ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުުރުން ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެ ކުއްޖާ ރޭޕްކޮށްފައި ވަނީ، އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ އެވެ. އެ ކުއްޖާ ރޭޕްކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން މިނިސްޓަރ ޔުމްނާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މި ނުބައި އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"މިކަން ކުރިމީހަކު/ ބަޔަކު ވަގުތުން ހައްޔަރުކޮށް،ތަހުގީގުކޮށް ހަރުކަށި އަދަބު ދޭން ޖެހޭ". ޔުމްނާ ވިދާޅުވިއެވެ.
އެކުއްޖާގެ އާއިލާ މީހުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލަ ފެންމަތިވެފައި ވަނީ އެ ކުއްޖާގެ މަންމަ މާލެ ގެނަމުންނެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ދެމީހުންނެވެ.
BREAKING NEWS: Jinsee Goanaa Libunu Dhe Aharuge Kuhjaa Vanee Rape Koffaihttps://t.co/RYtPxulmVQ
— Vaguthu Online (@VaguthuOnline) January 16, 2020
އެކުއްޖާގެ މަންމަ މާލެ ގެނެސްފައި ވަނީ، މަސްތުވާތަކެއްޗަށް "ސިކް ވެގެން" ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް ވެގެން ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއެއްގެ ގޮތުގައި ބެލުމަށް ގިނަބަޔަކު ދަނީ އާދޭސް ކުރަމުންނެވެ. އަދި އެ ކުއްޖާއަށް ޖިންސީ އަނިޔާކުރި މީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލާފައި ވެއެެވެ.
ދޭންވީ އަދަބަކީ މިތިން މީހުން ޖަލައްލާފަ ސަރުކާރު ޙަރަދުގައި މީރުކޮށް ކާންދީފައި ދުވަސްކޮޅަކު ބަހައްޓާފާ ސާބިތުނުވާ މައްސަލައެކޭ ކިޔާފަ މިމީހުން ދޫކޮށްލަންވީ.
ރޭޕްކުރިމީހާޔައް އަދަބެއްވެސް ނޫން ދެވޭނީ އެއްކަމެއްވެސް ނުވާނެ އެހެހެންނޫނީ މީހުންމަރާމީހާވެސް އެބަޖެހޭ މަރާލަން އެއްކަމެއްވެސް ނުވޭ ނޫސްތަކުގެ ހެޑްލައިއައް އަރަންވެގެން ކޮންމެމީހަކުވެސް މޮޅުވާހަކަދައްކަނީ ، ކަންނިމޭއިރު ގޯސްވާނީ އެމައުސޫމް ކުއްޖާކަންނޭގެ މިދާވަރުން
އަދަބު ދޭން ކެރޭނެތަ؟ ނުކެރޭނެ!
އެއަށް ވުރެން މާ ފިނޑި ބައެއް މިފަހުގެ ސަރުކާރުތަކުގަ މިތިބެނީ.. އެމެރިކާ އާ އިންޑިއާ ރުއްސާ ބައިގަނޑަށް ކޮން ކަމެއް ކުރަން ކެރޭނީ؟؟
ޢަދަބް ދިނަސް ،ނުދިނަސް އެއިރަކު އޮއްނަ ސަރުކާރެއް ކުއްވެރި ވަނީ...ބަލަ އެއީ ސަރުކާރު ގެ މައްސަލައެއް ނޫނޭ..ކަލަކު ވޮޑިގެން ވާކަން ނުދަންނަ ބަޔަކަށް ކޮންމެ އަދަބެއް ދިނަސް ވަާނެ ގޮތެއް ނެތް
ދީނުގައި އަންގަވާފައިވާ ހުކުމް ތަންފީޒު ނުކުރެވުމަކީ ސަރުކާރުގެ ކުށެއް! އެކަން ނުކުރެވޭ ކަމުގައި ވަނީނަމަ އެއީ ސަރުކާރުގެ ކުށެއް! ކަލަކު ވަޮޑިގެންވާކަން ގަބޫލު ނުކޮށް އެކުށްކުރި މީހުންނަށް އަދަބު ދީގެން ފަހަރެއްގައި އެމީހުން އިސްލާހުވެވެސް ދާނެ! ނުވިޔަސްވެސް އެއީ ދެން ތިބި މީހުންނަށް ލިބޭ ގެއްލުމެއް ނޫން! ވިއްޔާ ވާނީ ފައިދާއެއް! ކުއްކުރަން ޖެހިލުންވާ ޖީލެއް ބިނާ ކުރެވިދާނެ! އިންޝާﷲ.
ހަރުކަށި އަދަބަކީ 25 އަހަރުވަންދެން ދިވެހިރައްޔިތުންގެ ފައިސާއިން ކާންދީ ބޯންދީ
ހި މާޔަތްކޮއްފަ ބެހެއްޓުންތޯ؟ އަދި އެ މައުސޫ މް ކުއްޖާ މުޅިއު މުރުގަ އެވޭނުގަ އުޅުންތޯ؟
ﷲއަށާ މާތްނަބިއްޔާއަށް ފުރައްސާރަކުރި މީހުންނޯ..؟! އެއީ މުރުތައްދުވުން..!!ތީބޮޑުފާފައެށް...
އެއަށްއެއްޗެއްނުބުނެ މިހާރު ކޮންއަގައެއް
ކޮންހާ އަނގައެއް ތަޅާކަށް ކަމަނާ! މިގައުމުގަ ތިފަދަ ކަންކަން ހުއްޓުވަން މަރުގެ އަދަބު ދޭން ޔާމީން ސަރުކާރުން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ގުންފައިތެޅި މީހެއްނު ތިއީ!! ލަދުޙަޔާތް ކެނޑިފަތަ ތިތިބެނީ! ކެނޑިފަ ނެތިއްޔާ ބުނެބަލަ މަރުގެ އަދަބު ދޭށޭ! އޭރުން ދެންވެސް ބުނާބަހުގަ އިޚްލާޞްތެރިކަން ހުރިކަން ޤަބޫލުކުރެވޭނީ
ޔާމީން ސަރުކާރުގަ އޭނަ ކުރަން އުޅުން ކަމެއްވިޔާ ރައްޔިތުން ރޮއިރޮއި އޮއްވަ ކުރި... ތިކަންވެސް އޭނަ ކުރަން ބޭނުން ވި ނަމަ ކުރިސް ...ކޮން ފޮނި ބާސާއެއް
ތިޔައީ ގެއްލޭ ދެވޯޓު އަވަހަށް ދޫކޮށްލާ! ޢެނޫން ކަމަކާ މިމީހުން ވިސްނާތަ!