ރާއްޖެ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި އަންނަން ބޭނުންވާ އުފާވެރި މަންޒިލެކެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިން މި ގައުމަށް ނިސްބަތް ކުރާއިރު، ދާދި ފަހުން ރާއްޖެ އައި ފަތުރުވެރިންތަކެއް ހާލުގައި ޖެހުމުން ރާއްޖޭގެ ޓޫރިސްޓު ފުލުހުން އެފަރާތްތަކަށް އެހީވެއްޖެއެވެ.

މިއަދު ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަންގޭރީ އަށް ނިސްބަތްވާ އާއިލާ އެއް މި އަހަރުގެ ކުރީކޮޅު ރާއްޖެ އަންނަން ވެގެން ރިޒަވޭޝަންވެސް ހައްދާފައިވާ ކަމަށާއި ނަމަވެސް، ރާއްޖެ އައުމުން އެމީހުންގެ ބުކިންގް ކެންސަލް ވެފައިވާކަން އެނގުނު ކަމަށެވެ. މިއާއިއެކު އެ އާއިލާ އިން ޓޫރިސްޓު ފުލުހުންގެ އެހީތެރިކަމަށް އެދުނީ ވަރަށް ދެރަވެފައި ހުރި ހާލުގައި ކަމަށެވެ.

 

ހަންގޭރީ ފަތުރުވެރިން ޓޫރިސްޓު ފުލުހުންތަކަކާއި އެކު./ ފޮޓޯ : ޕޮލިސް މީޑީއާ

ދެމަފިރިންނާއި ކުޑަ އަންހެން ކުއްޖަކު ހިމެނޭ އެ އާއިލާ އިން ފުލުހުންނަށް މި މައްސަލަ ޖެއްސުމާއި އެކު ފުލުހުން ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި ގުޅިގެން މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާރު އެ އާއިލާ އިން މޫނުމައްޗައް ހިނިތުންވުމެއް ވެރިވެފައިވާ ހާލު އެހެން ރިސޯޓަކަށް ޗުއްޓީ ހޭދަ ކުރަން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވާއިރު އެފަރާތުން އަންނަނީ މި އާއިލާ ރާއްޖެ ގެނައުމަށް އެއްބަސްވި އޭޖެންޓުގެ މައްސަލަވެސް ބަލަމުންނެވެ.

ހަންގޭރީ ފަތުރުވެރިން ޗުއްޓީ އަށް ފުރަނީ/ ފޮޓޯ : ޕޮލިސް މީޑީއާ

ރާއްޖެ އަކީ ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ހުންނަ ގައުމެއްކަމުން ރާއްޖޭގެ ރިސޯޓުތަކުގެ އަގުތައް އުޅޭނީ ވަރަށް މަތީގައެވެ. އެހެންކަމުން، މިގޮތަށް ދުރާލާ ރާވައިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް މިފަދަ ހާދިސާތައް ދިމާވުމުން އެމީހުންގެ އަތުން އެތައް ފައިސާތަކެއް ބޭކަރުވެގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ރާއްޖެ އަށް އެންމެ ގިނައިން އާމްދަނީ ލިބޭ މަގަކީ ފަތުރުވެރިކަން ކަމުގައި ވެފައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ރަނގަޅަށް ކަންތައްކޮށް، ހިނިތުންވުމަކާއި އެކު ބަލައިލުމަކީ ކޮންމެ ދިވެހި ފަރުދެއްގެވެސް ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޭއަހަރެން

    ތިހާ ފުރިހަމަޔަށް ދިވެހި ރައްޔިތަކަށް އެހީ ފޯރުކޮށްދޭ ނަމަ.....

    37
    2
    • ޙައުލާޖޖ

      ދިވެހި ރައްޔިތުންނަކީ މި ކުލީ ފުލުހުންގެ އަމަލު ހުންނަ ގޮތަށް އަމަލު ހުންނަ ފުލުހުންގެ ދުޝްމަންނުން. އެމީހުން ޔުނީފޯމް ލުމާއެކު އެމީހާގެ ދަރިއަކީވެސް ދުޝްމަނަކަށްވާކަހަލަ.

      25
      1
  2. މާހިރު

    ބަލަ ރަންކޮޅާ ޓުއަރިސްޓު ޕޮލިސް ނޫނަސް ޕޮލިހައް މައްސަލަ ހުށަހެޅީމަ ޕްރޮސަސް ތެރެއިން ދެވެންހުރި އެހީއެއްވީމަ ދެންއެވީނު ތިވީގޮތަކީވެސް އެއީ ދޯ ދެންކޮން ޕޮލިހޭ ފަޅޮލޭ ބިސްބޯކިބަލޭ ލިޔެބަލަ މާޕޮލިސް ވެގެން މިރާއްޖޭގަ މާހިނގާ އެއްޗެއްނޫން ޕޮލިސްތީ މިފަހަކައް އައިސް ހާއްސަކޮށް ބަގާވާތް ކުރިފަހުން އަދިވެސް މިއުޅެނީ އެވަޅު ގަނޑުން ގައުމު ހިންދެމި ނުލެވި

    15
    8
    • އައިޝާ

      ކޮންބަގާ ވާތެއް ފަޅޮލެކޭ ކިޔާ ކައް
      ނާ ގާބިލް ކަމުން އިސްތިއުފާ ދިނީ ފިނޑި

      6
      2