ޖެނުއަރީ 26 ފެށިގެން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮއްފައިވާ ވަރު އިތުރުވެފައި ވުމާއި ގުޅިގެން ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އަރިދަފުސް ރޯގާ އަކީ ތަފާތު ވައިރަސް ތަކުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާގެ އަސަރު ނޭފަތުގެ އިތުރުން، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ކަންފަތް، އަދި ވައިނޮޅި އާއި، ވައިނޮޅީގެ ކަފި އަށް ވެސް ކުރެއެވެ.
އަރިދަފުސް ރޯގާ ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ނުވަތަ ބުރައިގެންދާ ކުޅު ތިކި ފަދަ ތަކެތި ސަލާމަތުންހުރި މީހާގެ ނޭފަތަށް ނުވަތަ ލޮލަށް ވާޞިލްވުމުންނާއި، އަދި ޖަރާސީމް ތަތްލާފައި ނުވަތަ ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު ނޭފަތަށް، އަނގަޔަށް ނުވަތަ ލޮލަށް އަތްލުމުން ހަށިގަނޑަށް https://twitter.com/HPA_MV/status/1226432808991649792?s=20ވައިރަސް ވާޞިލްވުމުންނެވެ.
ޖެނިއަރީ 26އިން ފެށިގެން އަރިދަފުސް ރޯގާ 🦠ރިޕޯޓްކުރެވިފައިވާ ވަރު ވަނީ އިތުރު ވެފާ, ވީމާ މިދުވަސްވަރު:
✅ގިނަގިނައިން 🧼 ލައިގެން 🖐🏽 ދޮވުން އިތުރު ކުރައްވާ 💦 pic.twitter.com/ktfTRiCtMT
— Health Protection Agency (@HPA_MV) February 9, 2020
މިދުވަސް ކޮޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ކޮރޯނާ ވައިރަސްވެސް ފެތުރެމުން އަންނަ ދުވަސްކޮޅެެކެވެ. އަދި ރާއްޖޭގައި ހިމިބިހިވެސް ދަނީ ފެތުރެމުންނެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރު ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމެވެ. އެގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރައްވުމާއި ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލާލުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ. އަދި ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަކީވެސް ގައިން ގަޔަށް އަރާ ބައްޔެކެވެ.
ރާއްޖޭގައި ކޮރޯނާ ވަރިރަހަށް ޝައްކުކުރެވިގެން ބަޔަކުވަނީ ކަރަންޓީނުކޮށް ޓެސްޓް ހަދާފައެވެ. އަދި މިހާތަނަށް ކޮރޯނާ ވައިރަހަށް ރާއްޖެއިން މީހަކު ޕޮޒުޓިވް ވެފައެއްނުވެއެވެ.
ކޮރޯނާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ނޭވާލާން ބައެއް ފަހަރު އުނދަގޫވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ކޮރޯނާވައިރަސް އަކީ ގައިން ގަޔަށް އަރާ އެހެން ބަލިތަކަށް ވުރެ އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުން އުނދަވޫ ނުވަތަ ލަހުން އަރާ ވައިރަސްއެކެވެ.
ވާހަކަ ދެއްކުން