ރިޔާސީ އިންތިހާބުގައި ބައިވެރިވި ހުރިހާ އެންމެން އެއްކޮށް ބައިތިއްބައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައިސްފައިވަނީ ކުޑަ ވަގުތު ކޮޅަކަށް ކަމަށާއި އެވަގުތުކޮޅު ރާއްޖޭގެ ކަންކަން މިނިވަންކޮށް އަލުން އިންތިހާބެއް ބާއްވަން ރައީސް ސޯލިހް ވައުދުވެފައިވާ ކަަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގައި ކުރިއަށް ދިޔަ 2020 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުނެވެ.
ކުރިން އެއްބަސްވެފައި އޮތްގޮތަށް އަހަރެއް ވުމުން ރައީސް ޞާލިހް ވެރިކަމުން އިސްތިއުފާދޭން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އަދި ވަގުތީ ގޮތުން އިންތިހާބުގައި ބައިވެރިވި ހުރިހާ އެންމެން ތާށިކޮށް ބައިތިއްބާފައި އޭނާ ވެރިކަމަށް އައީ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަންކަން މިނިވަންކޮށްް، ރާއްޖޭގެ އިންތިހާބު ބާއްވާނެ ކަމަށް ވައުދު ވެގެން. އޭނާގެ ވެރިކަމަށް އެެއް އަހަރު ފުރުނީ. އޭނާ އިސްތިއުފާ ދީ. މިއަދަކީ އޭނާ އިސްތިއުފާ ދޭންވީ ދުވަސް. އިއްޒައްތެރި މަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާނެ ތާއުމުރު އޭނަ ވެރިކަމުގައި ހުންނަވާ ގޮތަކަށް ނޫންކަން އަޅުގަނޑުމެން އޭނަ ގެނައީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، މިސަރުކާރަށް އަހަރެއް ފުރިގެން އައި އިރު، ދައުލަތުން ވައްކަން ކުރުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށެވެ. އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް އައިސްފައިވަނީ މަކަރާއި ހީލަށް ހަދައިގެން އެންމެން ޖަލަށްލުމަށްފަހު ކުރީގެ ރައީސް ޔާމީންއާއި ޑީލެއް ހަދައިގެން ކަމަށް ޖާބިރު ވަނީ މިއަދު ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައީސް ޞާލިހް ދެކެ ބިރުގަންނާކަށް ނުޖެހޭ ކަމަށެވެ.
ޖާބިރު ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހު ދެކެ ބިރު ގައްނާކަށް ނުޖެހޭނެކަން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށެވެ.
ޖާބިރަކީ ރައީސް ޞާލިހް ވެރިކަމަށް ގެންނަން ގިނަ ޚަރަދުތަކެއް ވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް ޞާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ހައްހާ..ބައެއް ބައެއް ބޭފުޅުން ރުޅިއެރުވީމަ ފަސްލާ ފޮރުވާފަ ހުންނަ މިކަހަލަ ސިއްރުތައްވެސް ސިކުންތެެއްގެެ ތެރޭގައި ހާމަވެގެންދޭ..އެކަމަކު މިވާހަކައަކީވެސް އާންމުންގެތެރޭގައި ވ.ބޮޑަށް ދެކެވުނު ވާހަކައެއް..
ގުރާދުއިން ޖާގެއެއް ލިބިދާނެތޯ.......
ޖާބިރު ދައްކަނީ އަންނި ބުނާ ވާހަކަ ކަމަށް ބެލެވެނީ
ދިޔާނާގެ ކެތްގަދަ ކާމާމެދު އަހުރެން ހަމަ ހައިރާންވެ އަންތަރީސްވެއްޖެ،.
ޖާބިރު މަޖިލިހައް ވަޑާަގަންނަވަނީ ހޮޑާދޫ އަތިރި މަތީގަ މޫނުގަ ވެލިހާކާގެން އިންނެވި ހާލުގަތޯއެވެ،،،،،،
ކޮން ރައީސެއްތޯ ވެ ރިކަމަށް އައުމަށް ވާވައުދު ހަނދާން ހުންނަނީ. ލިބުނީމަ ނިމުނީ!
ޖާބިރުދެކެ ޖެހިލުންވަނީ ޢޭނާއަކީ ގޮތުގަހުނަަބޭފުކަވާތީ ޢަދި ޙައްޤުބަސް ބުނާތީ ހަޖަމްނުވަނީ.
ސ'ާލިޙު ވީއަވަހަށް ޖާބިރު އާ ވެރިކަން ހަވާލް ކުރަން
ޖާބިރަކީ ނަށީދު ހީލިއަމް އަލާފަ ދޫކޮށްލާފައޮތް ފުއްޕާހަމެއް މަގޭ ހިތައް އަރާ މީތި ފަޅައިގެންދަނީ ކާކުގެ ބޯމައްޗައްބާއޭ