ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން (ޓީއައި) ގެ ފަރާތުން ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެ ކުރިއަރަމުންދާ މިންވަރު ދެނެގަތުމަށްޓަކައި ތައްޔާރުކުރާ ސާވޭގައި މިއަހަރު ހާމަކޮށްފައިވާގޮތުން، ރާއްޖެ މިދިޔަ އަހަރަށްވުރެ ހަ ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.
ޓީއައިގެ ސާވޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މި ސާވޭ އަކީ ދުނިޔޭގެ 180 ގައުމަކާއު ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ކޮރަޕްޝަން އަށަގެނެފައިވާ މިންވަރު އެމީހުންގެ އެކި ހޯދުންތަކުންނާއި ފަންނީ މާހިރުންގެ އަލީގައި ޝާއިއުކުރާ ދިރާސާއެކެވެ. މި ދިރާސާގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން 100 އާއި ހަމައިގެ މިންގަނޑެކެވެ. މި މިނުން ޕޮއިންޓް ދޭއިރު އަދަދު މަދުވާ ނަމަ އެއީ ކޮރަޕްޝަން އިތުރުވަނީ އެވެ. އަދި އަދު މަތިވާނަމަ އެއީ ކޮރަޕްޝަންގެ އަމަލުތައް މަދުވަނީއެވެ.
މިއަހަރު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެހިޖެހިގެން ހަތަރުވަނަފަހަރަށް 50 އަށްވުރެ ދަށުން ޕޮއިންޓްލިބުނު ތިންބައިކުޅަ އެއްބައި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.
މިދިޔަ އަހަރުގެ ސާވޭއިން ދައްކާގޮތުގައި ރާއްޖެ އޮތީ 29 ޕޮއިންޓާއި އެކު 130 ވަނައިގައެވެ. އެހެން ނަމަވެސް މިއަހަރު ލިބިފައި ވަނީ 31 ޕޮއިންޓެވެ. އިތުރަށް ދެ ޕޮއިންޓު ވެއްޓުމައި އެކު ރާއްޖެ މިހާރު ވަނީ މި ލިސްޓުގައި މިދިޔަ އަހަރު އޮތް ހިސާބަށްވުރެ ހަދަރަޖަ ފަހަތަށް ވެއްޓިފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކޮރަޕްޝަން އޮތް މިންވަރު ދެނެގެންފައި ވަނީ ބައިނަލް އަގުވާމީ ތިންމަސްދަރަކަށް ރިއާޔަތްކޮށެވެ. އެ ތިން މަސްތަރަކީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގސް އާއި، ދުނިޔޭގެ ގައުމުތަކުގައި ޑިމަކްރަސީގެ ހާލަތު މައުނަވީގޮތެއްގައި ދެނެގަތުމަށް ކުރިއަށް ގެންދާ ވެރައިޓީޒް އޮފް ޑިމަކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކުން ގައުމުތަކުގެ ސިއާސަތުތަކާއި މުއައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކުރާ ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމެންޓެވެ.
ޓްރާންސްޕޭރެންސީ އިން ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަން ހާމަކޮށް ޓްރާންސްޕޭރެންސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ސީޕީއައިގައި ވާ މައުލޫމާތު ތަކަށް ބަލައިލުމުން އެނގިގެން ދަނީ ސިޔާސީ ހަރަކާތްތަކާއި ކޮރަޕްޝަނާއި އޮތް ގުޅުން ކަމުގައެވެ. އެގޮތުން ރާއްޖެ އޮތް ދަރަޖައަށް އަސަރުކޮށްފައި ވަނީ 2019 ވަނަ އަހަރާއި ހިނގަމުން މިދާ އަހަރަކީ އިންތިހާބުތައް ގިނަ ދެއަހަރު ކަމުގައި ވުމުން ކަމަށް ޓްރާންސްޕޭރެންސީ އިން ވަނީ ބުނެފައެވެ.
"ސިޔާސީ ކެމްޕެއިން ތަކުގައި ފައިސާ ހަރަދު ކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގާނޫނުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، ސިޔާސީ ބާރާއި އިންތިހާބުތަކަށް ފައިސާ ހަރަދުކުރާ މިންވަރު މި ދިރާސާއިން ހާމަވެގެން ދެއެވެ" މޯލްޑިވްސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި އެބަޔާނުގައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކަށް ގޮވާލާކަމަަށް ބުނެފައެވެ.
ކަރަޕްޓެއްނޫން! ޒީރޯ ޓޮލަރެންސް އެންމެ ގިނަ ޤައުމު!
ޒީރޯ ޓޮލަރެންސް. ސޭ ނޯ ޓް ކޮރަޕްޝަން. ހީވޭ ކަމެންވެސް ރައީސް ޒީރޯ ޓޮލަރެންސް. މި ބެގެ ނަން ބަދަލުކުރަން ފެނޭ.
ތިބި ވައްތަރު ނިކަން ދެކިބަލަ ޓްލެރެންސް. ބޮޑުވަގު ޓޮލަރެންސް. ހިނިގެޅުން ކަމަކީ. ހުރިހާކަމެއް ކަނުފުލުންގޮއްސާ. ދިވެހިން ހޭއަރާ ބަލަ
އިންތުޚާބު ގިނަވީއޭ! ވަގުން ގިނަވީ. ކޯޗެކޭ ކިޔާކަށްތަ؟ ލަދެއްނުގަނޭނު ވާހަކަ ދައްކަން.
ދުނިޔޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ހިނގީ މެލޭޝިއާގަ އާއި ރާއްޖޭގައި. މިހާރު އެ ޤައުމުތަކުގެ ވެރިން ވަނީ ހައްޔަރުވެސް ކުރެވިފައި.
އޭސީސީ ކިޔާ ތަނެއް އޮވެއެވެ. ވާ ކަމެއް ހަރާމެވެ.
އެއީ އެތިބަ ދެ ވަގުން ވައްކަންކުރުމަށް ފޯރިމަރާދީ ކަންފަސޭހަކޮށް ފޮރުވާދޭން އޮންނަ މުއައްސަސާއެއް!
ސުކްރިއްޔާ ޒީރޯޓޮލަނަސް އައް މިޔޮތީ ބޮޑުބެރުޖަހާ އުފާފާޅުކުރަންވެފައި ވަނައެއްތާ މިލިބިނީ
ތީ ވަރައްބޮޑު ތެދެއް. ތި ފޮޓޯގައި ކުރީގެ ރައީސުންވެސް ފެންނަން ތިއްބެވިނަ މަ ވަރައް ފުރިހަ މަ ވާނެ. ޢެކަ މް މިހާރުވެސް ގޯހެއް ނޫން.
މިހުރިހާ ބަލާމުސީބަތަކީ މިތާމިއޮއްސިޔާސީ ވެށި މީހަކުމާފަހުރުވެރިވެފަ ބުނަނީ މީތިމަންނަގެ މަސައްކަތޯ މިތާސިޔާސީ ފިތުނަ އުފެއްދީ އެހެންބުނާ މީހާ އައް އިގޭތޯ މިކުރެވުނީ ރަގަޅުކަމެއްކަން..މާތްﷲ މިކުޑަގައުމު މަކަރުވެރިންގެ އަތްދަށުން މިންޖުކުރައްވާށި...
ވަރައް ބޮޑައް ޝުކުރިޔާ!!!!
ދެން ބުނާ އަޑު އިވޭނެ ކަރަޕްސަން އައް ޒީރޯ ޓޮލަރެންސްއޭ
ޕްރައުޑް އޮފް ޔޫ ޔާމީން.. އިފް ނޮޓް، ޕްލީޒް ޓޭކް ރެސްޕޮންސިބިލިޓީ
އައިން؟ މިދިޔަ އަހަރު ވެސް ޔާމީން ދޯ ވެރިކަމުގަ ހުރީ. އެއްކަލަ ހުޅުޖަހާ ހިނދުކޮޅުގެ ކުއްޖެއް ދޯ؟ ހަހާ. އަދި ހޭ އަރާނެ ތޯއްޗެއް ފަސް އަހަރު ނިމެންވާއިރަށް
މިއީ މި ސަރުކާރަށް މި އަހަރު ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ. ރައީސް ޔާމިން އަށް ވައްކަމުގެ ތުހުމަތުކޮށް ޖަލަށްލާފަ، ދެން މި ފެންނަނީ މި ސަރުކާރުގެ 0 ކޮރަޕްޝަން ?
މި ސަރުކާރުން ހިންގާ ކޮރަޕްޝަން އަމަލުތަކަކީ ބައިނަލް އަޤްވާމީ ޤައުމުތަކުން ހުއްދަދީގެން ހިންގާ ޢަމަލްތަކަކަށްވުމުން ބޭރުގެ އެއްވެސް ޕްރެޝަރެއް އެކަމަކަށް ނޯންނާނެ. އިޒްރާއީލުން ގާޒާއަށް ބޮންއަޅައި މީސްތަކުން މެރީމާ ވާގޮތްވާނީ.
ތިވަރު ދެރައެއް ނޫނެއްނު މިސަރުކާރު އެންއެތެރޭގައި ތިބިމީހުނަކީ މުޅި ދުނިޔޭ ފެންވަރުގެ މެޑަލްޖަހާފައި ތިއްބެވި ބޮޑެތި ވަގުން ފެންވަވަރުގެ ފަޚުރުވެރި މިދިވެހި ބިމާއި އިސްލާމްދީން ހަލާކުކޮށް ފާނާކުރުމު ގައި ދެމިތިބި ނުބައި ނުލަފާ ޖައްބާރުކަން ގަދަޖަނަވާރު ފެންވަރު ގެލާދީނީ ފެންވަރުގެ ރީނދޫ ފިކުރުގެ އަނިޔާވެރިކަމަކަށް އެހާބޮޑުބިޔަ ޝަރަފާއި ފަޚުރުވެރި މަޤާމެއްގެ ހައްޤުވެރިންނަކީ ދިވެހިރާއްޖޭގެ އެންމެ ފަހުންބޭއްވި 2 އިން ތިހާބުގައި ރަޔަތުގެ ވޯޓުން ވައްކަންކޮށްގެ ންވެރިކަން ފޭރިގަތް ކޯލިޝަނުގެ ވެރީން ފެންވަރުގެ ތެދުވެރި ވަފާތެރި ވަގުންނަށް ވަރށްމަތިވެރި ޝަރަފުވެރިންނަށް އެންމެ ހައްޤުވާ މާޤާމު ތިއީ!
މީހުން ތުހުމަތު ކުރާގޮތުގަ މިސަރުކާރުގަވެސް ބުރޯއެއް ހުރެޔޯ އެބުރޯކައިރިޔަށް ދިޔާމަ ވަޒީފާވެސް ހަމަޖެހެޔޯ ކޮންމެވެސް ބެންކަކުން ލޯނުވެސް ހަމަޖެހެޔޯ ކިޔާއަޑުއިވޭ. އެކަމުވެސް ކިޔާއަޑުއިވެނީ ޒީރޯޓޮލަރެންސޯ ލަދުން ހަލާކުވާވަރުވޭ.