އަދުލުވެރިކަމާއެކު ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ދިއުން މާ ރަނގަޅު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ޝެއިހް ޒައިދު ވިދާޅުވީ އަދުލުވެރިކަމާއެކު ހުކުމް ކުރުމަކީ ގާޒިއެއްގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. އަދި އެކަން ނުކުރެވޭ ނަމަ އިސްތިއުފާ ދީފައި ގެއަށް ވަޑައިގެންނެވުން ތިމާގެ އާހިރަތައްޓަކާ ހެޔޮކަން ބޮޑު ކަމަށް ޝެއިހް ވިދާޅުވެފައިވެއެވެ.

ޝެއިހު ޒައިދަކީ އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވާ ޝެއިހެކެވެ.

ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ކަމަށްވާ ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާމެދު ތަފާތު ތުހުމަތުތައް ކުރެވެމުން ދާއިރު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށް ވަނީ ޖަލަށްލާފައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއް ދަނީ ކުރަމުން ނެވެ.

އެގޮތުން އެ ބޭފުޅުންގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޙުކުމްކުރާނީ ލިބިހުރި ހެކިތަކަށާއި އިޢުތިރާފަށް ބަލައިގެން! ޙުކުމްޢަދުލުވެރިތޯ ނޫންތޯ ޤިޔާމަތްދުވަހުން އެނގިގެންދާނީ! ޝަރީޢަތް ހިނގާނީ ބޭރުފުށަށް! މިވަރުވެސް ޝައިޚަށް އެނގިނުލެއްވީތީ ހިތާމަކުރަން!

    • މުހައްމަދު

      ރިޝްވަތު ނަގަނީވެސް ބޭރު ފުށަށް ބަލަގެން އުތަ!

  2. 3ނިރު

    އަދުލުވެރިކަމާއެކު މައްސައެއް ނިންމުމަކީ އެމީހަކު ތާއީދުކުރާ ޕާޓީއާއެއްކޮޅަށް އެމައްސަލައެށް ނިންމުން ނޫނީޔަ ކުއްވެރިވާމީހަކާއެއްކޮޅަށް އެކަމެއް ނިންމުން ދޯ އެއީ އިންސާފަކީ

  3. ޢަފްލާ

    އިސްލާމީ ޝަރީއަތް ހިނގާނީ ބޭރު ފުޝުން އެއީ އެއްވެސް ހާލެއްގަ އެތެރެ ފުޝުނ ހިނގާ ކަމެއް ނޫން އިނިލް ޙުކުމް އިއްލާ ލިއްލާހި މިކަލިލިމައިގެ މާނަ އެނގޭ ކޮނމެ މީހަކުވެސް ހުކުމް ކުރުމުގައި ައެކަލާގެއަށް ބިރުވެތި ވާނެ

  4. ނަނާ

    މީ އެބުނަ ފަހުޒަމާނުގެ ދަންނަ ނުދަންނަ ޖާހިލުންގިނަވީމަ ވާގޮތް ނަސީދަކީ ސީދާ އިސްލާމްދީނާ މިގައުމު ފަސާދަ ކޮށް ލާދީނީ ހުޅގުގެ އިސަތިއުމަރުގެ މީހެއްކަން އިނގޭ އިރުވެސް ޕާޓިޢަށްޓަކަ ދީން ގުރުބާން.ކުރާ ސޭހެއްތީ އެއްވެސް އިޚްލަސް ތެރިކަމެއްނެއް ޕާޓީ ގެ ފިކުރުގަ ދީނީ ފަތުވާދޭ މީހެއްތީ