ރާއްޖޭގެ ދެ ވަޒީރަކާއި ނުގުޅުއްވިގެން އިނގިރޭސީ ވިލާތުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ކާރޮން ރޮހްސްލާ ޓްވިޓެއް ކުރައްވައިފިއެވެ.
އެގޮތުން އިނގިރޭސީ ސަފީރު ޓްވިޓާގައި ޓެގް ކުރައްވާފައިވަނީ މިނިސްޓަރު އަލީ ޒާހިރު އަދި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި އެވެ.
އިނގިރޭސި ސަފީރު ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވަނީ އެ ދެ ބޭފުޅުންނާއި ގުޅުއްވަން ވަރަށް މަސައްކަތް ކުރައްވާފައިވާ ކަމަށާއ އެހެން ނަމަވެސް އެކަމެއް ވެފައެއް ނުވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ގުޅުއްވުމަށްވެސް އޭނާ ވަނީ އެދިލައްވާފަައެވެ.
އަލީ ޒާހިރު އާއި ޝިދާތާ ޝަރީފު އާއި އިނގިރޭސި ސަފީރު ނުގުޅުއްވިގެން އުޅެނީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިނގިރޭސި ސަފީރަށް ދެ ވަޒީރަކާއި ބައްދަލުނުވެގެން ކުރެއްވެވި ޓްވީޓް ފަހުން ވަނީ ޑިލީޓް ކުރައްވާފައެވެ.
ކެރޮން އަކީ ރާއްޖޭގައި ޤާއިމްވެގެން ހުންނަ ގޮތަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ކަނޑައެޅުއްވި ސަފީރެވެ. ސަފީރު ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެކަމަނާ ވަނީ ވަރަށް ގިނަ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.
ކަމަނާ ހިނދުކޮޅުގަ ހުރެގެން ކުރި ޓުވީޓެއް ދޯ.
ރާއްޖެއައިސް ޑިޕްލޮމެޓިކް މަސައްކަތް ކުރަނީ ފޯނުންތަ.
އަޅުގަނޑުވެސް އެ ދެ މިނިސްޓަރުންނާ ގުޅާނުލެވިގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ. އަޅުގަނޑަކީ ރައްޔިތެއް. އަޅުގަނޑަށް އެދެބޭފުޅުންވެސް ޖަވާބުދާރީ ވާންޖެހޭ. ކަނބުލޭގެފާނަކީ ކާކުތޯ
އަވަހަށް ޓްވީޓްކޮށްލާ ޓެގްކޮށްލާފަ. އޭރުން ގުޅިދާނެ. ސަފީރުވެސް ޓްވީޓްކޮށްލީމަ ބޭނުންވާ ކަންތައްވީމަ އެ ޓްވީޓް ޑިލީޓްކޮށްލީ. ޓްވިޓަރުން ނުވާ ކަމެއް މިޒަމާނުގަ އެހެން ގޮތަކަށްނުވާނެ.
ކަމަނާ، ތިޔައީ މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވަޒީފާ ދެއްވާފައިވާ މީހެއްތޯ؟
ޢަލީ ޒާހިރުތޯ ޑޮކްޓަރ އަޙްމަދު ޒާހިރުތޯ!
ނަސީބެއްނު މިދެ މިނިސްޓަރުން ނުފެނިގެން މީނަ ބީ.ބީ.ބީ ސީއަށް ނޭންގިކަން.
ވަރިހަމަ އެންގިއަަސް.
މިއީ ކޮންކަމެއް ބަލާ ހޯދަން ހަމަޖައްސާފަ ހުރި މީހެއް. މީނައަށް މިއުޅެނީ ކޮންބާރެއް މިގައުމުގައި ލިބިގެންތަ؟