އިތުރު މީހަކު ހިމަ ބިއްސަށް ޕޮސިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ހިމަ ބިއްސަށް ޓެސްޓު ކުރެވުނު 8 މީހުންގެ ތެރެއިން އެކަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި އަނެއްކާވެސް ހިމަބިހި ފެތުރެން ފަށާފައި ވާއިރު އެންމެ ފަހުން މި ބައްޔަށް މީހަކު ޕޮސިޓިވް ވެފައި ވަނީ މީގެ 3 ދުވަސް ކުރިންނެވެ.

އަދި މިއަދު ޕޮސިޓިވް ވި މީހާ އާއި އެކު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4ށް އަރާފައެވެ.

އެޗްޕީއޭ އިން ހިމަ ބިއްސަށް ހިލޭ ވެކްސިން ޖަހައިދެމުން ގެންދާއިރު، އެ ފަރާތުން ވަނީ ވެކްސިން ނުޖަހައި ތިބި ފަރާތްތަކުން ވީހައިވެސް އަވަހަކަށް ވެސްކިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜަސީދު

    ޙުސް ޑްރާމާ

  2. ޢަންސާރު

    ފާހިޝް އަމަލުތަކުގެ ސަބަބުން އާންމުވެގެންވާ އުގޫބާތް.ޔާ ﷲ އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.

    10
  3. Anonymous

    ޞިއްޙީ ނިޒާމްވެސް ދޯ
    އިސްތިއުފާދެއްވާ

  4. އަޙްމަދް

    އެޗްޕީއޭ އިން ހިމަ ބިއްސަށް ހިލޭ ވެކްސިން ޖަހައިދެމުން ގެންދާއިރު، އެ ފަރާތުން ވަނީ ވެކްސިން ނުޖަހައި ތިބި ފަރާތްތަކުން ވީހައިވެސް އަވަހަކަށް ވެސްކިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.
    ------------------------
    އިލްތިމާސަކުން ފުދޭތޯ؟
    ކޯޓް އަމުރިކައިއެކު ނުވަތަ ފުލުހުން ގޮވައިގެން ވިއަސް ގޭގޭގެއަށްގޮސް މީހުންގެ ގަޔައް ތި ވެކްސިންތަށް ޖަހަންވީޫންތޯ؟

    10
    2
    • ާާާޢަލީ

      ވެކްސިން ޖަހާދެނި ހަމައެކަނި 18 އަހަރުން ދަށުގެ ކުދިންނަށް ދަމަނަވެށިން އަންގަނީ..ދެން ކިހިނެއްބާ ނު ޖަހާ ތިބިމީހުން ޖަހާށޭ ގޮވިޔަސް ޖަހަނީ..ވެކްސިން ގަންނާކަށް ނުލިބެ ތިކަމާ ވަރަށް އުޅެފިން މިދިޔަހަފުތާގަ...ޑޮކްޓަރު ބޭސްސިޓީގަލިޔެފަ ދިނީމަވެސް ޖަހައެއްނުދިން..ބަހާއަމަލާ ދިމާނުވަންޏާ ކިހިނެއް މިކަން ކުރަނީ...