ރައީސް ޔާމީން މި ޤައުމުގައި ވެރިކަން ކުރެއްވި ފަސް އަހަރުގެ ތެރޭގައި މި ޤައުމަށް ނެގެސްދެއްވާފައިވާ ތަރައްޤީގެ އެންމެ ބޮޑު ޙިއްސާދާރަކީ ޗައިނާ ކަމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި، މި ޤައުމަށް ނެގައި ތަރައްޤީގައި އެންމެ ބޮޑު ޙިއްސާއެއް އަދާކުރީ ޗައިނާއިން. އެކަން ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ވަޒީރު، މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ޞައީދަށް. ލޯނު ނެގި ވާހަކަ ދައްކާއިރު، ދުވަހަކު، ބަޔަކަށް ލޯނު ނުދޭ ފަދަ ކުޑަ އިންޓްރެސްޓުގައި އަޅުގަނޑުމެންނަށް ލޯނު ދޫކޮށްފަ ހުރީ. ނަމަވެސް މި ބޭފުޅުން އެ ވިދާޅުވާ ޤައުމުން އަޅުގަނޑުމެންނަށް ލޯނޭ ކިޔައިގެން މި ދެނީ ކޯއްޗެއްކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މުޅި ޤައުމު ވިއްކާލައިގެން 300 މިލިއަން ޑޮލަރު ހޯދާ ވާހަކަ މި ދައްކަނީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އަކީ ޤައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، މި ޤައުމުގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމަށާއި، ޤައުމިއްޔަތު ބީވެގެން ދިއުމަށް ދޫކޮށްނުލައްވާނެ ކަމަށެވެ.

"ބޭރު ގައުމެއްގެ އަޅުވެތިކަމަށް މި ޤައުމު ދިޔަ ނުދީ، ސައްތައިން ސައްތަ މުސްލިމު، އަމިއްލަ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ބާއްވައިގެން މި ޤައުމުގައި ވެރިކަން ކުރަން އެނގިވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން. މިހާރު އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ވާހަކަ. ޤައުމަށް ހެޔޮ އެދިގެން އުޅޭނަމަ، ޗައިނާ އަކަށް ފާޑު ވިދާޅެއް ނުވާނެ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މި ވަނީ، ސަރުކާރު ހިންގާ އެމްޑީޕީން، ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަންކަށި

  ޢެވެރިންއެބުނާ ގައުމުންވެސް ލޯނު އެނަގަނީ ޗައިނާއިންް.މިވެރިން ނަގަން މިޖެހެނީ އެވެރިން އަތުން. ޢެވާގޮތް ނޭގެނީ ކޮންބަޔަކަށް.ޖަޒީރާ އޭ ފަޅޮލޭ ކިޔައިގެން އައިސް ރައްޔިތުންމިތިބީ އެޅުނު ޅައެއްޗެއްގެ މޮޔަ ހީވެފަ ނޫންބާ.މިއީ ގުންޑާއިންގެ ގައުމެއް ކަމަށް ހީނުކުރާތި.ހަށިފޮޅާލާފަ ތެދުވަން ޖެހޭވަގުތު މިއަންނަނީ!

  7
  1
 2. ވަގު

  މިތިބީ5 ވަގުންތަ ނޫނީ ކޯޗެއް ހާދަވައްތަރޭ ވަގުންނާ

  2
  5
 3. ކެރޭ އަބްދުﷲ

  އެމް ޑީ ޕީ ސަރު ކާރުން މިޤައުމް އިންޑިޔާއައް ވި ކަމުން ދާތި އެ ކަން ސިރު ކުރަން އެހެން ޤައުމެއްގެ ބޮލުގަ މިއަޅުވަނީ އަދި މިޤައުމް ދަރަނިވެރި މި ކުރުވަނީ ވެސް މި ސަރު ކާރުން. މިޤައުމްގެ ހަގުގައި އަހަރެމެން ތެދުވަން ޖެހިއްޖެ.

 4. ވަގުންހިފާ

  ގައުމަށް ވުރެ ބޮޑަށް ޖީބަށް ގެނެސްދިން ތަރައްގީދޯ؟