ސިނަމާލެ ބްރިޖް އެޅުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލް މައުލޫމާތުތަކާއި ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ނަގާފައިވާ ވަރަށް ގިނަ ތަފާތު ފޮޓޯތައް ހިމެނޭ ފޮތެއް ނެރެން ތައްޔާރުވެއްޖެއެވެ.
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް - ހުވަފެނަކުން ހަޤީޤަތަކަށް" ނަމުގައި މި ފޮތް ލިޔުއްވާފައި ވަނީ އިސްމާއިލް އަބްދުﷲ، ހަސަން ހަމީދު އަދި އަހްމަދު ޝިޔާމްއެވެ.
މިފޮތް ނެރުމަށް ހަމަޖެހިފައި ވަނީ މިރޭ ދިވެހިރާއްޖޭގެ އަޑުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން އަދި ޗައިނާ ބަހުން ވެސް ބައެއް މައުލޫމާތުތައް މި ފޮތުގަައި ހިމަނާފައި ވެއެވެ.
"މިފޮތުގައި ހިމެނެނީ ފާލަމާ ބެހޭ ތަފާތު ހިޔާލުތައް ކުރެވުނު ދުވަސްތަކާއި އެކަމަށް ޒަރޫރަތު މަޖުބޫރު ކުރުވި ގޮތެވެ. ދެން އެންމެ ފަހުން ފާލަން ހަޤީޤަތަކަށް ވެގެން އައި ގޮތެވެ. ފާލަމުގެ އެކި ބައިތައް ބިނާކުރި ގޮތެވެ." ފޮތުގައި ލިޔެފައި ވެއެވެ.
ފޮތުގެ ތަޢާރަފްގައި ބުނެފައިވާ ގޮތުގައި މިފޮތުގައި އިސްކަމެއް ދީފައި ވާނީ ފޮޓޯއިން ފާލަން ހެދިގޮތް އަންނަން އޮތް ޖީލުތަކަށް އޮޅުން ފިލާނެ ގޮތަށް ކިޔައިދިނުމަށެވެ.
މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ ބްރިޖްގެ ޕްލޭންތަކާއި ބެހޭ ކުރެހުންތައް ވެސް މި ފޮތުގައި ހިމަނާފައި ވެއެވެ.
ދިރާސާކުރާ ފަރާތްތަކާއި، މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް މި ފޮތުގައި ހިމަނާފައި ވެއެވެ. އަދި ސިނަމާލެ ބްރިޖުގެ މައުލޫމާތުތަކަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށް ވެސް މި ފޮތް ވެގެން ދާނީ ކިޔާލަން ވަރަށް ރަނގަޅު ފޮތަކަށެވެ.
މިފޮތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ.
ތިފޮތް ނެރުނީމަ އެގި ހާމަވެގެންދާނެ ތިބުރިޖު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރީ އަންނި ކިޔާ މީހަކާއި އިބޫ ކިޔާ މީހެއްކަން
ގުޑް ޖޮބް
ގުޑް ޖޮބް ބުރޯސް
ބޭނުންތެރި ފޮތެއް މިފަހަރު ތި ރީންދޫ ބައިގަނޑައް މީހުންކަންތައްކުރާގޮތް އެނގޭނެ ދޮޅުއަނހަރުވާއިރުވެސް މިއުޅެނީ ޤައުމަށާރައްޔިތުންނައްފައިދާއެއްވާކަހަލަކަމެއްނުކުރެވިގެން ހައްތާވެސް ދައްކަނީ ވެވައްވެއްޓުނުގެރިނަގާނެގޮތުގެވާހަކަ ޢަމަލީމަސައްކަތެއްނުފެށޭ
ރައީސް ޔާމީންގެ ދުރުވިސްނުން. ޝުކުރިއްޔާ
ތީހައްތާފޭކު ކައުންސިލް އިނތިޚާބާއި ދިމާކޮށް ޖައްސާ ސްޓެންޓު.