ކުރިޔަށޤ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމައިފިއެވެ. މި ނިންމުން ޖޭޕީއިން ނިންމާފައިވަނީ އިއްޔަ އެޕާޓީއިން ބޭއްވުނު ކައުންސިލް ބައްދަލުވުމުގައެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، ކައުންސިލް އިންތިޚާބުގައި މޭޔަރުންނާއި ކައުންސިލްގެ ރައީސުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ދާއިރާތަކުގެ އިތުރުން އާންމު ކައުންސިލް މެންބަރުންގެ ދާއިރާތަކަށްވެސް ވާދަކުރަން ނިންމާފައިވާ ކަމަށް ޖޭޕީއިން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަކުރަން ނިންމާފައި ވާއިރު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ އިތުރުން ޑީއާރުޕީއިން ވާދަކުރުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީއިން ވާދަކުރާނޭ ކަމެއް އަދި މިހާތަނަކަށް ހާމަ ކޮށްފައިއެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު މި އިންތިޚާބުގައި ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރެވިގެން ދާނެއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 ކައުންސިލަރުން އިންތިޚާބުކުރާއިރު އަންހެނުންނަށް ޚާއްޞާ ދާއިރާތަކަށް 372 އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. އަދި ރަށު ކައުންސިލްގެ ރައީސްގެ ގޮތުގައި 179 ކައުންސިލަރުންނާއި ސިޓީ ކައުންސިލް މޭޔަރުންގެ ގޮތުގައި 4 މޭޔަރުން އިންތިޚާބުކުރާނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ގޮތުގައި 929 މެންބަރުން ހޮވުމަށް ވެސް ވަނީ ނިންމާފައެވެ.
މި ސަރުކާރުން ބުނަމުން އަންނަނީ މި އިންތިހާބް ވެގެން ދާނީ ދެފުށް ފެންނަ ގޮތަށް ކުރިޔަށް ގެންދެވޭނޭ އިންތިހާބެއް ކަމަށެވެ.
ހުރި ހާ ތަނުގައި ތިބޭނީ އަހަރަމެން ގެ މީހުން
ހަމަ ކުރަންވީ. ރޭވުންތެރިކަން ނެތި ކުރާތީ މައްސަލައަކީ. މަޖިލިސް ގޮޑި އިހަވަންދޫއަށްވެސް ބޮޑު ކާމިޔާބެއް ލިބުނުތާދޯ މަނިކަށް.
އަނެއްކަންތަކާ މިޖެހުނީ އަނެއްހަކަމާ ޕީ ޕީ އެމް ޖުމުހޫރީ ޕާޓީ މިއެއްފިކުރެއް ގެމީހުން ދެންވަކިވެގަނެގެން މީނަ ކޮއްމެރަށަކަށްލީމާ އެއްމެ ގޮނޑިއެއްވެސް ނުލިބޭނެ އެނގޭދޯ މަޖިލިސް އިންތިހާބުގައި ވިގޮތް ޕީޕީ އެމުން ކުރިމަތިލީ ތަންތަނަށްވެސް ޖުމްހޫރީންވެސް ކުރިމަތިލީ ނަތީޖާއަކީ ލާދީނީ އެމްޑީޕީ ގޮނޑިހޯދުން ވިސްނާ ކާސިމް ވިސްނާނީބޮލުން ކަންަތަކުން ނޫން
އެކަމުގެ ހިތި މިހާރުދިވެހިރައްޔަތުން ނަށް މިފެންނަނީ މުޅިޤައުމު ލާދީނީ ފިކުރަށް ހަދަން މަސައްކަތްކުރަނީ ހުރިހިތާމައެއްގެ ބޮޑުކަމާއޭ
އޭ ހެލޯ ޕޕމގެ ފި ކުރުގަ ޖޕ އޮތްނަމަ ޖޕ މިސަރު ކާރުގަ ކޮނޑުވިއްދައިގެން ނުއޮންނާނެ..ޖޕއަ ކީ މިސަރު ކާރުގެ ކޯލިޝަންޕާޓްނަރެ..ޖޕއަށް ދެވޭ ވޯޓަ ކީ ސަރު ކާރަށް ދެވޭ ވޯޓެ..އެހެންވީމަ ޕޕމއަށް މިފަހަރުގެ ވޯޓުދިނުމަށްއެދެން...އޮޅުވާލަންނޫޅޭތި...ޖޕއާ ޕޕމ އެއްވެސް ގުޅުމެނެތް...ގާސިމު ބޭނުންވެގެން ރޔާމީން ޖަލަށްލުމުން ޕޕމގެ ސަޕޯޓެ ގާސިމަށްދިނުމެނެތް....
ނުދޭނަން ވޯޓެއް
ނަހުލާ ހުރިހާ ގޮޑިއަކަށް ކުރިމަތިލައްވާ މާތާހިރު ވާނެ
އަހަރެމެން ރަށުން ޖޭޕީގެ ފަރާތުން ކުރިމަތި ލާނެ މީހެއް ނެތް.
އެންމެ ގޮނޑިއެއް ވެސް ދޭނެ ކަމެއްނެތް
ލާދީނީ ރިޕޯޓް ނެރުނީމާ ވެސް ނުކެރުނޭ އެއްޗެއް ބުނެލަންވެސް ދެކޮޅަށް.ނަމުން ސޯލިޙާ އެއްކޮޅަށް ހުރީ. ދެން ސޯލިޙްމެންގެ ކުދިން ވޯޓް ދީބަލަ
ވަށަފަރުން ކުރިމަތިލާނެ މީހަކު ނުވާނެ