މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދަން ކޯސްޓްގާޑުން ބަލަމުން އަންނަ ސަރަހައްދުން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައް ނަގާފައިވާކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ހެކި ހޯދުމުުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޒްމިއާ ވިދާޅުވީ އެމްއެންޑީއެފުން އެ ސަރަހައްދުގެ ކަނޑު އަޑިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމާއި އެއީ ދަވާދާއި ތެރަހެއް ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކަނޑު އަޑިން ފެނުނު ތަކެއްޗާއި އެ ދޯނިން ގެއްލުނު އުމުރުން 37 އަހަރުގެ ދިވެހި ކައްޕިއާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށާއި ފުލުހުން ބެލި ބެލުމުން އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.

އެގޮތުން ދޯނީގައި ތިބި މީހުންނާ ސުވާލުކޮށް ބަޔާންތައް ނެގިފައިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޫނު ޚަބަރު

    އެއީ ވަޅިއެއްވެސް ނޫން. އަދި ދެން އޮތީ ތުވާއްޔެއްވެސް ނޫން.

    25
  2. ފ މީހާ

    ކަނޑުއަޑިން ދަބަރު ޖަހާފަ އޮތް ވަޅިއެއް ނަގާފަ ލެޔޯ. ފުލުހުންގެ ގާބިލުކަން ނެތް ވަރު މިފެންނަނީ.

    22
    1
    • ތަކުރުފާނު

      ދަބަރު ޖަހާފަޔޯ?

      17
  3. މާސާ

    އޭރުވެސް އަހަރުމެނަށް އިނގޭ އެއީ ލެއެއް ނޫންކަން.

    12
  4. ބޮޑު ހަސަންބެ

    ބަލަ ކުރިންވެސް އެނގޭ އެއީ އެއީ ތަންކޮޅެއް ކުރިން މޫދުގަ އޮވެ ދަބަރު ޖަހާފަކަން. ސީރިއަސްލީ ދިވެހި ފުލުހުންގެ އައި.ކިއު. ވަރަށް ވީކް. ސީ އައިޑީ ބަލާބަލަ ދިވެހި ފުލހުން އޭރަށް ކޮންމެވެސް ވަރަކަށް ރޯ ފިލާފާނެ.

  5. ޖިންނި

    އެހެންތޯ އަނެއްކާ ގޮމަކަސތޫރިއެއް ނޫންތަ އުނގުޅިފަ ހުރީކީ

  6. ހުތްއަލިދީދީ

    ކްރައިމް ޕެޓްރޯލްގެ ފުލުހުންނަށް ވަސް ބަލާލާފަ އިނގޭ އެއީ ލޭ ކަން، ދިވެހި ފުލުހުންނަށް ނޭނގޭ ލޭ ދަބަރު ގުއި ވަކި ކުރާކަށް ތިވަރުން ދަންޏާ ހިއެއްނުވޭ ކަމެއް ވާނެހެން