2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލާއިގެ ކްރިމިނަލް ކޯޓުގައި ބާއްވާ މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ދެ ނޫސްވެރިން ފިޔަވައި އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދިނެވެ.

މިއަދު ހަވީރު 03:00 އަށް ތާވަލުކޮށްފައިވަނީ މިމައްސަލާއިގެ އަޑު އެހުމަށް 02:30 އިން ފެށިގެން ނޫސްވެރިންނާއި ބައެއް ޢާއްމުން ކްރިމިނަލް ކޯޓަށް ހާޒިރުވެ ތިބި ނަމަވެސް 03:30 ހާއިރު އެ ކޯޓުން އެންގީ އެ މައްސަލައިގެ ޝަރީއަތް ފެށޭނީ ހަވީރު 05:30 ގައި ކަމަށެވެ. އެ ގަޑިއަށްވެސް ނޫސްވެރިންނާއި ޢާއްމު ފަރުދަކު މައްސަލައިގެ އަޑު އެހުމަށް ހާޒިރުވެ ތިއްބައި، ކްރިމިނަލް ކޯޓުން އެންގީ މައްސަލައިގެ އަޑު އެހުމަށް ވެއްދޭނީ އެންމެ ދެ ނޫސްވެރިން އެކަނި ކަމަށެވެ.

މައްސަލައިގެ އަޑު އެހުމަށް ވަނުމަށް ހެނދުނުންސުރެ ނަން ނޯޓް ކޮށްގެން ކޯޓުން ކަނޑައެޅި ގަޑިތަކަށް ހާޒިރުވި ނަމަވެސް ކޯޓުން ވަނީ އިތުރު އެއްވެސް މީހަކަށް ޖާގަ ދެވެން ނެތްކަމަށް ބުނެފައެވެ. މައްސަލައަށް ނޫސްވެރިންގެ ހައިސިއްޔަތުން ވަނުމަށް ނަން ނޯޓް ކުރުމުން ޖާގަ ނެތްކަން އަންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޯޓުތަކުން ޢާއްމުކޮށް އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު، ނަން ނޯޓު ކުރަން ދިއުމުން އެ ޝަރީއަތުގެ މަޖިލީހަށް ވަދެވޭ ވަރަށްވުރެ ގިނަ ފަރާތްތަކުން ނަން ނޯޓް ކޮށްފައިވާނަމަ ކުރިން އެކަން އަންގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު 03:00 އަށް ތާވަލުކޮށްފައިވާ މި މައްސަލައަށް ވަންނަން މާ ކުރިން ނަންނޯޓް ކުރި ފަރާތްތަކަށް އަޑު އެހުމަށް ނުވަދެވޭނެކަން އަންގާފައިވަނީ ހަވީރު 05:30 ގެ ފަހުންނެވެ.

މި މައްސަލައިގައި މިއަދު އޮތީ ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން ކަމަށްވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ އިތުރުން ސ.ހުޅުދޫ އަތިރިއާގޭ، މުޙައްމަދު ސުޢައިދުގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

ރިލްވާން ގެއްލިފައިވާ މައްސަލައިގައި ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ އިތުރުން ސ.ހުޅުދޫ އަތިރިއާގޭ، މުޙައްމަދު ސުޢައިދުގެ މައްޗަށްވެސް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މީގެ ތެރެއިން ސުޢައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރަށެވެ. ނަމަވެސް އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި 4 މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަތް ކާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އުފުލި ދޯނީގެ ދެ ކައްޕިންގެ އިތުރުން ނުރައްދީންއާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް އަދި ގެސްޓް ވިޔަފާރީގައި ހަރަކާތްތެރިވި ވިޔަފާރީގެ ދެ ބައިވެރިންނެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 29 ހެއްކެއް އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ފަރާތުން ދިފާއުގައި ފަސް މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެ! ކޯޓް ސޯޓްވަނީއޭ....

  2. ސީލާސީލާ

    ރިލްވާންގެ މައްސަލައިގެ އަޑުއެހުމަށް އެންމެ ދެ ނޫސްވެރިން ވެއްދި ނަމަވެސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ ތިޔާ މައްސަލަ ބޮޑު ކޮށްގެން އުޅެނީ ރަންރީނދޫ ޓްވިޓަރޭ މެންނޭ އެމެން ރިލްވާން ގެ ކޭސް އާއި އަދި ޔާމީން ރަޝީދުގެ ކޭސް ބޭނުން ކުރަނީ އެމެން މަޝްހޫރުވެ ޕަބްލިސިޓީ ހޯދަން އޭ ތިޔާ ރިލްވާންގެ މައްސލަައިގެ ޝަރީއަތަށް ކޮންމެހެން ނުޖެހޭ ނޫސް ވެރިން ވެސް ވައްަދަން. ރިލްވާން ވެސް ގެއްލުނީ އެއީ އޭނާގެ މައިންބަފައިންގެ ފަރުވާ ކުޑަ ކަމާއި އެމެން ގަމާރު ކަމުން ދެން ޔާމީން ރަޝީދު މަރާލީ އެމެންގެ މައިންބަފައިންގެ ފަރުވާ ކުޑަ ކަމާއި އަދި އެމެން ގަމާރު ކަމުން. އިންޒާރު ލިބިފައިވާ މީހުން އުޅޭތޭ ރޭގަނޑު ދަންވަރު ހޭލާ އަދި އެކަނި ދޭތޭ ގެއަށް. މަމެން މިއުޅެނީ ރޭގަނޑު ދަންވަރު މާލޭގެ މަގުަމައްޗަށް ނިކުންނަނަމަ ބޮޑު ޓީމް އަކާއި އެކު ނޫނީ ގެއިން ބޭރަށް ފައިވެސް ޖައްސާލަން ނުކެރިގެން އަދި ދުވާލު ވި ނަމަވެސް އެކަނި އެއްވެސް ތަނަކަށް މާލޭގައި ދާން ޖެހިލުންވެގެން މަމެންނަށް އިންޒާރެއް ނައި ނަމަވެސް. ތިޔާ ރިލްވާން ވެސް އެއީ ނޫސްވެރިއެއް ކަމަށް މަމެން ގަބޫލެއް ނުކުރަން އަދި ތިޔާ ބުނާ ޔާމީން ރަޝީދު އަކީ އެއީ ބްލޮގަރެއް ކަމަށް ވެސް މަމެން ގަބޫލެއް ނުކުރަން. އެއީ އީގޯ ސިންޑްރޯމް ބަލި ޖެހިފައިވާ ދަ ކަންޓްެރީ ސައިޑޭ މެން. ފުރަތަމަ ތިމާ މެން މައިން ބަފައިން ދުނިޔޭގައި ތިބެމެ ތިމާ މެންނަށް ތިމާ މެންގެ ދަރިން ނުބެލޭ ވާހަކަ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިރޭ ސޯލްޓް ކެފޭ ގައި ވާހަކަ ދައްކަންވީއެއް ނޫންތޭ. މަމެން ބިޒީ ނޫން ނަމަ މިރޭ ތިޔާ ފޯރަމަށް ގޮސް ހަޔެއް ހަތަރަކަށް ބޯން ދޭނީ ތިޔާ މަރުވި ރިލްވާން އާއި ޔާމީން ރަޝީދުގެ މައިން ބަފައިންނަށް. އެމެންގެ ފަރުވާ ކުޑަ ކަމުން މިހެން ވާން މިޖެހެނީ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ސީލަބަލަ ދެން. ސީލާ ސީލާ ސީލާ ދަ ސީލާ..