މުހައްމަދު އަބްދުﷲ (މުހައްމާ)
މުހައްމަދު އަބްދުﷲ (މުހައްމާ)

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފިއެވެ.

މުހައްމާ ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިއުމުގެ ތެރެއިންނެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަ-ސްޕްރޭ ޖެހި ވަގުތު މުހައްމާގެ ލޮލަށް ވެސް ސްޕްރޭގެ އަސަރު ކުރި މަންޒަރު ފެނުނެވެ. ނަމަވެސް މުހައްމާ ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ދުވެފައި ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ހަތަރެސްފައިގައި ހިފައިގެން މުހައްމާ ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ.

މުހައްމާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝުކުރުވެރިވަން

  2. ފުލުހުންނަށް ނޮހޮރޮއްޕާން ކުރާއެންމެން ހައްޔަރުކުރޭ ދޫދޭނެކަމެއްނެތް

  3. ޢެހެން މީހެއްގެ ގައިގަ އަތް ނުލެވޭނެ ޔާމީން އުޅެނީ މޮޔަވެގެން ހޭބަލިވެގެން ނިހާން އަދުރޭ ހީކުރާ ގޮތުގައި މީ އެމީހުންގެ ވާރުތަ މުދާ ގަޑެއް ހެން މޮޔަ ގޮވަނީ

  4. ފުލުހުންނަށް ނޮހޮރޮއްޕާން ކުރާއެންމެން ހައްޔަރުކުރޭ ދޫދޭނެކަމެއްނެތް

  5. މުހައްމާ މަޖިލީހުގައި ކުރާކަމެއް ނެތް. މަގުމަތީގައި ފިލްމު ކުޅެނީ. ދެން އިވޭނީ ބިމެތް ގަތް ޚަބަރު.

  6. ތި ދައްޖާލު ހައްޔަރުގައި ބައިންދާަ. އޭރުން ގިނަ ލާރިކެވޭނެ!