ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި 50 އަހަރުގެ މީހާ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ކަމަށެވެ.
އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިނީ އަލީ މުރުތަލާ (50 އ.) ކަމަށެވެ. އޭނާއަކީ އެމްޑީޕީ މެންބަރެކެވެ.
މިކަމާއި ގުޅޭގޮތުން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.
"ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހައިކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.
މުރުތަލާ ފަނޑިޔާރު ޝުޖާއު އަށް އިންޒާރު ދީފައި ވަނީ ޗުއްޓީ އަކަށް ކ. މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ކޮބާ! ކިހާވަރަކުންދިޔަ؟ އިންޞާފް...................
މީހަކަށް އިންޒާރެއް ދީ މާރާމާރީއެެއް ހިންގާފި ނަމަ އެމްޑީޕީ. ރާފޮދެއް ހިއްޕަވާ ކިކެއް ޖައްސާފި ނަމަވެސް އެމްޑީޕީ. މީހެއް މަރާލިއަސް އެމްޑީޕީ މީހެއް ނޫނީ އިނބޫ އާއިލާ މީހެއް ނޫނީ ނަޝީދު އާއިލާ މީހެއް
އެމް.ޑީ.ޕީ މީހެއްކަމަށް ވާނަމަ އެއްވެސް ކުށެއް ނުކުރާނެދޯ!
އަނެއްކާ އެ މީހުންނާމެދު ޢަމަލުކުރަން ޖެހޭނީވެސް ބޭއިންސާފުން
އެހެންތާވާނީވެސް މިސަރުކާރު ވެރިކަމަށް އައީވެސް ވައްކަން ކޮށްގެން ބޭއިންސާފުން ދެން އެހެންވީމާ މިސަރުކާރަށް އިންސާފުން އެއްވެސް ކަމެއް ނުކުރެވޭނެއެއްނުދޯ
ފަނޑިޔާ ރުން ވެސް މިހާ ރު ތިބީ ހިސާނުގެ އަންނަފޮތިގަނޑުގެ ނިވަލުގަ. އެހެންވީމަ އެމްޑީޕީ މީހަކު ގެންދާއި ރަށް ދޫކޮށްލާނެ.
އިސްލާމްދީނުގެ އަސުއްވެއްކަމުގައިވާ ޝަހިންދާގެ ސިފަޖަހާކުރެހުމެއް ކުރެހި މީހާ ބަނދަކަށްފަހު ބަނދެއް ޖަހަ ޖަހާތިބީ ކިހާއިންސާފުވެރި ކިހާ ދޯނައްލޯބިކުރި
ތިކަން އަދި ހިގާނެ ހާސްނުވެ ތިމައްސަލަ ކުރިއަށްދާނީ ތިދޫކޮއްލިމީހާގެ އެންމެ ހިތްދަތި ދުވަސްވަރު
އެއީ ޙިމާޔަތްކޮއްފައިން ކެނެރީއެއް
އިންސާފޭ ތިވާހަކަ ނުދައްކާ މި ދިވެހިރާއްޖޭގަ މިހާރު މި އޮތީ ސަދޫމުގެ އިންސާފު އަނެެއްކާ ރީނދޫހުންޖެހިފަ ހުރި މީހަކައް ފާޅުގަ މީހަކު މެރިޔަސް އެއްވެސް ކަމެއްނުވާނެ މިސަރުކާރަކު ޔާﷲ މި އަނިޔާވެރި ލާދީނީ މީހުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާ އަޅަމެނައް އަމާނކަން މިންވަރު ކުރައް ވާނދޭވެ
މި ކަހަލަ ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް މީހުން ޤަބޫލު ކުރާ މީހުން ހަމަ މިހާރުން މިހާރަށް މަޖްލިހުން ވަކި ކުރަން!
މިއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފަށް ސަރުކާރުން ފޯރުވާ ނުފޫޒް!
މުތަލާ އަކީ މާފުށީގައި ނަމަ އެމްޑީޕީ މާފުށި އެމްޑީޕީއަކީ މުރުތަލާ އެމްޑީޕީގެ ވެރިކަމެއްގައި މުރުތަލާ އަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ކުރަންކެރޭނެ ކަމެއްވެސް ނޯންނަނެ ނުވެސް ކުރާނެ ތިމުރުޔަލާއަކީ ހިތުން ވަރަށް މީހެއް
ރައިސްޔާމީނު މަރަން ބުނި އެމްޑީޕީ މީހާ އަށް މިވަރުވެސް ކޮށްލަން ނުކެރުނުދޯ ސާބަސް އިބުރާހިމް މުޙައްމަދު ޞާލިހުގެ މި އަދުލުވެރި ވެރިަކމަށް
ތިހެން ނުބުނޭ. ނަޝީދުގެ ރަހުމަތްތެރި އިޔާޒު މިހާރު ހުންނާނީ ރުޅި އައިސްގެން ފަޅައިގެންދާވަރުވެފަ ތިހެން ބުނީތީ. ބިރެއްވެސް ނުގަނޭތަ؟
ރާއްޖޭގައި ދެވޭ އެއްމެބޮޑު އަދަބު ހަރުކަށި ޢިބާރާތުން ކުށްވެރިކުރުން.
ފަނޑިޔާރުގެވެސް ޕާޓީއަށްގޮސް ހުސްވެފަ.
އެމްޑީޕީ ވެއްޖެއްޔާ ކްރިމް ފްރީ ވާނެ.. އެޖެންޑާ 19 ގެ ދަށުން ކޯޓްތައް މިނިވަންވެފަ. ނޫނޭ ސަޅި.