ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، މިހާރުގެ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕާފުޅު އަބްދުއްރަޝީދު އަވަހާރަވެއްޖެއެވެ.
އަބްދުއްރަޝީދަކީ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ޗެއާމަންވެސް މެއެވެ.
އަބްދުއްރަޝީދު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އަބްދުއްރަޝީދު ނިޔާވިއިރު، އެންމެ ފަހުން އޭނާ އާންމުންނަށް ފެނިފައިވަނީ އާރްސީސީގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ އެޅުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.
އޭނާ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އުމުރުފުޅުން 72 އަހަރުގައި އަބްދުއްރަޝީދު އަވަހާރަވިއިރު، ދުނިޔޭގައި އޭނާގެ އަނބިކަނބަލުންނާއި 10 ބޭފުޅުން އެބަތިއްބެވެ.
انا لله وانا اليه راجعون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން. އަލްމަރުޙޫމް ޢަބުދުއްރަޝީދު ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. އާމީން
މަރްހޫމް އަބްދުއްރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި ޢާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
انا لله وانا اليه راجعون ވަރަށް ދެރަ
މުދާހުރެފައި އަތްމަތި ތަނަވަސް މީހުން ގެ މީހުން އަވަހާރަވަނީ ދެރަ ނިކަމެއެއްވިޔާ މުވަނީ
ބާޣީ ނާޒިމް ތަ؟
ސުރުހީ ކިޔާފަ މަ ހީކުރީ ނާޒިމް މަރުވީ ކަމަށް.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ