ވެލިނަގަން ގޮސް އުޅެނިކޮށް ރ. މަޑުއްވަރީ ފިރިހެނަކު ނިޔާވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ މީހާ ނިޔާވީ ވެލި ނަގަން ގޮސް ހުއްޓާ ކުއްލިއަކަށް ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަދި މިހާރު ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިކަން ހިނގާދިޔަ ގޮތާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެވެ.

ފުލުހުން ވިދާޅުވީ، ވެލިނަގަން މަޑުއްވަރިން ދިޔަ ދޯންޏެއްގައި ހުރި 52 އަހަރުގެ މީހަކު އެރަށު ސިއްހީ މަރުކަޒަށް ގެނެސްފައިވާކަމުގެ މައުލޫމާތު މިއަދު 17:12ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި އެ މިހާ ސިއްހީ މަރުކަޒަށް ގެނައިރުވެސް އޮތީ ނިޔާވެފައި ކަމަށާއި، ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް ފެނިފައިނުވާކަމަށް ސިއްހީމަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން". ފުލުުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސޯލިޙް ރައީސް އަމިއްލަ އަށްވެސް މިޙާލަތަށް ޤައުމު ދިއައީމާ އިސްތިއުފާދެއްވާ ކަން ނުވޭތޯ.
    މުސީބާތް ސަރުކާރު ކޮންމެ ކަމެއްގައި ދޮގާއި މަކަރު. ހުރިހާ ކަމެއް ބާޤީ ލުތުފީހެން ފޮރުވުން ކަމަކީ

    8
    1
  2. އަހްމަދު

    އެންމެންވެސް މަރުވާނެ. އެކަމަކު ކޮންމެދުވަހަކު ތަފާތުމަރެއްގެ ވާހަކަ މިހާރު އިވެމުންދަނީ. ފީނަންދިޔަ މީހަކު، މަހަށްގޮސްހުރި މީހަކު، ވެލިނަގަން ދިޔަމީހަކު، އައިޖީއެމްއެޗަށް ވިހަންގެންދިޔަމީހަކު މަރުވެގެން . ހުރި ހިތާމައެއްގެބޮޑުކަމާއެ!

    4
    1
  3. ސްޓަރ

    އަޚުންނާއި އުޚުތުން ވިަސްނަވާލައްވާ މީއަޅުގަނޑުމެންގެ ޙާލަތު ފުރާނައިގެ ވެރި އިލާހު އެފުރާނަ ހިއްޕަވާނެ ވަޤުތެއް ހަމައެކަކަށްވެސް ލަފާކޮއްލަންވެސްނޭނގޭނެ. ވިސްނަވާ މިފެންނަނީ ޤިޔާމަތުގެ ޢަލާމާތްތައް ދެންވެސް ލިބިއޮތްވަޤުތުކޮޅުގެ ބޭނުން ހެޔޮގޮތުގައިހިފަންވީ ހެޔޮ ޢަމަލުކުރުންގިނަކޮށް ކޮންމެ އަމަލެއްގައި ވެސް ހިތްނިޔަތް ޚާލިޞްކޮއް ޠާހިރު ގޮތެއްގެ ވެރިއަކަށް ވެވޭތޯ ބަލަންވީއެވެ.