ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅިޔަސް އެކަން ވިޔަ ނުދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲ ގެ ރަހުމަތްފުޅާއެކު "އަހަރުމެން" ދިރި ތިއްބާ އެ ކަންތައް މި ގައުމުގައި ވިޔަކަ ނުދެއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 9 އަދި 10 ވަނަ މާއްދާ ހިމާޔަތްކުރުމަށްޓަކާ ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށް ހުންނެވި ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އީޔޫއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އީޔޫއިން މިގޮތައް ހުށަހަޅާފައިވާއިރު ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ގަރާރުގައިވެސް ވަނީ ރާއްޖޭގައި ދީނީ މިނިވަކަން ނެތްކަން ފާހަގަ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދުސުލައިމާނު

    އެވެސް ތިވެސް ގޯސްމީހުން ހަމަ

  2. ޖޭމްޖޭމް

    ކޯއްޗެއްތޭ ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހަޅައިފިއޭ. އެހެންތޭ. ނުވާނެ ތިކަމެއް ތިޔާ ކަން ހަނދާން ނައްތާލާ ދޮނޭ މެންނޭ. ހޭއް ހޭއް. ހަމަ މިހާރު ތިޔާ ހުށައެޅުން އަނބުރާ ގެންގޮސް މާފަށް އެދެންވީއޭ އިނގޭތޭ. ވަން ޓޫ ތްރީ. ތަމެންނަށް އިނގޭތޭ މަމެން މިބުނި އެއްޗެއް. ޖޭމް ޖޭމް ތަމެންނަށް އިނގޭތޭ މަމެން މިބުނި އެއްޗެއް ޖޭމް ޖޭމް. ޖޭމް ޖޭމް. އިސްލާމް ދީން ނޫން ދީނެއް ދިވެހިރާއްޖޭގައި ނޯންނާނެއޭ އެކަން ތަމެން ދަނެގަންނާށޭ ޖޭމް ޖޭމް. މިއޮތް އަންނަނީ އޭ އީޔޫ ގެ ދޮނޭ މެން މަމެން ގާތަށް ލާދީނި ހުށައެޅުން ހުށައަޅަންއޭ ނުވާނެއޭ ތިޔާ ކަމެއް ދޮނޭ ޖޭމް ޖޭމް ބިންގޯ ބިންގޯ ޖިންގޯ ޖިންގޯ ޖިންގޯ ދޮނޭ މެން މަހަށް މަހަށް މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ. ޖޭމް ޖޭމް..

  3. ހަމަ

    ނިހާން މެން ކުރާ ކަންތައް ވަކި ރަގަޅުބާ

    • ކެޗަޕް

      ދީން ދޫކޮށްލުމަށްވުރެ ރަނގަޅު. އަދި އެވާހަކަ ނުދެއްކޭ ވަރުގެ ކަމެއްވެސް ނޫން އެކުރަނީ؟