ގދ.މަޑަވެލީގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ލޭބަރ ކޮންޓްރެކްޓް މޮޑެލްފެ ދަށުން 14.9 މިލިއަން ރުފިޔާއަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ގދ.މަޑަވެލީގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓަރަކްޝަނާއި އެ މިނިސްޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ސޮއި ކުރެއްވިއިރު، ކޮންޓްރެކްޓަރ ގެ ފަރާތުން ސޮއި ކުރެއްވީ އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.
ގދ.މަޑަވެލީގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދިނުމަށް އެސްޓީއޯ އާއި ހަވާލުކޮށްފައިވާއިރު، 14995735.20 (ސާދަ މިލިއަން ނުވަސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ ވިހިލާރި) އަށް ނަރުދަމާގެ އަމަލީ މަސައްކަތް 12 މަސް ދުވަހުން ނިންމުމަށް ހަމަޖެހިފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން އިންނެވެ.
"ރައީސް ޔާމީންގެ ރިޔާސަތުގައި 21 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިމި 44 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރެވެމުންދޭ، މިއަދު އެއްބަސްވުމުގައި ސޮއި ކުރެވުނު މަސައްކަތަކީ މިއަށް އިތުރު ކުރެވުނު ބޮޅެއް" ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
މަޑަވެލީގެ ނަރުދަމާގެ މަސައްކަތް މިއަދު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު މަސައްކަތްތައް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ކޮންޓްރެކްޓަރު ރަށަށް މަސައްކަތް ފެށުމަށް ދިއުމުން އެ ރަށެއްގެ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
ހެޔޮނިޔަތުގަ ކުރާކަމައްވާނަމަ އެއްބާރުލުންލިބޭނެ