ރަށް ގިރުމުގެ މައްސަލަ ބޮޑުވެ، ސީރިއަސް ކަންތައްތަކެއް ހިނގައިފި ނަމަ ސަރުކާރަށް ކޮށްދެވޭނެ މާބޮޑުކަމެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ، އެންވައިރޮމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން، ރަށް ގިރުމުގެ މައްސަލަ އިތުރު ވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިހާރެކޭ އެއްގޮތަށް ރަށް ގިރުމުގެ މައްސަލަ ދިމާވަމުންދާ ނަމަ، އެކަމާއި މެދު ސަރުކާރަށް ކޮށްދެވޭނީ ވަރަށް މަދު ކަންތައްތަކެއް ކަމަށެވެ.
އެހެންކަމުން، ތަރައްޤީ ނުހުއްޓައި، އެ މައްސަލައަށް ހައްލު ހޯދާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ރަށް ގިރުމުގެ ސަބަބުން އެއްވެސް ރަށެއްގެ ގިނަ ގެެތަކަށް، އެއްފަހަރާ ގެއްލުން ލިބިއްޖެ ނަމަ، އެ ރަށެއްގެ ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރަށް އެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަކީ، އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަކީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ރަށް ހިއްކުމުން، ނުވަތަ ބަނދަރު ހެދުމުން ދިމާވާ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" އެބަ އަހާ، ކިހާމިންވަރަކަށްތޯ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނީ. ހުއްޓީމާ ދެން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އެއް އެކަށީގެންވޭތޯ ބާކީ ހުރި ތަންތަން ދިފާއުކުރަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީގެ ކޮންމެ މަޝްރޫއެއްވެސް ހިންގަނީ އުފެއްދުންތެރިކަން އިތުރުކުރަން. އުފެއްދުންތެރިކަން އިތުރުކުރަނީ އަޅުގަނޑުމެންނަށް ދިފާއު ކުރުމަށް. އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށް. އަޅުގަނޑުމެންގެ އަތުގައި ފައިސާ ބެހެއްޓުމަށްް.
އެ ނޫން ގޯތެއް ހޯދައިގެން. އެއްފަހަރާ ގެތަށް ގެއްލުނީމަ އެކަމާއި މެދު އެއްވެސް ސަރުކާރަކަށް ކުރެވޭނެ މާބޮޑޫ ަކމެއް ނޮއޮންނާނެ
ރައީސް ނަޝީދު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ކުރިއަށް ވުރެ ސީރިއަސްތޯ ނުވަަތަ، އެވާހަކަތައް ދެކެވެނީ ފަހަކަށް އައިސް މަޖިލިސް މެމްބަރުން އަތޮޅު ތެރެއަށް ކުރި ދަތުރުތަކުގައި މާބޮޑަށް އެކަމުގެ މައުލޫމާތު ލިބުމުންތޯ ސާފުކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ރަށް ގިރުމުގެ މައްސަލަ ހިނގާފަ އޮތް މިންވަރު ދެނެގަތުމަށްޓަކާ ސައިންސްގެ އަލީގައި ދިރާސާތަކެއް ކުރުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމިޓީއެއް ބާއްވައިގެން ރަށްގިރުމުގެ މައްސަލަ އާއި މެދު މަޝްވަރާކުރުމުގެ މަޤްސަދަކީ ކަންކަން ގޯހުން ގޯހަށް ދިއުމުގެ ކުރިން އެ މައްސަލަ ހައްލުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަށް ގިރުމާއި މެދު ބާއްވާ ކޮމިޓީގައި، އާއްމުންނާށް ސުވާލުކުރުމަށް ވަނީ ފުރުސަތު ދީފައެވެ.
އެ ކޮމިޓީގައި ގިނަ މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާއަށް ވެސް ރަށްގިރުމުގެ ސަބަބުން އެތައް ގެއްލުމެއް ވަމުންދާކަން ފާހަގަކުރައްވާފައެވެ.
އަދި ދުރާލާ ރާވައިގެން، ރަނގަޅު ފިޔަވަޅުތަކެއް އެކަމާއި މެދު އެޅުމުގެ މުހިއްމުކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮށްދެވެނީ ކޮންކަމެއް.
އިސްތިއުފާ ދީފަ ގެއަށްދޭ ހުރިހާ އެންމެން!! ވައްކަން ނުކޮށް!! ބަދަލުގެ ގޮތުގައި ފައިސާ ބަހާ ހުސްނުކޮށް!! ތަގްރީރު ދޭން ތަންތަނަށް ދަތުރުކޮށް ފައިސާ ތަޅާ ހުސްނުކޮށް!! އެންމެ ދަތުރަކަށް 4.2 މިލިއަން ތުފިޔާ އެއޮތީ ހޭދަކޮށްފަ!! ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާ ކައި ހުސްނުކުރާށޭ!!
އެކޮއި އިސްތިޢުފާދީފަ ގެއަށް ދާންވީނު ދެން
ސަރުކާރައް ކޮށްދެވޭނެ އެއްވެސް ކަމެއް އެއްވެސް ކަމެއްގަ އެބަ އޮއްތޯ...ބޮޑުތަނުން ފެއިލް ވެފަ ތިބި ބައެއް ސަރުކާރަކީ.
މީނައަށް ކާކުތަ ދި އައިލަންޑް ޕްރެޒިޑެންޓް ގެ ލަގަބު ދިނީ..
ގުއި ނުދޮވެ އުޅޭ ބައެއް.
ތިމަންނާވެރިކަމައް ވެރިކަމައްގެނެސްފިނަމަ ރައްގިރުމުގެ މައްސަލަހައްލުކުރާނަމޭ ނުނުބީކީއްވެގެންތޯ ރޯނުއެދުރު.
ސަރުކާރަކީ ކަލޭތަ؟
ރަށް ގިރަނީ ކުރީސަރުކާރުގެ އަމަލުތަކުގެ ސަބަބުން.
ރަށްގިރުމަށް ހައްލެއް ހޯދައި ނުދެވެއްޏާ ނުވަތަ ހައްހޯދަން ނޭގެންޏާ މަނިކުފާނު އިސްތިއުފާދީފަ ގޮނޑި ދުއްވަން ދުރުވަން ވީނުން ތޯ ރަށްގިރުން ހައްލުކުރަން އެ ގޭ ހަލުކުރެވޭނެ ގަޓުހުރި ރައީސުން އެބަތިއްބެ ވިޔޭއިގޭ ތޯ މަނިކުފާ ފާނުގެ ޕާޓީހުރިހާމީހު ން އިސްތިއުފާ ދީފަ ހުރިހާކަމެއް ހައްލުކު ރަންއެގޭ ކުރެވޭވަރުގެ ގަޓުހުންނަަ ރައީސުނާ ހަވާލުކުރަށް ވާފައި ތިރީނދޫ ބައިގަނޑު ގެ އުނދަގޫ ރަށްޔަތު ނަށްނުފޯރާ ހިސާބަކަ ގޮސް ތިބައިގަނޑު ދުވަހަކުވެސް ނުފެންނަ ގޮތަށް އަމިއްލައަކަށް ގެލެން ވީނޫން ތޯ އޭރުން ހުރިހާކަމެއް ވެސް ހައްލުވީ އިގޭތޯ
އެކަމަކު އައިލެންޑް ޕްރެޒިޑެންޓޭ ކިޔާފައި ކަރުތާފެނަށް މޫދަށް އެރެ ފިލްމު ޝޫޓްކުރާތި! ކަލެޔަށް ކުރެވޭނެ ކަމަކީ ނުވިހާ އޮޕަރޭޝަންކުރުން! އެނިމުނީ!
ކޮށްދެވޭނެ ކަމެއް ނެތީމައާ ކަމެއް ކޮށްދޭން ނޭނގޭތީއޭ ރައްކާވާށޭ މިގޮވަނީ
މަނިކުފާނު ބަލިވެގެން ހޮސްޕިޓަލަށް ވަޑައިގަތުމުން ޑޮކްތަރު ތިރަގަޅުވާނެ ބަްޔެއް ނޫންކަމަށް ބުނެ ގެއަށް ފޮނުވާލީމަ ކަމދާނެތަ؟
"ރާއްޖޭގެ ގުދުރަތީ ހަމަތަކަށާއި ވެށީގެ ހަމަތަކަށް ބަދަލުތައް އަންނަމުންދާ ކަމަށާއި ނަމަވެސް އެ ބަދަލުތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައި ހުއްޓާލެވެގެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ." ތިމާވެށީގެ ރަސްގެފާނު ހެދިގެން އުޅުނު މިހާޔައަށް މިވީކިހިނެއް.؟؟؟
އަވަހަށް އޮސްޓޮރޭލިޔާ އަށްދާން ދިވެހިންނަށް ފައިސާ ހަމަޖައްސާފަ ފޮނުވާލާ. ވެރިކަމަށް އައިސް ބުނީމެއްނު ދިވެހިރާއްޖެ އަޑިއަށްދަނީޔެ. އޮސްޓްރޭލިޔާ އަށް ހިޖުރަކުރަންވިއްޔޭ. އިންޑިއާ އަށް މިޤައުމު ދީ އަވަހަށް. މީކަމުދާ ޤައުމެއް ނޫންދޯ. ދެރައީ އަޑިޔައް ދާ ޤައުމަކަށް އައިސް ވެރިކާމާ ހެދި ބޫތުކައިގެން އުޅޭތީވެ.
ބަލަގަ ތިހެންޏާ އެރަށުގަ ތިބި މީހުން މާލެ ބަދަލުކޮށް އެމީހުންނަށް ފުލެޓް ގަޑެއް ދޭންވީ ނު.
މިހިރަ ފެންނަނީ ވިސްނާ ފިކުރު ކުރާ ބަޔަކަށް ހެކި ލާދީނީ ސެކިއުލަރ ވޯޓް ވަގު ސަރުކާރު އައި ފަހުން އާދަޔާ ޚިލާފް ކަންތައްތައް ވ ގިނަވެއްޖެ
ވަރަށް އަދަބުވެރިކަމާއެކު އާދޭ ހާ އެއްކޮށް މި ދައްނަވަނީ، ކުރާނެ ކަމެއް ކޮށްދެވޭނެ ކަމެއް ނޭގެންޏާ އަނގަ ނަވާ އިސްތިއުފާ ދީފަ ރައްކާވާން ވީނޫން މާއިބަދަ އަށާ ސިކުނޑިއަށް ބޭސްކުރަން، ރޯނުއެދުރު. ކުރާނެ ކަމާ ކޮށްދެވޭނެ ކަންތައް އިނގޭ ގަތު ހުރި މީ ހުން އެބަތިބި.
އޭނާއަކީ އެންމެ އައިލެންޑެއްގެ ޕްރެޒިޑެންޓެއްކަމަށްވަނީ. އެހެންވެ އެ ބުނަނީ އެހެން އައިލެންޑްތައް ހިމާޔަތްނުކުރެވޭނެ ވާހަކަ. އެކަމު ވޯޓް ހޯދަންވީމަ ހުރިހާ އައިލެންޑެއްވެސް މުހިއްމުވޭ.
ޜަށްގިރުމަކީ ޖަޒީރާ ވަންތަ ސިފައެއް! ޢެޖެންޑާ 19 ވަރަށް ސާފު! ޜަށްގިރިޔަސް ހިއްކާނެ ކަމެއްނެތް!މާހައުލަށް ގެއްލުން! ބަދިގެއާއި ގެއާއި ދޭތެރޭ ބާއްވާނީ ކަދުފައްޗެއް! ކޮންކްރީޓް ތަރައްގީއެއް ބޭނުމެއްނޫން! ތިލަފަތަށްވޯޓެއް!
ރާއްޖޭގައި ރަށްތަށް ގިރާތީ ކުރާކަމަކީ ރަށުވަށައި ތޮށިގަނޑުލަނީ! މިކަން ސަރުކާރަށް ނުކުރެވެންޏާ އިސްތިއުފާދީފަ ރަޖާއަޅައިގެން ގޭގަ އޮވެ! މިކަން ހައްލުކުރަން ރައީސް ޔާމީނަށް އެގިލައްވަނެ!
އެޖެންޑާބެ އެއްބަސްވީ ދޮތަ. ހަމަ ވަގުތުކޮޅެއްއައީ ކަންނޭގެ. އެންމެ ކުޑަމިނުން ﷲއަށް ދުޢާ ކުރަން ބުނެވޭނެ އޮތަ.
ސަރުކާރަކީ ނަޝީދުތަ
ކަލޭ ކޮންދިނީ ކޮނަކަމެއް. ލާދީނީ ކަންކަން ފިޔަވާ ކޮއްދިން އެއްވެސް ކަމެއް ނެތް.
ބަލަ ކޮށްދެވޭނެ ކަމެއް ނެތިއްޔާ ކީއްކުރަން މަށަށް ވާނޭ ކިޔާފަ ވެރިކަމަށް އަތްގަދަކޮށްގެން ތިޔަ އުޅެނީ ޖަޒީރާއޭ ލާމަރުކަޒީއޭ މިނިވަންކަމޭ ޙައްޤުތަކޭ ފޭއްޔޭ ކިޔާފަ ރައްޔިތުން ބޮލަށް ޗިޕުޖަހައިގެން ވެރިކަން ފޭރިގަނެގެން ޤައުމު ލޫޓުވާލަނީ 02 ރިސޯޓާ ލެޮްޓޮޕަކާ ލިބުނީމަ ޤައުމު ހިންގާލާނެކަމަށާއި ރައްޔިތުން މަސައްކަތެއް ނުކޮށް އުޅެވޭހާ ފައިސާ ސަރުކާރަށް ލިބޭކަމަށްބުނިމީހުން ދެވަނަ ފަހަރަށް ވެރިކަމަށް އައިސް ޤައުމު އަނދަވަޅަކަށް ވައްޓާލީ ޤައުމުގެ އިޤުތިޞާދު ފުނޑާލީ ރައްޔިތުން އަތާ އަނގަޔާ ދިމާނުވެ ކަނބޮޑުވެފަ 2019 ވަ ނައަހަރު ދައުލަތުގެ ބިޔަ ބޮޑު ބަޖެތެއް ފާސްކޮށް އެ ހުސްވެގެން އަނެއްކާ އަލުން ބަޖެޓު ފާސްކޮށްގެން އަހަރު ނިމިގެން ދިޔައިރު ކުރެވުނުކަމެއްނެތް ފައިސާއަށް ވީ ނުވީ ގޮތެއްނޭނގުނު އެކިރަށްރަށުގެ ފެނާ ނަރުދަމާގެ މަސައްކަތަށް ބަޖެޓުގައި ކަނޑައެޅި ފައިސާ ހުދުކާފޫރަށްވީ އެރަށްރަށުގަ ކުރެވުނުކަމެއްނެތް އަހަރު ނިމިގެން ދިޔައީ މީ ޑިމޮކްރެޓިކް ވެރިކަން ހިންގަން އެނގޭ ހަމަ އެކަނި އެމްޑީޕީއަށް ލިބުނީމަ ފެންނަ މަންޒަރަކީ
ނޫނޭ ރަށް ގިރާތީ ރަށުގަ އުޅޭ މީހުން އަތުން ޓެކްސް ނެގޭނެ އެއްނު
ކާލާއިގެން އޮވޭގޭގަ....
ބޭކާރު އަނގަ ނުތަޅާ އިސްތިއުފާ ދިނުމަށް ގޮވާލަން، އެއްވެސް ކަމެއް ވާ ސަރުކާރެއް ނޫން މީކީ..މުޅި ދައުލަތް ކައި ހުސް ކޮށްގެން އުޅޭ ބައެއް.