އެމްޑީޕީ ޖަގަހަ ކުރިމައްޗޭ ބުނުމުން އެއީ ކީތް ކުރާ ސަރަހައްދެއްކަން އޮޅިފައިވާނެ ދިވެހި ރައްޔިތަކު އުޅޭނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް މިފަހަރު ޖަގަހަ ކުރިމަތިން ފެނުނީ ލަވަޖަހާ ނަށާ މަންޒަރެއް، އަތްޖަހާ ފޯރިނަގާ މަންޒަރެއްވެސް ނޫނެވެ. މަންޒަރު ބަދަލުވީ ކުރާ ކަމަކުން އެކަންޏެއްވެސް ނޫނެވެ. ފެނުނު މަންޒަރާ ފެނުނު މީހުންވެސް ހަމަ ތަފާތީއެވެ. ފަތިހު ފިނީ ކުނިކަހާ ފިހިނގަނޑާއި ކުނި ނަގާނެ ސާމާނު ހިފައިގެން މިފަހަރު ފެނުނީ ސަރުކާރާއި ދައުލަތުގެ އިސްވެރިންނެވެ. މިއީ ހަމަ ޤައިމުވެސް އާދައިގެ މަންޒަރަކަށް ނުވާނެކަން ޤައިމެވެ.
"ސާފު ރާއްޖެ – މާސާފު މާލެ" ޝިޔާރުގެ ދަށުން އެންވަޔަރުމެންޓް މިނިސްޓްރީއާއި ސަރުކާރުގެ ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯއާއި ގުޅިގެން 120 މުއައްސަސާއިން 4500 އަށްވުރެ ގިނަ މީހުންނާއެކު މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ސަރުކާރާއި ދައުލަތުގެ ގިނަ ވެރިންތަކެއް ހިމެނޭ ގްރޫޕް ސާފު ކުރުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ސަޕޯޓަރުންގެ މައިޒާން ކަމަށްވާ އެ ޖަގަހައިގެ ދޮރުމައްޗެވެ. ކުނި ކަހާނެ ފިހިގަނޑާއި، އުދެއްޔާއި، ފަކީރާގެ އިތުރުން ކުނި އަޅާނެ ކޮތަޅުތަކާއެކު މި ވަރުގަދަ ޓީމުން އިޝަހިތަކު އެމްޑީޕީ ޖަގަހަ ކުރިމަތީގައި އޮތް ގޮނޑު ނަގައި، އެ ސަރަހައްދު ވަނީ ނަލަ ކޮށްލާފައެވެ.
މާލޭގެ މަގުތަކަކީ ކުނި އަޅަންޖެހޭ ތަންތަން ނޫންކަމާއި މަގުތަކަކީ ސާފު ޠާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް މި ޕްރޮގްރާމްގައި ބެއިވެރިވި އިސް ވެރިން އެމްޑީޕީ ޖަގަހަ ކުރިމަތި ސާފު ކޮށްފައިވާއިރު، ޖަހަހަ ސަރަހައްދު ސާފު ކުރުމުގައި ސަރުކާރުގެ ތިން ވަޒީރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެންވާރަމަންޓް މިނިސްޓާ ތޯރިގް އިބްރާހިމްއާއި، ހެލްތް މިނިސްޓަރު މުހައްމަދު އަބްދުﷲ ނާޒިމްގެ އިތުރުން އެމްޑީޕީން އެންމެ ބޮޑަށް އެ މިނިސްޓަރަކަށް ހަޖޫ ޖަހަމުންދާ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާއި، މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް އެމްޑީޕީ ޖަގަހަ ކުރިމަތި ކުނިކަހާ ސާފު ކުރުމުގައި ފިސާރި ކެރިގެން މަސައްކަތް ކުރައްވާފައިވެއެވެ.
ވެރިން ނިކުމެ އެމްޑީޕީ ޖަގަހަ ކުރިމަތި ކުނިކަހާ ސާފުކުރާ މަންޒަރު ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު އެ ފަރާތްތަކަށް ސަޕޯޓްކުރާ ފަރާތްތަކުން މި ހަރަކާތަށް ތާއީދުކޮށް ސަޕޯޓް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ނަގަނީ ޖޯކެއްގެ ގޮތުގައެވެ. އަދި އެ މަސައްކަތް ކޮންމެ ދުވަހަކު ތަކުރާރު ކުރުމަށްވެސް ބައެއް ސަޕޯޓަރުން އެދިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނެއްނުވާނީ ... އެމްޑީޕީ މީހުންނަކައް ނުކެރޭ އެކަންވެސް ކުރާކަށް???
ކާކުބުނީ ޔާމިންކައިރީ ސާފްކުރާށޭ އެމް ޑީ ޕީ މީހުންނަކީ ރައްޔިތުންނެއްނޫނެއްނު ސާފްކުރާނެކަމެއްމެތެއްނޫ ވޯޓް ހޯދަން އަންނާނެކަމެއްނެތެއްނު
ޖެހުނީތަ ނޫނީ ގޮތްދައްކަން ކުރީތަ. ކޮމެންޓް ޖަހާލައްޗޭ
އެމް.ޑީ.ޕީ. މީހުން ތިތަނަށް އެއްވީ ރައޭސް މައުމޫނު ޖަލައްލުމުން އެކަމުގެ އުފާފާޅުހުކުރުމަޢްޓަކާ ލަވަކިޔާ ނަށާހެދުމަށްކަން މިހާރު ދހެން ވ.ސާފު
ކުނިއަޅާނެ ޑަސްބިން ބަހައްޓާފަ ހުންނަ ނަމަކަ މަގުމައްޗަށް ކުންޏެއް ނާޅާނެ !