އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް އެންމެ ފައިދާ ހުރިގޮތައް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އިން މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ސަރުކާރުން ނިންމުމުން ޖިނާޢީ ތަޙްޤީޤަށް ފަށާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމާފައި ވަނިކޮށް މިރޭ ކުރި ޓްވީޓެއްގައެވެ.
އޭސީސީގެ ޓްވީޓް ރީޓްވީޓް ކުރަމުން އެމްއޭސީއެލް އިން ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ކޮންމެ އިދާރާއަކުން ކުރިއަށް ގެންދާ ތަޙްޤީޤަކަށް ވެސް މަރުޙަބާ ކިޔާކަމަށާއި އަދި ހުރިހާ އިދާރާތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ސީޕްލޭން ޓާމިނަލްގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ވެސް އެމްއޭސީއެލް އިން ގޮވަލާފައި ވެއެވެ. އެއީ އާރަންވޭ އަވަހަށް ހުޅުވުމަށާއި އެއާލައިންތަކުގެ ޚަރަދުތައް ކުޑަކުރަން ކަމަށް އެމްއޭސީއެލް އިން ވިދާޅުވިއެވެ.
އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭސީސީ އިން މިއަދު ވަނީ ވިދާޅުވެފައެވެ.
އޭސީސީން ނެރުނު ބަޔާނުގައި ވިދާޅުވީ މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭސީސީން ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަގާ އަޅާ ކިޔާ އިރު، އެމްއޭސީއެލް އިން އަކަ މީޓަރަކަށް 10 ޑޮލަރުގެ ރޭޓުން ކުއްޔަށް ދީފައިވާ ނަމަ، އަހަރަކު 55 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި އެންމެ ކުޑަ އަގުގެ ރޭޓު އަޅާ ކިޔާ އިރު، 29 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.
ވާވާ ވާވާ ބަޔަކު ކޮއްފަ ހުރިކަމެއް ގެރި މޯދީއަށް ދީ ފަ ކީކޭ ވީދެނީ
ޤައުމައް އެންމެ ބޮޑައް ފައިދާވާނީ ޕުރެޖެކްޓުތައް ބައިމީހުނައް ދީފަ އަދި ބޮޑުއަދަދުތަކުން ބަދަލުވެސްދިނީމަދޯ؟
ޢެގްރީމެންޓުގެ މުއްދަތުހަމަވެފައިވާ ޓާރމިނަލެއް ހުސްނުކޮށްގެން އާ ރަންވޭ ނުހުޅުވެންޏާމުން މީ ގައުމެއްތަ؟ ލަދުން ބޯހަލާކު!
ކޮލިމުހަންމަދު މަނިކު / ޗަންޕާ ބޯޑުގަތިބެނީ، ޓީ އެމް އޭ ގެ ހިއްސާ އޮންނަމީހަކީ އަފީފު ، ކޮލިގެ ކުއްޖެއްގެއެއާލައިނެއް މަންތާ އެއާ އަކީ ؛ ދެން ކިހާވަރަކުން ދަވާލާނީ ........
ޤައުމަށް އެންމެ ގައްދާރުވާ މިހާ ތިހެން ގޮވާނެވެ. އެމްއޭސީއެލް މިނިވަން ކަމެއް ނެތް. ހިންގަން އޮތް ބޯޑަކީ ޤައުމަށް ވުރެ ބޮޑަށް ވިޔަފާރި ވެރިން ކޮޅެއް ބުނާހާ ގޮތެއް ހަދަން ވިޔަފާރިވެރިންގެ ނުފޫޒުން އިންސްޓޯލް ކޮއްފައި ހުރި މެންބަރުންތަކެކެވެ. އިބޫގެ މި ވެރިކަމުގައި ޤައުމުގެ ބައިތުލް މާލު ލޫޓުވުމާއި ލާދީނީ މީހުން ހިމާޔަތް ކުރުން ނޫން އެހެން ކަމެއް ނެތެވެ.
ތިމާކުރިންވެސް އެނގޭ ކަމެއް، ކޮލިގެ ކުންފުންޏެއް މަންތާ އެއާ އަކީ، ޓީއެމްއޭގެ ހިއްސާދާރުން ޗަންޕާ އާއި އުއްޗުައާ ދެމީހުން، އެމްއޭސީއެލް ބޯޑުގަ ހިމެނޭމެންބަރުންގެ ތެރޭ ހިމެނޭ މީހުންގެ ހިމެނޭ ، ޗަންޕާ އާއި ކޮލިގެ މުހަންމަދުމަނިކު ، ދެންކޯޗަކަށްވާނެ މީތ، ހުރިހާމީހުން 0 ޓޮލަރުންސުގަ !!!!
ގައުމޭ! ބަޔަކުއަރާ ރޯމާދުވާލު ރައްޔަތުންގެ ކުރިމަތީ ގައުމުރޭޕުކޮށް ހަފާކަމުން މުގުރަމުން ދިބާޖާކުރަމުން ނޫމަޑިޖައްސަމުން ދާއިރުވެސް ގައުމޯ. ތިކިޔާ ގައުމަށް ކަލޭމެން ހަދާލާއެތިވެސް ރައްޔަތުން މިފަހަރު ދެކޭނެ. އިންސާނެއްގެ ނަމެއްޖަހާލަން ނުކެރިގެން ތަނުގެ އޮނިގަނޑުން ބަޔާން ނެރުނީމަ ރޭވުންތެރިކަން ވިސްނޭނެ.
ހާދަބޮޑު ތެދުފުޅެކޭ ތިވިދާޅުވީ އެކަމަކު ސުރުހީ ކަމަކުނުދޭ ސުރުހީ ގަ އޮންނަންވީ މިކަމާ ގުޅުން ހުރި ހުރިހާ ފަރާތެއް ގެ ޖީބުތައް ބޮޑުވާ ގޮތަށޭ ކަންތައްކުރަމުން މި ގެންދަނީ ކިހާބޮޑުމުސީބާތެއްމީ މި ގައުމައް ޖެހިފައޮތް މުޅި ރާއްޖެ ކައިހުސްކޮއްފި ރައްޔިތުން ހަނާވަނީ އާންމު ރައްޔިތުން ގެ ވިޔަފާރިތައް ބަނ ގުރޫޓްވެއްޖެ އަނ ގަޔާއަތާ ދިމާނުވެފަ ރައްޔިތުން މިތިބީ މި މީހުން ގެ އެކައުންޓްތަކާ ޖީބުތައް ފުރާ ނިމިއްޖެ އަދިވެސް ދެންހުރި އެތިކޮޅުވެސް ކެވޭތޯ މިއުޅެނީ
އެމްއޭސީއެލް ބޯޑުމެންބަރުންވަގުތުންއަސްތިއުފާދޭންޖެހޭ. ތީ އަސްލު ޤައްދާރުންނަކީ ؟ކޮބައިތޯ ވަލިއްޔުލްއަމްރު ދިވެހިގައުމުގެބޮޑުގޭޓުލޫޓުވާލާއިރުމަނިކުފާނު ބަދަލުދޭންތޯތައްޔާރުވަނީ ލިބޭރުފިޔާމަދުވެގެންބޯޑުމެންބަރުންގެ ގޮތުގަވެސް މަހުޖަނުން
އެމްއޭސީއެލް ބޯޑުމެންބަރުންވަގުތުންއިސްތިއުފާދޭންޖެހޭ. ތީ އަސްލު ޤައްދާރުންނަކީ ؟ކޮބައިތޯ ވަލިއްޔުލްއަމްރު ދިވެހިގައުމުގެބޮޑުގޭޓުލޫޓުވާލާއިރުމަނިކުފާނު ބަދަލުދޭންތޯތައްޔާރުވަނީ ލިބޭރުފިޔާމަދުވެގެންބޯޑުމެންބަރުންގެ ގޮތުގަވެސް މަހުޖަނުން
ކަލޯގެއާ . ދައުލަތަށް ގެއްލުންވެޔެކޭ މީހަކު ނުބުނޭ. ހަދާގޮތަކީ ކުންފުނީގެ ފައިސާގަންޑު ކައިފައި އަދި ކޭތަނުން އެތިކޮޅެއް ކުންފުންޏަށް ދެނީއޭ އެބުނަނީ. އެފައިސާތަކަކީ އާއިލާ ކުދިންނަށް ޕާޓީ ކުދިންނަށް ދޭ ހަދިޔާއެއްނޫނޭ. ޢެމްއޭސީއާއި ދެމެދު އެއްބަސްވުމެއްގައި ހެކިންތިބެ ސޮއިކުރި އެއްބަސްވުމެއްނެތި ޓީއެމްއޭ އަށް އެތަނުގެ އެގްރިމެންޓެއް އެހެން ބަޔަކާއެކު ނުހެދޭނެ. ޏެތްބާރެއްގެ ވިއްކާލީ.
ކަލޯމެނޭ ދެންބާރަށް އަތްޖަ ހާ ... ގައުމުގަ ދިރުވާލެވެން ހުރިއެއްޗަކާ ގައުމުވެސް ދިރުވާލަން ގައުމު ހިތަކަށް ދިން ރައްޔިތުން ހުސްގަޔައް ހަދާގެން އަތްވައް ދޮންކޮށް ތިބެގެންވެސް އަތުން ހަންދާވަރަށް އަތްޖަ ހާ!!!