ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކުންފުނި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) ކުންފުނީގެ ވޭނެއްގައި ގިނަ އަދަދެއްގެ ބަނގުރާ އުފުލި ބިދޭސީ ޑްރައިވަރު ޑީޕޯޓް ކޮށްލައިފިއެވެ.

އާރުސީސީގެ ވޭނަކުން ފުލުހުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭ މަގުމަތިން ވޭން ހުއްޓުވައި ފާސްކޮށްގެންނެވެ.

ފުލުހުން ވޭން ހުއްޓުވައިގެން ބަނގުރާ ފުޅިތައް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެކަމާއި ގުޅިގެން އާރްސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއްް އެ ކުންފުނިން ނުކުރާނެ ކަމަށާއި އަދި ކުރާކަށް ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.

އެކުންފުނިން ބުނީ، ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، އިހުމާލުވާ ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް މިއަދު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

އާއްމު ގޮތެއްގައި ފުލުހުން ބަނގުރާ އަތުލައިގެންފިނަމަ އަތުލައިގަތް އަދަދެއް ހާމަކުރި ނަމަވެސް އާރްސީސީ ވޭނުން އަތުލައިގަތް ބަނގުރަލުގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން

    ވަރަށް ރަނގަޅު.. ފްރީ ޓިކެޓް
    އިންސާފު ގާއިމު ނުކުރެވި އަނބުރާ ގައުމަށް..

  2. އަހަންމަދުު

    ބިދޭސީ މީހާ ޑީޕޯރޓު ކުރީ ބޮަސް ހިމަޔަތްކުރަން.

  3. Anonymous

    މައްސަލަ ހައްލުވީ...ތާލިޔާ ތާލިޔާ

  4. އަލިމުތް

    ރާއްޖޭގަ ބޭރު މީހުން ބޭނުން ކުށެެއް ކޮށްފަ އަނބުރާ ގައުމަށް ދާންވީދޯ؟ އެދޯ ރާއްޖޭގެ ގާނޫނު އަސާސީ އަކީ؟ ކުށް ކުރުމަކީ އާދައިގެ ކަމެއް ދެއްތޯ؟ ކުށްކޮށްފަ އަނބުރާ ގައުމަށް ފޮނުވާލީމަ ނިމުނީ؟ މިއިތޯ ގާނޫނު ހިންގުމަކީ؟ މިއިތޯ ގާނޫނު އަސާސީ ބުނާ އިންސާފަކީ؟