ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް މިއަދު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ހުދު ސަމާލު ނެރުނީ މިއަދު އެކަކުން ފެށިގެން ފަހަކާ ދެމެދަށެވެ.
ރާއްޖޭގެ ބައެއް ރަށްރަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރިއިރު، އުދަ އަރައިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ނ. ހޮޅުދުއަށެވެ. އެ ރަށުގެ ބައެއް ގޭގެއަށް ލޮނުގަނޑު ވަދެ، ހިފާ ގެންގުޅޭ ބައެއް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
މީގެއިތުރުން ބ. ކުޑަރިކިއްޔަށް އުދައިގެ އަސަރުކޮށް އެ ރަށުގެ ބޮޑު ސަރަހައްދެއް ވެސް ގިރިއެވެ.
އިރުވައި މޫސުމުގައި ބައެއް ރަށްރަށަށް އާދަޔާ ހިލާފަށް އުދަ އަރައި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެހެންވެ، އެންވަޔަރަމަންޓް މިނިސްޓްރީން ދަނީ އެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.
މިއީ އަނެއްކާ އަނެއްކަންތައް. މިހާރުވެސް ބައެއްރަށްރަށުގައި ލޮނުގަނޑު ހުރީ ކަކުލުން މަތީގައި. މިމީހުން އަދިވެސް ލަފާކުރުމުގައި.
ކުޑަރިކިއްޔަށޭ ނުކިޔޭނެ. ރަނގަޅު ގޮތަކީ ކުޑަރިކިލަށް