ދިވެހިރާއްޖޭގައި ނިރުބުވެރި (ޓެރަރިސްޓް) ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފިއެވެ.
އިނގިރޭސިވިލާތުން މިއިންޒާރު ދީފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗައިނާ ދެމީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި މިރޭ އާއްމުކޮށްފައިވާ ޓްރެވަލް އެޑްވައިޒަރީގައި ވަނީ ހުޅުމާލޭގައި ދިން ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ގްރޫޕަކުން ނަގާފައިވަކަން ފާހަގަ ކޮށްފައެވެ.
"ނިރުބުވެރިން އިތުރު ހަމަލާތަކެއް ރާއްޖޭގައި ދިނުމުގެ ފުރުސަތު އެބައޮތެވެ." ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.
2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި އޮތް ނަމަވެސް މާލޭގައި މުޒާހަރައެއް ކުރިއަށްދާނަމަ އެފަދަ ސަރަހައްދުތަކަށް ނުދިއުމަށް ޓްރެވަލް އެޑްވައިޒަރީގައި އެދިފައި ވެއެވެ.
އަދި މަގުމަތީގައި ހިނގާ ފޭރުމާއި ވައްކަން ކުރުން ފަދަ ކުށްތަކަށް ސަމާލުވުމަށް ވެސް އެޑްވައިޒަރީގައި އެދިފައި ވެއެވެ.
ހުޅުމާލޭގައި ދިން ހަމަލާ އާއި ގުޅިގެން އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނު އިރު އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.
ހުޅުމާލޭގައި ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހަމީހަކު ހައްޔަރު ކޮށްފައި ވާއިރު އެހަމަލާ އަކީ ހަރުކަށި ފިކުރުގެ ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަކަށް ވެދާނެ ކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ.
މިހަމަލާގެ ޒިންމާ އުފުލައި ބަޔަކު ވަނީ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ. ވީޑިއޯ އާއްމުކޮށްފައި ވަނީ އައިއެސް ޖަމާޢާތައް ތާއިދު ކުރާ ޓެލެގްރާމް ގްރޫޕެއްގައެވެ.
ރާއްޖޭގެ އަމަން އަމާންކަންވެސް ނުބެލެހެއްޓުނުދޯ މިސަރުކާރަކުން؟
ނަސީދަށް ރާކަނި ކެވިއްޖެއެއްނު މަޖިލިސް ދަވާހެން. ތިޔަސަރުކާރު އޮތްހާދުވަހަކު ހަމަލާތައް ވާނީގިނަ. ސަބަބަކީ ލާދީނީކަންކަމަށް އިސްލާމީ މުޖުތަމަޢުގެ އެންމެން އާންބަސް ނުބުނާނެތީ. ދީނަށްޓަކައި މަރުވާން ފަސްނުޖެހޭނެ އެތައްހާސްބަޔަކު ތިބޭނެ. 6 މީހުން ބަންދުކުރާއިރަށް 10 މީހުން ނިކުންނާނެ. ހައްލަކީ ލާދީނީ ފިކުރު ނައްތާލުން. ޢޭރުން ހަރުކައްޓެއްނުވާނެ.
އެވަރު ގަޓެއް ނުހުނާނެ މިއުޅޭ ކުދިން ގަޔަކު. ރާއްޖެއިން ބޭރުގަވެސް ތިބައިގަޑު އުޅެނީ އެހެން ބައެއްގެ ފައްތާހުން.
މީ ގަރުނުގެބޮޑުޖޯކުތަ!
އިގިރޭސިަންނައް އެގައުމުގަ ކަނކަންނުބެލެހެޓިގެން އެނުޅެނީ އެކަމު ރާއްޖޭގަ ވާނެކަންތައްވެސް އެބައެގޭ. އެގައުމުގަ އަބަދު އެނޮނަނަނީ މީހަކައަ ހަމަދީފަ ނޫނީ އެޗެއްގޮވާފަ. މީހުސް ނަޝީދުގެ ރޭވުން.
ކޮން ސަރުކާރެއްގައިތަ އަމާންކަމެއް އޮތީ؟
އެއީ ދިވެހި ބައެއް ނޫން. އެއީ އިޒްރޭލް މީހުން. ދިވެހިބަހުން ވާހަކަ ދައްކަން އެނގިދާނެތާ އިޒްރޭލަކަސް އެމެރިކާއަކަސް އިންޑިއާއަކަސް.
ކަންކަން ބޮއްސުން ދުއްވާލީމާ ވާނެހާގޮތެއް މިހާރު މިވަނީ. މީހުންތަކެއް މަރާ މަގުފޭރޭމީހުންގިނަވެ ވައްކަންކުރުނަ ޢާންމުވީ ސިޔާސީ ފިކުރުގެ ތެރެއިން މިނުރައްކާރެތިންނަށް އަޅާލުމެއްނެރި ހިމާޔައްދީ ހެދުމުން. މިއަދުވެސް ޤައުމުއޮތީ މިހާލަތުގައި. ފުލުހުނެގެ ތަޙްޤީޤަކީ ކަމުދާއެއްޗެސްނޫން. ފައިސާ ދީފީވިއްޔާ ހާކިމުންގެދުލުން ބޭރުވާ ބަސްތަކަކީ މުޖުރިމުންނަށް ލިބޭ ހިއްވަރެއް. ޤައުމުގެ ހަލާކަކީ އަދުލުވެރިކަމެއް ނެތުން. ޢިންސާފު ނުލިބުން.
ރާއްޖެ ކޮމަންވެލްތާއި ގުޅުނީ އިހައްދުވަހު. މިގޭމް ބޮޑަށް ވައްތަރީ ރާއްޖެއިން އިސްލާމްދީން ނައްޓާލައި ރާއްޖޭގައި ލާދިނިއްޔާތު ކުރިއަރުވަން ކުރާ ކަންތައްގަނޑަކާއި. މިއީ ސީދާ ކެނެރީގޭ ފަހަތުގައި އިދެގެން ކުރާކަމެއް. ތިންބާރުވެސް މިހާރު އަތުލެވިއްޖެ. ދެންވީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި މުސްލިމުން ކުއްވެރިކުރުން. ބިކިނީ މައްސަލާގައިވެސް ކުއްވެރިވީ މުސްލިމް ދިވެހި ރައްޔިތުން. ޓެރަރިސްޓް އަމަލުތައް އެހިންގީ ސީދާ އބައިގަނޑުގެ ދީންވިކިފައިވާ ބައެއް. އެކަމަކު ކުއްވެރިވަނީ މުސްލިމުން. ދީންވިކިފައޭ މިކިޔަނީ މިހާރުގެ އިސްލާމިކް މިނިސްޓަރާއި ހޯމްމިނިސްޓަރާއި އިސްތިއުފާދިން ޖެންޑަރ މިނިސްޓަރ އުޅުއްވާގޮތަށް އުޅޭ އަދާލަތު ބައިގަނޑު.