މިއަދު ހަވީރު، ބ.އޭދަފުށިން ގެނބުނު ކުއްޖާ މާލެ ގެނައުމަށް، އެރަށުން ފުރުވާލައިފިއެވެ.

މިރޭ 1:00 ޖަހާއިރު، ސީއެމްބިއުލާންސްގައި އެ ކުއްޖާ މާލެ ފޮނުވާލިއިރު، އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އެރަށު "ވަގުތު"އަށް މައުލޫމާތުދިން މީހަކު ބުނީ، މިއަދު ހަވީރު އެރަށުން ތިން ކުއްޖަކު ގެނބުނު ކަމަށާއި، އޭގެ ތެރެއިން ހާލު ސީރިއަސްވީ އެއް ކުއްޖަކު ކަމަށެވެ.

އެ ކުދިން ގެނބުނީ މިއަދު 16:45 އެހާކަންހާއިރު އޭދަފުށި ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށެވެ.

ގެނބިގެން މާލެ ގެންނަނީ 12 އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ކުއްޖާ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ. އެ ކުއްޖާ މާލެ ގެނެވެނޭ ކަމަށް ބެލެވެނީ މިރޭ 3:00 ހާއިރުއެވެ.

އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށިއެވެ އާމީން

    43
  2. ކަހަނބު0

    އަވަސް ޝިފާ މިންވަރު ކުރައްވާށިއެވެ އާމީން

    12