އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ބައްދަލުކޮށްފި އެވެ. އެ ބައްދަލުވުގައި އިދިކޮޅުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުންނެވުމާއި އަދި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު މީޑީއާއަށް މައުލޫމާތު ދެއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ މަސައްކަތުންނާއި އަދި ބޭރުގެ ފަރާރްތަކަށް ވެސް ރައީސް ޔާމީންއަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްކަން މިހާރު އެނގިފައިވާ ކަމަށެެވެ.

"ސަރުކާރުން އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ ރާއްޖޭގައި ހިނގާ ކަންތައްތައް ބޭރު ދުނިޔޭގެ ސަމާލުކަމަށް ނުގެނެވޭނެވަރުގެ ބައެކޭ ދެން ތިބީ، އެމްޑީޕީއާ ދޭތެރޭ މިއަދު ބޭރުގެ އިތުބާރެއް ނެތް." ސައީދު ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ރައީސް ޔާމީންއަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި އަދި އެމަނިކުފާނު މިނިވަންކުރަން ހުރިހާ ދޮރެއްގައި ވެސް ޓަކި ޖަހައި ނުފުރޮޅޭނެ ގަލެއް ނުބަހައްޓާނެ ކަމަށެވެ.

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ ބައިނަލްއަގުވާމީ ދުނިޔެއިން ތާއިދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންއަށް އިއްވި ހުކުމަކީ އެމަނިކުފާނަށް އަނިޔާ ދިނުމަށް އިއްވި ހުކުމެއްގެ ގޮތުގައި ސިފަ ކުރެއވި އެވެ.

ހަމަ އެހެންމެ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 200 އަށް ވުރެ ގިނަ މީހުން ޝާމިލުވާ ކަމަށް ތުހުމަތު ކުރެވިފައިވާ އިރު އެ މީހުންގެ ފަހަތުން ސަރުކާރުން ނޫޅެނީ ކީއްވެގެންތޯ ސުވާލުކުރި އެވެ،

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ގާނޫނީ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.

އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން މަތީ ކޯޓަކުން ރައީސް ޔާމީންގެ ހުކުމް ބާތިލްނުކޮށްފިނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް ޕީޕީއެމް އިން ތަކުރާރުކޮށް ބުނަމުން ދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަތްދޮޅި އާދަނު

    މީމީހުން މިމަސައްކަތްކުރަނީ ޖަމީލް އަޑީގަ ހުރެގެން ޔާމީންގެ އަގުވައްޓާލަން ކުރާކަމެއް، އިނގިރޭސި ސަފީރު ކައިރީވެސް މިމީހިން ބުނެލީ ޔާމީނުގެ ގޭގަ 15މިލިޔަން އަތުންގުނާލީމައޭ މައްސަލައަކީ، މާގިނައިން ފައިސާ ފައިސާގެ ވާހަކަދެއްކުމޭ، ހަލާލެއް ހަރާމެއް ނުބަލާށޭބުނިވާހަކަތަކޭ މައްސަލައަކީ

    17
    6
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      އޭތް!އޭތް! މަށޭ އެ ފައިސާބޮނޑި ގުނީ! އެކަމް އިނގިރޭސި ސަފީރުގާތަށް މަށެއް ނުގެންދިޔަ! އެމީހުން މިހާރު މަމުޅިން ބާކީކޮށްލާފި! އިންތިހާބު ކާރިވާވަރަކަށް މަގޮލާ ބާކީކޮށް ގުއި އަރުވާލީމަ ރޔ ކިހާ ކަޑަފުޅު ވާނެތަ!

  2. މަރީ

    އެންމެންގެ ކުރިމަތީގަ އެބުނާ މައުސޫމުކަން އަމިއްލަޔައް ނުދެއްކިގެން ގޮސް ފައިސާހިފި ކަން ސާބިތުވެ ޝަކެއްނެތް މިންވަރައް ފަޅާ އެރުމުންވެސް ކިޔަނީ ސިޔާސީ ހުކުމެކޯ

    15
    15
  3. ހާމިދު ޝާހިދު

    ތިއީ އިދިކޮޅު އެމްޑީޕީ އިން ކުރި ޒިޔާރަތެއްނަމަ ވަރަށް ފޯރި ހުންނާނެ. އިނގިރޭސިވިލާތާއި، އިންޑިއާ އަދި އެމެރިކާ ފަދަ ގައުމުތަކުން ޕީޕީއެމްގެ ފިކުރަށް ތާއީދު ނުކުރަނީ އެމީހުން ވަތޮނީވީމަ، އެމީހުން ސެކިއުލަރ ނުވީމަ، އެމީހުން ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި ކުޑަ ކަކޫނުޖަހާތީ! އެކަމަކަމަކު އުންމީދު ކުރެވެނީ، މިހާރު އިނގިރޭސި ވިލާތުގެ ވެސް މިސްރާބު ބަދަލުވާން އުޅޭހެން! މިހާރު އެމީހުން މިކަމުގައި ޕީޕީއެމް އާ އެއްކޮޅަށް ގޮތެއް ނިންމަފާނެ. އެހެނީ، އެމީހުންނަށްވެސް މިހާރު ގަބޫލު ކުރެވޭ، އިބްރާހިމް ސޯލިހުގެ ވެރިކަމަކީ، ހަމައެކަނި އިންޑިއާއަށް ބަރޯސާވެގެން އުޅޭ ވެރިކަމެއްކަން!

    12
    5
  4. އެކުވެރި

    ކޮބާތަ އަދުރޭ . . އޭނަ ނުލާދޯތި ދިޔައީ . . އޭނަވަރަށް އިނގިރޭސިއަށް ފަރިތަވާނެ. . . ވާނެ ކަމެއްހަރާން . . ދެންވެސް ކައެއްވިއްޔާވާނީ ކޮންމެސް ގަޒީއެއްކޮރޮޕްޓް ކޮއްލައިގެން

    4
    1
  5. އަލި ދީދީ

    ލާދީނީ؟

  6. ކާލާބިބީ

    އެއްގޮތަކަށްވެސް ތި ކާފަރުން ގެ ފޫބުޑަށް ވެއްޓޭނެ ކަމެއްނެތް. ސައީދުމެން ބޭނުންވަނީ ޔާމީނު ޖަލުގަ ބާއްވާލަން އިންތިޚާބު އަންނަންދެކަ.

    • ޢަބްދުއްލަޠީފު

      އެހެންތަ؟ ޔާމީނު ޖަލުގަ ބާއްވައިގެން ވާނެ ވަކި މޮޅެއް ނޯންނާނެކަން ވަރަށް ބޮޑަށް ހަނދާން ކޮށްދެން. މިވެސް ހަމަ އެކަހަލަ ޔާމީނެއް. އަހަރުމެން އެންމެންނަކީވެސް ޔާމީނުން. ހީކުރާގޮތްދޯ؟ އިބޫޗޯރު ހުރޭ ދެފަޔަށް ހިނިއަރައިގެން ތެޅޭ ކިނބުލެއްހެން. މިފަހަރު ނިކުމެ ހުރިހާ ވާހަކަ އެއް ކިޔާދޭނަން. އޮޅިގެން ވޯޓުލެވުނިއްޔޭ ހީކުރެވޭނެގޮތެއް ނުބާއްވާނަން އެގިދާނެތާ ހުރިވަރެއް.

  7. ހޮއްކޮ

    ކޮންބޭފުޅަކައްތޯ ކެރިވަޑައިގަންނަވާނީ ޖަމީލު ޔާމިނުއާއި ބެހޭގޮތުން ދެއްކިވާހަކަ ސަފީރައް އަޑު އިއްވާލަން

    3
    1
  8. ޓިނޭ

    ތިކަމުންވާނީ ފަލީހަތެއް. ޔ. ވައްކަންކުރާކަމަށް އެންމެގިނައިން ގޮވިމީހާ ބޮނޑިބަތް މިހާރު ކީކޭތިކިޔަނީ؟ އެހެރީ ބެންކްޓްރާންސް ސެކްސަންތައް. އަސްލު މިގްރޫޕްގަނޑް ބޭނުންވާނީ ޔ. ޖަލުގަ ބާއްވަން. ދެން ޕާޓީ ކުދިންކޮޅަށް ކޮންމެވެސް ވައްތަރެއް ދައްކާލަނީ. ހެހެހޭ! މަކަރު ހިޔަޅުތަކެއް.