުކާރުން ކުރީ ޖެއްސުމޭ ފުރައްސާރައޭ ކިޔާ ތަައްމިނަށް އަނގަ ހުޅުވިޔަކަށް މިކަމެއް ނުވާނެ ރުޒައިނާ ތަންކޮޅެއް ޕްރޮފެޝަނަލް މީހަކަށް ވާންވެއްޖެ މިހާރު ތިޔަ އުޅެނީ ސަންތި މަރިޔަބު އުޅޭގޮތައް !

    29
  11. ޢަލީ

    ދައުލަތުގެ ލާރި އެންމެގިނައިން ކޭ އެކަކަށް ތިމަންޖެ ވާނެ. މާފަންފު ހުރިގެއެއް ވަޅުން ތެޔޮއަރީނީއޭ ކިޔާ ބޮޑު ވިއުރީތި ތަނަކަށް ބަދަލުކޮށް ނުވިތަނަކަށް ބާގޭގެ ބަދަލުވެސް ނަގައިގެން ތިތިބީ، ވަރަށް ތާހިރެއްނު ތިވާހަކަދައްކަން.

    26
  12. ސަންފާ

    މިއުޅެނީ ކަމެއް ނުކުރެވިގެނ ދހެން ހަމަ ބޮވޭނީ ވާނެ އެއް ކަމެއްނެތް ކބައިގަޑުކައިފައިތުރެއްނުވޭ މިރުޑީގެ ލަދުހަޔާތް ކޮބާ ރައީސް ޔާމީނުގެވާހަހަކަ ދެއްކޭފެންވަރުގެ ކާޅެއް ތިބައިގަޑު ތެރޭގަނެތް

    22
  13. ކޮތަރުބިސް

    ރޮޒޭ ޔާމީނު ސަރުކާރުން ކޮންވެންށަން ސެންޓަރާ ހަމަޔައް ދިޔައިރުއެތާނގެ ވަށާވިނަފަޅާ ގަސްހެދި އެތަން ނުފެންނަވަރުވެފަ ހުރީ އެހެނއހުއްޓާ އެތަންސާފުކޮށް މަރާމާތުކޮށް ތަނައްބޭނުންވާ މެށިނަރީސްތަކަށް އޯޑަރުކޮއް އެތަކެތި ރާއްޖެއައް އައުމުގެ މަގުމަތީ ވަނިކޮށް މިހާރު ހުންނެވި ބޭޅާ ވެރިކަމައް އެރީ މިހާރު އެހެރީ ޔާމީނު ސަރުކާރުން އޯޑަރުކުރި ހުރިހާ އެއްޗެއް އައްޑުއައް ގެނެސްފަ ދެން ެތަކެތި އެތާ އަތުރާ އެތަނުން ހިދުމަތް ދޭން ނުފެށިގެން އުޅެނީ ޔާމީނު ދުނިޔޭގަ ހުރީމަތަ ނޫނީ އައްޑުއައް ނިސްބަތްވާ މަޖިލީސް މެމްބަރުންގެ ނުކުޅެދުންތެރިކަކަމުންތަ ނޫނީ ސަރުކާރުގެ ނާގާބިލުކަމުންތަ؟

    21
  14. މަރަދޫމީހާ

    އޭ ރޮޒެއިނާ! ކަލޭ އައްޑޫބައެއްމީހުންނަށް ތިކުރަމުންދާ ޖެއްސުން ވަކި ކުޑަތަ؟ ފަލަސްޠީނުގެ ބިމުގެ އެއްކޮޅުގައި ބޭތިއްބި އިޒްރޭލް މީހުން މުޅި ފަލަސްޠީނުގެ ބިމަށް ވެރިވެގަންނަން މަސައްކަތްކުރަމުން އެދާހެން މަރަދޫގެ އެއްކޮޅުގައި ބޭތިއްބި މަރަދޫފޭދޫ މީހުން އެދަނީ ތި ރޮޒެއިނާގެ އެހީތެރިކަމާއި މަދަދާއިއެކު މަރަދޫގެ އަސްލު ރަށްވެހިން ނިކަމެތިކޮށް މަރަދޫ ރައްޔިތުން މަރަދޫފޭދޫގެ ރައްޔިތުންގެ ފައިބުޑަށް ވެއްޓެން މަޖުބޫރުވާނެހާ ގޮތްތަކަށްމަގުފަހިކޮށް މަރަދުއަށް އަތްގަދަކޮށް މަރަދޫ ރައްޔިތުންނަށް ޖެއްސުން ކުރަމުންނެވެ. މަރަދޫ އާއި މަރަދޫފޭދޫ ، މި ދެރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މީގެ އެތައްއަހަރެއްކުރިން ސަރުކާރުން އަޅާދީފައިވާ އިރުޝާދިއްޔާ ސްކޫލަކީ ހަމައެކަނި މަރަދޫފޭދޫ ގެ ސްކޫލަކަށްހަދަން ހަމަޖައްސައި މަރަދޫ ގައި ހިންގަމުންދާ ހަމައެކަނި ސްކޫލްކަމުގައިވާ މަރަދޫސްކޫލް ޕެރެލައިޒްކޮށް މަރަދޫމީހުން މަރަދޫފޭދޫ ސްކޫލަށްދާން މަޖުބޫރުކުރުވަން ތިކުރާ މަސައްކަތަކީ އަޅެ މަރަދޫގެ ރައްޔިތުންނަށް ކުރަމުންދާ ޖެއްސުމާއި ފުރައްސާރައަކަށް ނުވާނެބާ އެވެ.

    21
  15. އެމީހާ

    ކިލޭމެންގެ ކުރީސަރުކާރުންދައުލތުގެ ބަޖެޓުދިރުވައިލައިގެން ބޭކާރު ތަެނެއްގެ ގޮތުަގައި އެތަންބިނާކުރީ ހުރިހައި ދިވެހިންނައް ޖެއްސުންކޮއް މަލާމާތް ކުރާކަށް ނޫންތަ. މީގެކުރިން އެތަނުން ދިވެހި ރަށްޔިތުންނަށް ވީ ފައިދާއެއް ތި ޑަކައިތު ދިވެހިންނައް ދަށްކައި ދީބަލަ. އޭރުން އަހަރެމެންވެސް އަތްޖަހާނަން.

  16. މާމީ

    މީނާ މިހިރީ ކުރީ ސަރުކާރު މީހަކާ ހިތާވެފަ އަބަދު ވެސް ކުރީސަރުކާރު ކުރީސަރުކާރު ކަލޭ ކިތައްމެ ރުޅިއަޔަސް ހީއެއްނުވޭ ދެން ތިކަން ވާނެހެން ހަޔާއްކުޑަ

  17. މިއަދު

    ރައިސްޔާމީން ވެރިކަމުގައި މިގައުމުގެންދިބާރުދުވެލީގައި ތަރައްގީކުރަމުން ރައިސްޔާމީން ގެތަރައްގީއަށް އެއްމެބޮޑަށް ހުރަސްއެޅިއެކަކީ މިހިރަ ލަދުހަޔާތް ކުޑަ އޮރިޔާންމުހި ރޮޒައިނާއާދަމް އައްޑޫގެ ތަރައްގީއޭ ގައުމުގެ ތަރައްގީއޭކިޔާ މިބައިގަނޑު މީހުން ވާހަކަދައްކަން ލަދުނުގަންނަނީކީއްވެބާ އެއްމެކުޑަވެގެން އައްޑޫގެ ތަރައްގީއަށް ސަރުކާރުން ފާސްކުރި ބަޖެޓަކަށް ވޯޓެއްދޭން ނުކެރުނު އަންހެނަކު މިދައްކަނީ ކޮން ލަދުހަޔާތްކުޑަވަހަކައެއް

  18. ދޮންދީނި.

    ކިތައްމެ ވަރަކަށް އައްޑޫ ރައްޔަތުން ނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކޮށް ވަގުތުގެ ބޭނުން ނާޖާއިޒު ގޮތުގައި ގައި ހިފަން އުޅުނަސް ހަގީގަތް އޮޅުވާލެވޭ ވަރަށްވުރެ ރައްޔަތުން ހޭލުން ތެރިވެއްޖެ. ބުނާ ބަހަކަށް ހެއްލުމަކީ ގެއްލުމެއްކަން ދެނެގަނެވިއްޖެ. އައްޑުއަށް ނިސްބަތްވާ އުއްތަމަ ފަޑިޔާރު ނެތް ސަބަބުތަކެއް ހޯދާ މަގާމުން ވަކި ކުރި ކުރުމަކީ އަދި ވަކިކުރަން ރުޒައިނާ ވޯޓް ދިނުމަކީ އައްޑޫ ރައްޔަތުން ހިތުގަ ޖައްސާލި ބޮޑު ލައްގަޑެއް. އެއީ މުޅި ޕާރޓީ ސަޕޯރޓަށް ވެސް ލިބޭނެ ފޫނުބެއްދޭނެ ހީނަރު ކަމެއް.