ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްޗަށް އެކުލަވާލައިފައިވާ ރިޕޯޓާއި ގުޅިގެން އިލްމުވެރިން ނުރުހުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން އައްޝައިހް އަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެރިޕޯޓުގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިއުންތަކުގައި އޭރުގެ އިސްލާމީ މިނިސްޓަރުގެ މަގާމުގައު ހުންނެވި މުހައްމަދު ޝަހީމް އަލީ ސާއީދަށް ތުހުމަތު ކުރެވޭގޮތަށް ބައެއް ވަހަކަތައް ގެނެސްފައި ހުރުމުން މަރުކޮމިޝަނަށް ފާޑުކިޔާފައެވެ. އަދި އޭނާ އާއި ޑރ. ޝަހީމް އާއި ސިޔާސީ ފިކުރު ތަފާތު ނަމަވެސް އެފަދަ ކަމެއް އޭނާ ކުރައްވައިފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ މިމައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. އިޔާޒްގެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަލީގެ މައްސަލައިގެ ފޯކަސް ގެއްލޭ ގޮތަށް ރައީސް ނަޝީދު "ރުޅިއަރާ" ފަރާތްތަކުގެ ބޮލަށް "މައްސަލަ ކަނޑާލަން" މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަަމަށާއި، އެމަނިކުފާނު ހައްގަށް ރުޖޫއަވެވަޑައިގަންނަވަން ޖެހޭ ކަމަށް ޑރ.އިޔާޒްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިފަދަ ކަންކަމުގެ ތުހުމަތު މައުސޫމް މީހުންގެ ބޮލުގައި އަޅުވަމުންދަނީ ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް އޮތް ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓްގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގާފައިވާ ރޭ "ޓީވީއެމް" ގެ ޕްރޮގްރާމަށް އަފްރާޝީމް އަރައިވަޑައިގެންނެވީ ޝަހީމް ވިދާޅުވެގެން ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވޭ ކަމަށެވެ.

މިތިން ބޭފުޅުންގެ އިތުރުންވެސް ބައެއް އިލްމުވެރިން ވަނީ އެކަމާއި ގުޅޭގޮތުން ކޮމިޝަނަށާއި ސަރުކާރަށް ފާޑުކިޔާފައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ މައްޗަށް ނެރެފައިވާ ރިޕޯޓު ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ލިއުންތަކުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ދީނީ ހިޔާލުތަފާތުވުން ތަކެއްގެ ސަބަބުން އަދާލަތު ޕާޓީ އިން ކަމަށް ތުހުމަތުކޮށްފައި ވުމުންނެވެ. އެރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭގައި އޭނާ ޓީވީއެމް އަށް ވަޑައިގަތީ އަމިއްލަ އެދިވަޑައިގެން ކަމަށާއި، އެހެން ނަމަވެސް ޓީވީ ޕްރޮގްރާމްގައި ޑރ. އަފްރާޝީމް ބައިވެރިވެޑައިގަންނަވާ ކަމެއް އިސްލާމިކް މިނިސްޓްރީ ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ނޭންގޭ ކަމަށެވެ.

އެހެން ނަމަވެސް އެޕްރޮގުރާމް ބެލުމަށް އަދާލަތު ޕާޓީގެ ބައެއް މީހުން އެޕާޓީގެ އޮފީހަށް އެއްވި ކަމަށާއި، ޕްރޮގްރާމަށް ފަހު ބައެއް ކަހަލަ މެސެޖު ޑރ. އަފްރާޝީމަށް ފޮނުވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ދައުރުވަމުންދާ ލިއުންތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެމްޑީ އެން

    އެމްޑީ އެންގެ ރިޕޯޓު ދިފާޢު ކުރަން ޖައްސާ ގޭމްތައް ތީ، ދިވެހިން ސަމާލުވޭ. އެމްޑީ އެންގެ ރިޕޯޓު ލިޔުނު މީހުން ހައްޔަރުކުރަން ގޮވާލުން އިތުރު ކުރޭ

    50
    1
  2. ލޯންގޭ

    މިސްބާހު ކިހާވަރެއް ވީ؟

    21
  3. ބުރޯ

    10 ޖޫން 2012 ހަވޭރު ނޫސް ބައްލަވާލުމުން އަފަރާސީމް އޭނާގެ އަތް ދަށުން ސަލާމަތް ނުވި ކަން އެގޭނެ ، އަދި 12 ޖޫން 2013 ސަންނިއުސް ބެލުމުން ހަގީގަތަށް ހުމާމް ދިނަ ބަޔާން ފެންނާނެ ވީއިރު ދީނީ މީހުން ބޮލުގަ އިލްޒާމް އެޅުވިޔަސް ދިވެހިން ގަބޫލެއްނުކުރާނެ މާލަހެއްނުވެ މައްސލަ އަލުން ބަލަން އިރާދަ ކުރައްވާށި އާމީން.

    46
  4. 19 ނަވާރަ

    މި ހާރު ކީއްކުރަން ރަތަށްއަރަނީ. ކަލޭމެން ގެނައިވެރިކަމެއް. ތިބީ ކޮންބައެއްކަން އެގޭ. ކުރާނީ ކޮންކަމެއްކަންއެގޭނެ. ގައުމު ހާލާކުގެ ތެރެއަށް ވައްޓާލީ ކަލޭމެންގެ އިހްމާލުން.

    31
    3
  5. ބުރުސް

    ތިބުނާ ވެރިންނަނީ ގޭންގެންހެން އުޅޭ ބައެއް... އެކަކަށް ބުނެލާއެތި އެއްމެން ގައިގައި ޖެހޭ....... ތި އެއްމެންނަށްވެސް އަފްރާޝީމްގެ މަރުގެ ހަޤީޤަތް އެގޭ........

    17
    2
  6. ބުރޯ

    ދީނުގެ ކާޑު ގޭމް ޖައްސަނީ

    14
    5
  7. Anonymous

    ކޮން ރަތަކަށް އަރާކަށް. ތިތާ ތިތިބަ ގިނަ މީހުންނަކީ ﷲ އަށް ބިރުވެތިނުވާ ނަފުސު މުޑުދާރު ބައެއް.

    18
    6
  8. ރައްޔިތުން

    އަފްރާޝީމްގެ މައްސަލައަކީ ގަނެ ވިއްކާ އަގުލެވޭ މައުދަނެއް. މުޅިން އޮޅުން ބޮޅުން ގައުމުގެ ހާލަތު ވަރަށް ގޯސްވެއްޖެ

    17
  9. ނަން

    ރިޕޯރޓުގަ އޮތީ އަފްރާޝީމް މަރާލީ ހަރުކަށި ފިކުރުގެ ޖިހާދީ ގުރޫޕެކޭ. އަދި އެމީހުންގެ ވެރިންގެ ނަން ވެސް އެއޮތީ. ކީއްވެގެންބާ މިޝޭޚުންތައް މިހާ ރަތަށް މިއަރަނީ ތިމަންނަގެ ނަން އެބަ ކިޔާހޭ ބުނާކަހަލަ ގޮތަކަށް؟

    12
    13
  10. ފޯކަސް

    މީއެމްޑީއެންގެ މައްސަލާގެ ފޯކަސްގެއްލުވާލަންވެގެން މިދަނޑިވަޅުގަނެރުުނު ރިޕޯޓެއް އެކަމަކު އަހަރެމެން މިގޮވަނީ އެމްޑީއެންގެލާދީނީ ރިޕޯޓު ނެރުނުމީހުން ނައްފިޔަވަޅުއަޅާށޭ #އެމްޑީއެން ރިޕޯޓުނެރުނުމީހުން ހައްޔަރުކުރޭ

    22
    1
  11. ނަކަސް

    ރިޕޯރޓް ވަރަށްސާފު، ރިޕޯޓުގެ ބޭރުން ދައުރުވާ ލިޔެކިޔުންތަކަށް އިސްލާމުން ސަމާލުވޭ، ބޭނުމަކީ މިކަމަކީ އިސްލާމް ދީނަކީ ހަރުކަށި ދީނެއްކަމަށް.ބުނެ މިސްލިމުންނަށް ފުރައްސާރަކޮށް އެމް ޑީ އެންގެ ލާދީނީ ވާހަކަތައް ދިފާއުކޮށް، އެވާހަކައަށްވުރެ އެހެން ވާހަކަތަށް ގިނަކުރުން، ހުރިހާ ޢިލްމުވެރިން އެކައްޗަކަށް ވުމަށް ގޮވާލަން، އަދި އެމް ޑީ އެން ގެ އެޖެންޑާ ފުޑާލަން ނިކުންނަންވީ