އެމްޑީޕީ އިން މީގެ ކުރިން ދެއްކި ވާހަކަ އެކޮޅުކޮޅުން ޖެހުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސް އައްޔަން ކުރަން އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފެނިވަޑައިގެންނެވި ލިސްޓުގެ ތަރުތީބަށް، މަޖިލީހުގެ ކޮމެޓީން ބަދަލު ގެނެސް ލިސްޓުގެ ދެވަނަ އަށް އެމްޑީޕީގެ އެކްޓިވިސްޓް ގައިސް ވަނީ ހިމަނާފައެވެ. ލިސްޓްގެ އެއްވަނައިގައި އޮތީ މަޝްހޫރު ޕްރެޒެންޓަރ ޝިފްލާ އިބްރާހިމްގެ ނަމެވެ. ރައީސް ޞާލިހްގެ ލިސްޓްގައި ވެސް އެއްވަނަ އަށް އޮތީ ޝިފްލާގެ ނަމެވެ.

ބްރޯޑްކޮމް އަށް ދެބޭފުޅަކު އައްޔަން ކުރައްވަން ރައީސް، މަޖިލީހަށް ފޮނުއްވި ލިސްޓުގައި 36 ބޭފުޅަކު ހިމަނުއްވާފައިވެއެވެ. އިސްކަން ދެއްވި ތަރުތީބުން އެއްވަނައިގައި ޝިފްލާގެ ނަން އޮތް އިރު ދެވަނައިގައި އޮތީ ގ.ޑޭޒީފެހި މުހައްމަދު ހިލްމީގެ ނަމެވެ.

ގައިސް އަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މިހާރު އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ގަސަމްގެ ކޮއްކޮ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް ޕީޕީއެމްގެ އެކްޓިވިސްޓުން އައްޔަން ކުރަން ފެށުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކީ އެމްޑީޕީންނެވެ.

ބްރޯޑްކޮމް އަށް މެންބަރުން އައްޔަން ކުރުން އަންނަ ހަފްތާގައި އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަފްލާ

    ޅަކުޑި ކަނޑަނީ އާރު ހުރިތޯ ނުބަލާ

    14
    • ޒަކް

      ނީގެ ކުރިން ތިބީ ހުސް އެކްޓިވިސްޓުން.. ކިޔަވައިގެން ހުރި އެންމެ މީހަކު ހުރީވެސް

  2. ނަރެލް

    އެއްވެސް ބައެއްގެ ވެރިކަމުގަ އިދިކޮޅުޕާޓީގެ އެކްޓިވިސްޓުންނަށް ބޮޑެތިމަގާމުތައް ދޭތަނެއް ނުފެނޭ

    4
    9
  3. Anonymous

    މިކަހަލަ މުރުތައްދުން މި އައްޔަން ކުރަނީ ވާނުވާގަ

    17
    1
  4. އަހުމަދު

    ދުވަހަކު މީޑިއާގެ ދާއިރާގައި ޚާއްސަ ކޮށް ހިންގުމުގެ ދާއިރާގައި ނޫޅޭ އުޑެއް ބުޑެއް ނޭގޭ މީހުން ތަންތަނަށް ލުމުން ހަމަޔާ އުސޫލު އޮންނާނީ ވެއްޔާ މޮޑެވިފައި ކިހާ ދެރަ ..... މަރިޔަމް ވަހީދާ ތިޔަ ތަނަށް ނުލައިގެން ވެސް ހީވީ މުޅި ރާއްޖެ ފުޑު ފުޑު ކުރިހެން އެމް ޑީ ޕީ މީހުން.... ހަގީގަތުގައި މަރިޔަމް ވަހީދާ އަކީ ވެސް އެނައުންސަރެއް ހަމަ ހެ ހެ .........

    20
  5. ާިއިއްމަ

    ރަނގަޅު ޗޮ އިސް އެ އް ނޫން. ވަރަށް ކުރުކޮށް މި ބުނީ.

    16
  6. ކިނބޫ

    ތިނަދޫގަ އި ސަރުކާރުގެ ޢިމާރާތުގަ އި ހުޅުޖެހުމުގަ އި ބަ އިވެރިވެ، ބަންދުކޮށްފަ ހުރި މީހެ އް ތީ.

    19
    • ހުސޭނުބޭ

      އެހެންވިއްޔާ އަވަހަށް އަލިފާން ނިވާ ފުޅިތައް ތައްޔާރުކޮށްފައި ބަހައްޓައި! ތި ތަނުގެ ވަޒީފާ ގެއްލޭ ދުވަހަކުން ތި ތަނުގައި ހުޅުޖަހާނެ!

  7. ކިލަާފަނި

    މިކަހަލަ ބޭކާރު މީހުނާހެދި ގައުމު ހަލަކުވަނީ

    15
  8. ޙުސެން

    ޓތިޔައ އީ އެއްގޮތަކައްވެސް ކަމުދާ ކަމެއް ނޫން ތީ ދެވަނަމީހެއްގެ ކަމެއްނޫން ތިޔައޒޮ ސޮނިވެއްޓޭ ކަލޭގެ ނިންމާ ނިންމުމެއް ދެވެރިން މަގާމުތަ އް އެކްޓިވިސްޓުންނަށް ބަހާލަނީ ވާވާ