ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދަވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީއާ އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ. މި ސްކޫލްތަކުގައި ކިޔައިވައިދެނީ ގްރޭޑް 1-12 އާއި ހަމަ އަށެވެ.
މީޑިއާތަކަަށް މައުލޫމާތު ދެމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ސްކޫލްތައް އަޅާނެ ބިމާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި މިނިސްޓްރީން އެންގިހާ އަވަހަށް ބިން ހަވާލު ކުރާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން އެ ސްކޫލް އެޅުމަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައިވެސް، އާބާދީ އިތުރުވަމުން އަންނަ ވަރު ބަލައި އިތުރު ސްކޫލެއް އަޅާނެ ކަމަށްވެސް ސުހެއިލް ވަނީ ވިދާޅުވެފައެވެ
ސަރުކާރުގެ އެކްޝަން ޕްލޭނަށް ބަލާއިރު ފާހަގަކޮށްލެވެނީ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމެވެ. މި ސިޔާސަތު ތަންފީޒު ކުރުމަށް މާލޭގައި އިތުރު ސްކޫލްތައް އެޅުމަށް ޖާގަ ނެތްއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލްތައް އަޅަން ބިން އެބައޮތެވެ،
މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި މިހާރު ހުރި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން އިތުރަށް 10 ސްކޫލު ބޭނުންވާކަމަށެވެ.
ކޮންކުރީޓު ތަރައްގީ ބޭނުމެއް ނުވެޔޭ ބަޔަކު ކިއި އަޑު އެހިން. ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާފަ، ވޯޓުން ވައްކަން ކޮށްފަ މިހާރު ކީކޭ މި ކިޔަނީ؟
ކޮންކޮރީޓް ތަރައްޤީއެއް ބޭނުމެއްނޫން! ތި ހުރިހައި ތަނެއް ދަނޑިފަނުން އަޅަންވީނު!
މަ ހީކުރީ ދަނޑިފަނުންކަމަށް ސްކޫލްތައް އަޅަނީ... ޖަޒީރާ ރާއްޖޭގަ ކޮންކްރީޓަށް އެލާޖިކް ވާނެ.. ވިސްނުން ތަރައްގީ ކުރަން ޒީރޯޓޮލަރެންސްގަ ސްޓިކާޖަހާނީ
ކޮބާހޭފްލެޓް... ފުރަތަމަ ފްލެޓް އޭގެ ހައްްޤުވެރިންނާއި ހަވާލުކުރަންވީނުންތޯ
ސްކޫލުތައް އަޅަން މަޖުބޫ ރުވީ 25 ބު ރީގެ އެތައް ފުލެޓެއް އެޅީމައެއްނު
ސްކުޫލް ގިނަކުރާގޮތަށް އޮއްޓަރު ހުރި ތައުލީމެއްވެސް ދޭންވާނެ . ތަމްރީނު ކުރަންވީ ހެޔޮލަފާ ޖީލެއް. ވަގުންނާ ފޭރޭ މީހުންނާ ލުޓޭރުންނާ ރޭޕިސްޓުންނާ އޭތިސްޓުން ހިމޭނޭ ޖީލެއް މަށަކު ބޭނުމެއްނޫން . އިންސާނިއްޔަތައްޓަކައި ފުރާނަދޭން ޖެހިލުންނުވާ ނަޒާހަތްތެރި މުރުއްވަތްތެރި ހެޔޮ ލަފާ ޒުވާނުން ދިވެހި ގައުމު އެދެނީ ތައުލީމުގެ އަސްލު މަގްސަދަކީ ފުރިހަމަ އިންސާނުން ބިނާ ކުރުން
ކަލޯގަޔާ ސިއްހީމަރުކަޒުތައްވެސް އެއްދަންފަޅިއައް ބަދަލްކޮއްފި ހަވީރު 4ކުން ހެދުނު 8ކައް ބަންދު ..
ކަން ކުރެވޭނެ ބަޔަކު ކުރަން ބެނުންވާކަންކަން އިސްތިހާރެއްނުކުރާނެ . ކަން ކޮށް ނިންމުމުން ރައްޔިތުންނަށް އެކަންފެންނާނެ ދިވެހިންނަކީ ލޯ އަނދިރި ބައެއްނޫން.