ކުރީގެ އުއްތަމަ ފަނޑިޔާރު، ޢަބްދުﷲ ސަޢީދުގެ މައްޗަށް ކޮށްފައިވާ ހުކުމާއި މެދު، ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު، ރައީސް، ރީކޯ މޫސާ މަނިކު، ޓުވީޓެއް ކުރައްވައިފިއެވެ.

މި ޓްވީޓުގައި މޫސަ، ބުނެފައިވަނީ، މީގެ ކުރިން ކޮށްފައިވާ ޙުކުމްތައް ގޯސްވެގެން، ދަޢުލަތުގެ ޢިއްޒަތްތެރިންތަކެއް މިނިވަން ވެފައިވާ ކަމަށާއި، އެހެންކަމުން، ކުރީގެ އުއްތަމަ ފަނޑިޔާރު މިނިވަން ވާން ނުޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.

"އެއް އިރެއްގައި ކުރެވި ދިޔަ ޙުކުމް ތަކަކީ ގޯސް ޙުކުމް ތަކެއް ކަމަށް ވެގެން ދަޢުލަތުގެ ޢިއްޒަތްތެރިންތައް މިނިވަންވެފައިވާ އިރު، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު މިނިވަން ނުކުރާންވީ ސަބަބަކީ ކޮބާ؟ އަނިޔާ އަކަށް ވަނީ ވަކި ބަޔަކު ބަންދުގައި ތިބީމަ ތޯ." މޫސަ ކުރެއްވި ޓުވީޓުގައި ބުނެފައި ވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް، ދަޢުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ޙުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 8 ވަނަ ދުވަހުއެވެ.

މި މައްސަލަ ހެކިންގެ ހެކިބަހުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި އިރު މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ޢަބްދުﷲ ސަޢީދަށް ފަހު އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމާއި ހަވާލުވެލެއްވި، ޢަބްދުﷲ ދީދީ ވެސް އެ މަޤާމުން ވަކިކުރުމަށްފަހު، އުއްތަމަ ފަނޑިޔާރުކަމަށް މުޢުތަޞިމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 68 މެންބަރުން ވޯޓާއެކުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ެަހައްވާ

    ރޮޒޭނާއަކީ، އަބްދުﷲ ސަޢީދު ދާއިރާގެ މެންބަރު ކަމަށްވާއިރުވެސް، މިމައްސަލައިގައި އޭނާ މިހުންނަވަނީ ހަނު. މޫސަގެ ކަންވެސް ރޮޒޭނާއަށް ވުރެ ރަނގަޅު. އެހެންޏާ ރޮޒޭނާ ވޯޓު ހޯދީވެސް، އަބްދުﷲ ސައީދު މިނިވަން ކުރަން އުޅެދޭނަމޭ ކިޔާފައި. އެކަމަށްޓަކައި އަބްދުﷲ ސައީދު އާއިލާގެ ބައިވަރު ވޯޓު ފޭދޫ އަދި މީދޫ އިން ލިބުމުން، ރޮޒޭނާ ހޮވުނީ. އެހެންނޫންނަމަ ނުހޮވޭނެ މިފަހަރު.

    24
    2
  2. ހޯރަ ބޭ

    ރީކޯ ދެންވެސް މަޑުންހުރޭ ބޭޒާރުނުވަނީސް

    9
    7
  3. ލީނާ

    ތިފެންނަނީ، މިސަރުކާރުގެ އޯގާތެރިކަން. ފޯނު ނުދިން މައްސަލައިގައި، ކްރިމިނަލް ކޯޓުން ހުކުމްކުރީ، 3 މީހުންނަށް. އެއީ، ރައީސް މައުމޫން، އަލީ ހަމީދު އަދި އަބްދުﷲ ސަޢީދު އަށް. 3 މީހުންގެ މައްޗަށް ވެސް އެއްވަރަކަށް މައްސަލަ ސާބިތުވީ. އެކަމަކު، ހައިކޯޓުން އަނެއް ދެމީހުންގެ މައްސަލަ ބާތިލްކޮށްފައި، އަބްދުﷲ ސަޢީދުގެ މައްސަލަ ނުބަލާ ބާއްވައިގެން އެތިބީ. ގައިމު ސަރުކާރުން ޖުޑީޝަރީ އަށް އަތް ބާނާއިގެން، މިކަން މިގޮތަށް ހިނގާނީ. ޖޭ.އެސް. ސީ އަކަށް ވެސް މިކަން ނުބެލޭ! އެހެންޏާ ޖޭ.އެސް.ސީ ރައީސާ ހިސާން އަކީ، މިމައްސަލަތަކުގައި ޢަބްދުﷲ ސަޢީދުގެ ވަކީލު ވެސްމެ. ހައިކޯޓުން، ގަސްދުގައި އެމައްސަލަ ނުބަލާ ބާއްވާފައިވާ ސަބަބު ބެލުމަކީ، ޖޭ.އެސް. ސީ ގެ ގާނޫނީ ޒިންމާއަކަށް ވާއިރުވެސް، ހިސާނު އެހުންނަވަނީ ދެނަހުރި ކަމަށްވެސް ނެހެދި. މިވަރުގެ ބަޔަކަށް ޖުޑީޝަރީ އިސްލާޙް ކުރެވޭނެތަ؟!!

    29
    1