އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެ ޗެނަލަށް އަންގަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
ބްރޯޑްކޮމްގެ މިރޭގެ ބައްދަލުވުމުގައި ނިންމީ "ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް" ގެ ދަށުން، "މަޑިސީލަ" ޕްރޮގްރާމް، މިއަދުން ފެށިގެން އާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރަންށެވެ.
މި މުއްދަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް، ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގަން މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވެއެވެ.
މިއީ ވަކި ޕްރޮގްރާމެއް ހުއްޓާލަން ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއަކަށް އެންގި ފުރަތަމަ ފަހަރެވެ.
"މަޑިސީލަ" ޕްރޮގްރާމްގެ މައްސަލަ ބްރޯޑްކޮމް އިން ބެލީ، ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށްޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ކަމަށް ބްރޯޑްކޮމް އިން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އިއުލާނު ކުރެވިފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، 09 މާރިޗު 2020 ގައި ނެރެފައިވާ ނަންބަރު: ސަރކިއުލަރ އަދި 16 މާރިޗު 2020 ގައި ނެރެފައިވާ އެޑްވައިޒަރީ ގައި ބަޔާންކޮށްފައިވާ ގޮތުން މިހާލަތުގައި މަޢުލޫމާތު ގެނެސްދިނުމުގައި ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ޞައްޙަ މަޢުލޫމާތުތަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޗެނަލް 13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ގެނެސްދީފައިވާ މަޢުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މަޢުލޫމާތެއްކަމަށް ބެލެވެންނެތް ކަމަށް ބްރޯޑްކޮމް އިން ވިދާޅުވެއެވެ.
ރަގަޅު. ނަރީޝް މެނައް އިގޭނީ ފެލެން. ގައުމު ތެރޭ ނަފްރަތާ ދޮގު ހަބަރު ފެތުރުން ނޫން ކަމެއް ނުކުރޭ.
ރ ޓީވީންވެސް ކުރިން ކުރީ ހަމަމިކަން. މީޑިއާތަކުން ފޮނުވާ ފޮނުވުންތަކާ ދައްކާދެއްކުންތައް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބަލަންޖެހޭވަރަށް ނުބެލޭ. ބަޔަކު ޝަކުވާހުށަހެޅީމަ އެނގެނީ ބަޔަކު ގޯސްއެއްޗެއް ފޮނުވިކަން. ކޭބަލް ޓީވީ ޗެނެލްތަކުން ފޮނުވާ ޕުރޮގްރާމްތައް ނަމާދުވަގުތައް މެދުކަނޑާނުލާ ހަމައެކަނި އެއްފަރާތުކަނަށް ނަމާދުވަގުތު މިހެން ލިޔެލާފައޮއްވާ ފެންނަނީ. ފިލްމުތަކުގައި ހުންނަ ބަދުއަޚްލާޤީ މަންޒަރުތައްވެސް މިހާރު އެގެންދަނީ ދައްކަމުން. ޞައްޙަނޫން މަޢުލޫމާތު އެކަނިތޯ ބެލެނީ. އިސްލާމުން ބަލަންނުވާ މަންޒަރުތައް ދެއްކުން އޯކޭދޯ.
އެހެން އެއީ ކަރު ސީލަ..ކަރު ނުފެލިވެސް ސަރުކާރަށް ފާޑު ކިޔާ އެއްޗެތި ގޮވޭނެ.. ކޮން ޕުރޮގްރާމެއްގަތަ ޕުރެޒެންޓަރުން ކަރުފެލިގެން ގެރި ޒުވާބު ކުރާފެން ޕުރޮގްރާމް ހުށަހަޅަނީ މި ނޫނީ؟؟ ހަލުރު ބޯން އުޅުނު އިލްލްމެއް ހިލްމެއް ނެތް މަގު މަތީ ކުދިންކޮޅެއް ޕުރެޒެންޓު ކުރަން އެރުވީމަ ވާނެ ހައެތި މިވަނީ..
ކޮބާތޯ ސޯލިހު އެބުނާ މީޑިޔާގެ މިނިވަންކަން ކީލަވަ ފަރިއްސަވެނިމެނީ
ނޫސްވެރިކަމުގެ މިނިވަން ކަމަކީ މިފަދަ ނާޒުކު ދަނޑިވަޅުތައް ބަލާ ސިޔާސީ ބޭނުމަކަށް ޕްރޮގްރާމް ތަކުގައި ދޮގު ހަބަރު ފަތުރާ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމެއް ނޫން... ނަރީޝް ހައްޔަރު ކުރޭ
ވަރަށް ރަނގަޅު. ޗެނަލް 13އިން ގެނެސް ދެނީ ދޮގު މައުލޫމާތު
މާލަސްވެއްޖެ.
ސޯލިހް ރެޑީވެގެން ހުރޭ!!ތިޔައީ ދާއިމީ ކަމެއް ކަމަށް ޔަގީން ކޮށްގެން ނުހުންނާތި! ! މާތް ﷲ ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ތިޔަ ވެރިކްން ބިމާއި ހަމކުރައްވާށި!!
ހަޖަމެއް ނުވިތާ. ރާޓީވީން ދިވެހި ގަުމީ ސަލާމަތަށް ނުރައްކާވާފަދަ ދޮގު ފަތުރާ ދީނަށް ފުރައްސާރަ ކުރިއިރުވެސް ބަންދު ނުކޮށް ތިބެން ކެރުނު. ތިހިރީ ހާލަތު. ލައްކަ ދުވަސް ވެއްޖެ މަޑިސީލަ ދެކެ ބިރުން ތެޅޭތާ. ދަނޑިވަޅެއް ހޯދަމުން ގޮސް އަތުޖެހުނީ އަދި ކިރިޔާ. ސާބަސް.
ސަރުކަރުން ބިރުގަތީބާ؟
މަޑިސީލަ ނަމުގަ އެހެން ޕްެރޮގްރާމް އެއް. ޙަޖަމް ނުވަނީބާ. ޙަްީގަތް ކޮބާ
ކޮބާތަ ބޯޑުތަ އް ހިފަ އިގެން ދުވި މީޑި އާ ގުރޫޕުގަނޑު؟؟މިހާރު އޮތް މިނިވަން ކަމަކީކޮބާ؟؟؟؟؟؟
މިއަދު މިއޮތް މަރުގެ ސަރުކާރަށް ހަޖަމް ނުވީއެވެ. މިއީ ލާދީނީ ސަރުކާރެކެވެ. ފިތުނަ ފަސާދަ ސަރުކާރެކެވެ. ދައުލަތުގެ މާލިއްޔަތު ދިރުވައިލި ބޮޑެތި ވަގުންގެ ސަރުކާރެކެވެ. މިއީ ރައްޔިތުން ބިކަކުރި ސަރުކާރެކެވެ. މިއީ ވިޔަފާރިތައް ފުނޑި އިޤުތިޞޯދު ފުނޑާލި ސަރުކާރެވެ.
މަރީ ހަޖަމުކޮށްލާ.
އިދިކޮޅު މީޑިއާތައް ބާއްވައިގެން ތިބޭކަށް ނުކެރޭނެ. ހަޖަމެއް ނުވާނެ. ހިތްވަރެއް ނެތް ފިނޑި ވަގުންތަކެއް. ވަގުން ފޮށި ބަނދޭ ބާރަށް. ހުރިހާ އެއްޗެއް ބަންދު ކުރިޔަސް ދިވެހިންގެ ހިތެއް ނުލިބޭނެ. ވޯޓުން ވައްކަން ކުރަން ޖެހޭނީ އަބަދުވެސް. މަޑިސީލަ ބަންދު ކުރޭ. ދެން ބަލާނަން ގޮތް ހުސްވީތޯ. ކެތް ކުރެވޭވަރު ވާނެތަ؟
ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދު ކުރަން ނިންމައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޓިލް
މިސަރުކާރުން ޔާމީން ދެކެ ހާދަ ބިރެކޭ މިގަންނަނީ ވެރިކަމުގަ ހުރި އިރުވެސް ބިރުގަނޭ ޖަލުގަ އޮތަސް ބިރުގަނޭ ޔާމީނާ ގުޅުން ހުންނަށް ކޮންމެ އެ އްޗެ އް ދެކެ ބިރުގަނޭ
ޗެނަލް 13 އަކީ ޔާމީން ތޯ.. މިހާރު ވިސްނިއްޖެ ނުބެލިޔަސް ެޮެޮޅުވާލާ ވަރު ނެ
ތީތޯ ނޫސް ވެރިކަމުގެ މިނިވަން ކަމަކީ ކީ އްވެގެން ބާ މިސަރުކާރަށް ކަންކަން ހަޖަމު ނުވަނީ މިސަރުކާރުން ކުރާ ވަ އްކަންތަ އް ގެނެސް ދޭތީ ދޯ ހަޖަމުނުވަނީ
މަޑިސީލަ ބަދު ކުރެވިދާނެ މިސްކިތު ފެން ބަންދުކުރެވިދާނެ އެކަމަކު ދުލެއް ބަދުނުކުރެވޭނެ !!
މަރިޔަން ވަހީދާ މިޔަދު ދިޔަޔޯ ރއީސް އޮފީޙަށް !!!
ވަހީދާގެ މޫނުގެ ފުއްކޮޅު އެދިޔައއީ!!!
މޑިސީލަ ހުއްޓވިދާނެ އެކަމަކު ދަންނާތި މިސަރުކާރު ސައިޒުކުރުން ނުހުއްޓުވޭނެ. މިކަހަލަ ކިތަންމެ ކިތަންމެ ސީލައެއް އެބަހުރި. ހަޖަމުނުވިދޯ ރައީސް ޞާލިހަށް، ހަޖަމުނުވިދޯ ސަރުކާރަށް، ހަޖަމުނުވި ދޯ ޕާޓީ ގުންޑާއިންނަށަ، ހަޖަމުނުވިދޯ އެމް.ޑީ.ޕީ އށް. ހަހަހަ އަދިވެސް ތިކުރާ ވައްކަންތަށް ފަޅާ އަރުވާނަން. އެތެރެކޯލުގެ ސިއްރުތަށްވެސް ގެންނާނަން މާދަންރޭމިފަށްނީ އެބެންނަމެއްގަ ނުހުޢްޓުވޭނެ. ހަޖަމް ބްރޯ އިބޫ
ވަރަށް ސައިޒު ކޮއްލެވޭ ތިމީހުންނަށް! މަ ހީހީ ހަލާކު! ކުޑަ ކުއްޖަކަށް ވެސް އެނގޭނެ ތިމީހުންނަށް އެނގޭ ހަމަ އެކަނި ކަމަކީ ފޮނި ކެނޑުންކަން! ??
ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދު ކުރަން ނިންމައިފި ނަމަ ވަޒީފާ ގެއްލޭނީ ލަންކާ އަދި އިންޑިއާ މީހުންނަށް ތިޔާއީ ދިވެހިންނަށް ވަޒީފާ ދޭ ތަނެއް ކަމަށް މަމެން ނުދަންނަމޭ ހަންޑިން ދޯ ތިޔާ ކަން ދަންނަނީ ޔުނިވަރސަލް އަދި ކޯސްޓް ލައިން މިރާއްޖޭގައި ދިވެހި 4 މީހަކު ހިންގާ ލަންކާ ކުންފުނި ތަކޭ ތިޔާއީ ރާއްޖެ އަށް ބޭނުން ކުންފުންނެއް ކަމަށް މަމެން ނަށް ޓްރެކް ރިކޯރޑްްސް ތަކުން ނުދައްކައޭ ދާއިމަށް ބަންުދު ކުރުން ނުވަތަ ބިލް ގޭޓްސް އަށް ވިއްކާލަންވީ ވިއްކާލާ ޔުނިވަރސަލް ހުރިހާ ބޮޑުން ތައް ލަންކާ އަަށް ކަނޑާލަންވީއޭ ދިވެހިންނަށް ދިވެހިރާއްޖެ ހަވާލު ކުރަންވީއޭ އިނގޭތޭ ވިއްކާލަ ވިއްކާލާ ވިއްކާލާ ވިއްކާލާ...
މިނިވަން ނޫސްވެރިކަމެ ގެންނަން މަލަން އެޅި ނޫސވެރިންނަ މަރުހަބާ...ނޫސްވެރިކަން 27ދަރަޖަ ކުރި އަށް އެރި ސަރުކާރަށް މަރުހަބާ....ރޔާމީން ކު އްލި ނުރަ އްކަލުގެ ހާލަތު މަހަކަށްވުރެ ގިނަދުވަހު އޮތް އިރު ރޓީވީ ހު އްޓުމެނެތި އެސަރުކާރަށާ ރޔާމީނަށް ހު އްޓުމެނެތި އެއ އްޗެހިގޮވަމުންދިޔަ އީ.. ރޔާމީން ރޓީވީގެ ޕްރޮގްރާމެނުހު އްޓުވާ... އަބުރުގެ ގާނޫނުން ރޓީވީ ޖޫރިމަނާކުރީ މަ އްސަލަބަލާފަ..ވަގުތުން ޕްރޮގްރާމެ ނުހު އްޓުވާ....މަޑިސީލަ ޕްރޮގްރާމުގަ ދެ އްކިވާހަކަ ތަކަކީ ދޮގެނަމަ ސަރުކާރުން ތެދު ހާމަކޮ އްދީފަ މަޑިސީލަ ނުހު އްޓުވާވެސް ސަރުކާރެ ހިންގިދާނެދޯ...ޕްރޮގްރާމަކާހެދި ސަރުކާރެ ހު އްޓެމުންދުވަނީ...ހަޖަމްނުވޭ ތެދު ހާމަކުރީމަ..
ސަރުކާރުން މިކަމާ ކޮންމެވެސް ދޮގެ އް ހަދަ އިފިކަން މިހާރު ކަށަވަރު ޔަގީންވެ އްޖެ،
ސަލި ކަމެ
ހަޖަމް ނުވި ނުކިޔަވާ ސަރުކާރު
ބުއްޅަ ޖަލުގައި ހުރިއިރު ރ ޓީވީ ނުގޮވާ ނުބައި އެއްޗެއް ނަހަދާ ދޮގެއް ވަކި މަޑިސީލަޔަކުން ހެދި ހެނެއް ހިޔެއްނުވޭ އޭރުގައި އެއީ މިނިވަން ނޫސްވެރިކަމޯ މިހާރު އެއީ ޑިމޮކްރަސީ ގަޑަ ގަޑަ ޖެހުމޯ
މިވީ ކިހިނެއް ހުރިހާ ގޮތަކުން ނަމޫނާ ސަރުކާރު ހާދަ ހަޑި އަމަލެއް ތިހިންގީ. ރީދޫ ބައިގަނޑު ހަޖަމް ޕްލީޒް ދެން މިފަހަރު ޕްލީޒް
ހަޖަމެއް ނުވާނެ ގ.ކެނެރީގެ ލާދީނީ ބުއްޅަބޭ މެންނަކަށް... ތިޔޮތީ ޙުޠުބާ ތެރެއަށް ނޫހުގެ ގަނޑުތައް ލައިގެން ބެހި މީހުނަށް ވެރިކަން ލިބުނީމަ މީޑިއާތަކަށް މިނިވަންކަން ދޭގޮތް...
ފެލޭ ސީލަ ކިޔާބަލަ އިނދިކޮޅު ބަޔަކު އުޅެންވާނެ އެކަމު މީހުން އަޑުއަހާހިތްވާގޮތަށް ކުރިޔަށް ގެންދާނަމަވެސް ރަނގަޅު. ރުޅިއަޔަސް ބުނާނީ އެޕްރޮގްރާމް ބަލާނީ ހަމަ މޮޔައިންނޭ
ހަޖަމުނުވިއަސް ބޮޑުވަރު ކޮމިޝަންއެއްކޮށްތިޔައޮތީ އަތައްގޮވާފަ ރިސޯޓުތަކުގަވައިރަސްއުޅެނީ އެކަމުމާލޭމަގުމައްޗައް މީހުންނުކުތުންމަނާކުރަނީ މީކިހިނެއްވާކަމެއްބާ މަރީ މަރީއާވެސް އިންސާފުއަރާހަމަކުރާނެދުވަހެއްއަންނާނެ
ވަގު ސަރުކާރަށް ހަޖަމް ނުވި މަޑިސީލަ ކޮބާ ކިހާވަރެއްވި ކިނބޫ ކާވަރެއް ދެންއެއްވެސް މީހަކަށް ނޭނގޭނެ ދޯ ހީކުރާގޮތް ދޯ ކޮންބައެއްތަ ބަސްބުނުމުގެ މިނިވަން ކަންނެތޭ ކިޔާފަ އަނގަ މަތީ ޓޭޕު އަޅައިގެން މުޅިދުނިޔެ އަށް އިސްތިހާރުކުރީ؟
"މަޑިސީލަ" ހުއްޓާލުމުން ހުވަދޫބަހުން ކިޔަާ "މުކައްބަ" ފަށާ މުކައްބަ އެއީ މޭޒުމަތި ބަހައްޓާ ކާތަކެތީގަ ޖަހަން ހަދާފަ ހުންނަ ގޮއްޓެއްކަހަލަ އެއްޗެއް މަޑިސިލަޔަ ގުޅޭހެން ހީވޭ.
މަޑިސީލަ އާއި ކުޅުމަކީ މުޅިދިވެހި ޤައުމުގެ ރަށްޔަތުން ނާއި ކުޅުންކަން ހާނދާކުރާތި!
ތިޔަ ޕުރޮގުރާމު މަޝްހޫރު ކުރަނީ އެމްޑީޕީ އާއި ސަރުކަރުން.. ވ ހަޖަމުނުވެފަ ތިޔަދިަޔައީ
ފިތުނައަށް،ޖާގަ،ދޭކަށް،ނުޖެހޭ،
ރަނގަޅު،ނިންމުމެއް.!
ހަޖަމް ކުރަން ދަސްކުރޭ ދެންމިފަހަރު ކެތްކުރޭ ދެން މިފަހަރު 6 ކުޅި ކުރިޔަށް ކުޅޭނީ އިދިކޮޅުން!
އަށްޗިވެރިކަން އެމްޑީޕީ ވެރިކަން މިވެރިނަށް ވެރިކަން މިލިބުނީ އަޗީ ވޯޓު ކަރުދާސް އޮޅުވާ ލައިގެން އަޗީ
0 ޓޮލަރެންސް ވާވާ ތިއޮށް ވެރިކަމެއް ތާދޯ އަމިއްލައަށް ރައީސް ހެނދުނަސް ތިއީ ކިނބުލާ ފުކެއްބޮޑުވަރު ގުއި ނުދެކޭކާޅަށް ގުއި ފެނުނީމަ އުޅޭހެން ތިއުޅެނީ!
ހަޖަމް ނުވި މަޑިސީލަ ކަލޯ އިދިކޮޅު ހުރިހާ މީހުންގެ ދޫބުރި ކުރަން ވީނު'
ގެއްލުނު،އެތީގެ،ބޮޑުކަމުން،މޮޔަވެފަ،އެތިބީ،
ފަސާދަ،ކުރުމަކީ،ބޮޑު،ފާފައެތް،(ނިންމުންރަނގަޅު)
އަޅުގަނޑުމެންގެ އަޑު އުފުލަންޖެހޭ؛ އެއްވެސްކަމެއް ސިއްސުވެގެން ނުވާނެ، މަޑިސީލަ ޓީމުގެ މަސައްކަތަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން...މިއަދުގެ މީސްމީޑިއާ އަކީ ޓެލެވިޒަން އެކަންޏެއްނޫން. ބަޔަކަށް ލިބޭ މައުލޫމާތު ހާމަކުރުމީ ކުށެއްނޫން...ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް، ބޭނުންވާ މައުލޫމާތު ނޫސްތަކާއި ޓީވީ ތަކުން ހާމަކުރެވޭނެ މިއީ ނޯތް ކޮރެއާ އެއްނޫން... ވެރިކަން ލިބުނީމަ ރައްޔިތުން ފިއްތާލާ ބޭނުންވާގޮތަށް ކަންކަން ކޮންޓްރޯލްކުރަން ތިއުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ވަރުގަދަ ޚޮދު މުޚުތާރު ވެރިކަމުގެ ކިއްލާއެއް ގާއިމް ކުރަންތޯ..ސޮރީ ރައްޔިތުން އެފުރުސަތެއް ނުދޭނެ... މަޑިސީލަގައި ބުނި ވާހަކައިން ކޮން ބިރުވެރިކަމެއްތޯ އުފެދޭނީ...ދިވެހިންނަކީ ވިސްނުން ތެރިބަޔެއް އަދި އަޑެއް އިވޭއިރަށް ތެޅިފޮޅޭބަޔެއްނޫން... ދިވެހި ސަރުކާރު މިހާރު ނާށި ގަނޑު ހިފައިގެން ސަލާމް ޖަހަނީއޭ ބުނީމަ އެއީ ކުށެއްތޯ... މަޑިސީލަ،ޗެނަލް13 އަދި ވަގުތު ، ދިޔަރެސް ، ސަން ފަދަ ޚަބަރު ފަތުރާ ވަސީލައްތަކުން ކުރައްވަނީ ޤައުމީ މަސައްކަތެއް... ޑޯންޑް ޔޫ ރިމަމްބަރ ފާރު ނޫސް...
ޚަބަރު ފެތުރުން ނުހުއްޓުވޭނެ.... ކިޔާނެ ގޮވާނެ ، ސިއްރުކުރަންޖެހޭ ކަމެއް އޮވެގެން ނުވާނެ...ކަންބޮޑްވެ ހާސްވާނަމަ ޒިންމާ ދޫކޮށްލާފަ ގޭގަ ތިބީމަ ހާސްވާކަށް ނުޖެހޭނެ....
ނޫސްވެރިން ރައްޔިތުންނާއި ހަމައަށް ނޫސްތައް ގެނެސްދޭން ޖެހޭނީ އެ ޙަބަރެއްގައިވާ ތެދާއި ދޮގު ކަށަވަރު ކޮށްފައި! ބަޔަކަށް ލިބޭ މައުލޫމާތެއްގެ ދޮގު ތެދު ނުބަލައި ހާމަކުރުމަކީ ކުށެށް! މީގެ އެއް ސަބަބަކަށް ވަނީ ދިވެހީންނަކީ ޙަބަރެއް އިވޭއިރަށް ތެޅިފޮޅެ ހަދާ ބައެއް. މިއީ ތެދެއްކަން އެނގޭނެ ކޮރޯނާ ގެ ވާހަކަތައް އިވޭއިރައް ރާއްޖޭގެ ހުރިހާ ފިހާރަތަކެއް އެއް ދުވަހުން ހުސްވީމަ! މަބްރޫކް ތަކުރާރު ކޮށް ވިދާޅުވި "ދިވެހިރާއްޖޭގެ ކާ ތަކެތީގެ އިމްޕޯޓަށް އެއްވެސް ހުރަހެއް ނޭޅޭނެ". ގިނަ ރައްޔިތުން މިއަށް ދިނީ ބީރު ކަންފަތެއް! ކޮމޮން ސެންސް ބުރޯ! ?
މިހާލަތުގަ އިވެސް ދަ އުލަތް ލޫޓުވަނީ އެހެންވީމަ ކިރިޔާވެސް ހަގީގަތް ހާމަކުރާ ބަޔަކު ހު އްޓުވަން ވާނެތާ ދޯ !!!!!!! ކުރިމަތީގަ އޮތީ ރަ އްޔިތުންގެ ދުވަސް؟؟؟؟؟؟
ޔ.ވެރިކަމުގައި ފަ އިސާކާފަހުރިވަރުން ވަރަށް އަސަރުކޮށްފަ ހުރިހެންހީވަނީ މަޑިސީލަޔަސް ގު އއސީލަޔަސް ދެންތިބެން ޖެހޭނީ ﷲ އިރާދަފުޅުން
މިދަނޑިވަޅުގައިވެސް މަކަރުވެރި ހީލަތްތެރި މޑޕ އާއި އޭގެ ބޮޑުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލައި މިނިވަން މީޑިއާއަށް ހުރަސް އަޅައި، ކައުންސިލް އިންތިޚާބު އަތްދަށުލުމަށް މަޅިތައް ޖެހުމަށެވެ މިއީ ވަރަށް ކަންބޮޑުވާކަމެކެވެ.
ރ ޓީވީ ހުއްޓާލަން ނޭންގުނީ ކީއްވެ، 8 ފެބުރުއަރީ ގައި ޤައުމު އަންދާ ލުމުގެ އަސްލަކީ އޮޅުވާލައިގެން ޚަބަރުތައް ގެނެސްދީ މީހުން ރުޅިއެރުވުން
މިއީ ޔާމީނުގެ ސަރުކާރެއްނަމަ ރާއްޖެ ޓީވީ ޕްރެޒެންޓަރުން ޔާމީނުގެ ދޮގު ރިޕޯޓް ތައް ހަދައި
މަގުމައްޗަށް ރާއްޖެ ޓީވީ ޕްްރެޒެންޓަރުން މާލޭގެ މަގުމައްޗައް ނިކުމެ ނޫސްވެރިކަމުގެ މިނިވަންކަން ލިބުމުގެ ހައްގަކީ ކޮބާހޭ ކިޔާ މަގުމަތިން ދާ މީހުންނަށް އުނދަގޫ ވާނެހެން ހަޅޭލަވައިފައި ، ދެން އެސްއޯ ފުލުހުން އައިސް އެވެރިން ގަޔައް ޕެޕަރ ސްޕުރޭ ޖެހީމަ ބިންމައްޗަށް ވެއްޓިގަނެ އޮށޯވެގެން މައިތިރި އަރާފަ ތިބެނީ
މިމީހުނަށް ދީނަށް ފުރައްސާރަ ކުރާމީހުން ،ކުރިމީހުން ނުހުއްޓުވުނު ނުވެސް ހުއްޓުވާނެ، މިމީހުން ސްޕޮންސަރ ކޮށްގެން ކުރުވާކަމެއް އެއީ. މިސްކިތް ބަންދުކުރެވިއްޖެ،ވުލޫކުރާ އިސްކޫރުބަރިން ފެންކަނޑާ ލެވިއްޖެ ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ބަންދުނުކޮށް މިސްކިތްތަކާ މިކުޅެގަތީ މީ ލާދީނީ ބައިގަނޑެއް ލާދީނީ ސަރުކާރެއް.މިމީހުން ކުރާ ވައްކަމާ ހަދާ ދޮގާ މަކަރާ ކުރާ ލާދީނީ ކަންކަން ގެނެސްދޭތީ މަޑިސީލަ ހުއްޓުވިއްޖެ. އެކަމަކު ކަލޭމެން ސައިޒު ކުރުމާއި ހަގީގަތް ހާމަކުރުން ނުހުއްޓުވޭނެ. ކަލޭމެންގެ ކަންކަން ނިންމަވާނީ މަތިން އެކަން ދަންނާތި ނިކަން ހޭއަރާތިބެ.
ޙަހަހަހަހަ ރިީތި ވެެއްޖެ؟ ލޮލް
ވަގުތު އިންވެސް ނގެޓިވް ކޮމެންޓް މަދުކޮށްބަލަ ސަނާކިޔާ އޮންލައިން ނޫސްތަކުންވެސް އެމީހުން ބޭނުންވާކަހަލަ ކޮމެންޓް އިން 10 ކޮމެންޓް އަށް ނެގެޓިވް ކޮމެންޓް އެއްލަނީ. ޙުސް ނެގެޓިވް ކޮމެންޓް ވެއްޖެޔާ އިރުކޮޅަކުން އެ ހަބަރުވެސް ޑިލީޓްކޮއްލާ.
ނުކުޅެދޭސަރުކާރު އިސްތިއުފާދީފަ ގެޔަށްކަނޑާލާ.
މަޑިސީލަމިގޯސްވީ ބަހެއްބުނީމަ މިހާރުމާލޭގެދިރިއުޅޭރައްޔިތުންނައް މިފެންނަބިރުވެރިކަމަކީ މިތަނުގައެބަލިނެތްކަމައްގަބޫލުކުރެވޭނެ ކަންތައްތަކެއްނޫން ކޮފީޝޮޕްތައް ބަންދުކޮށްމަގުތައްބަންދުކޮށް މިހަދަނީމިތަނުގަބަލިނެތްކަމައްގަބޫލުކުރާނީކިހިނެއްބާ ބަލިނެތްނަމަ ރާއްޖޭގެއެހެންރައްތަކާ މަލެހާލަތުބަދަލުވަނީކީއްވެބާ
19 ދިވެހިން ޝަހީދު ކޮށްލި ޖާހިލު ގުންޑާ ތަކުގެ ހަރާން ވެރިކަމެއް ކުރަމުންދާ އެމްޑީޕީގެ ވަގުންގެ ވެރިކަމުގެ އަނިޔާ ވެރިކަން އެބައިގަނޑަ ށް ﷲ ދައްކަވާށި ލާދީނީ ފިކުރާދެކޮޅަށް ތިބި އެންމެހައި މުސްލިމުންނަށް ﷲގެ މަދަދާއި އެހީތެރިކަ މުން ކުރިޔަށް ދެވޭނެ މަގު ތަނަވަސް ކޮށްދެއްވާށި އިންޝާﷲ
ހަޑި އެއްޗެެތި ގޮވާފައި ކޮމެންޓް ކުރި ބޭފުޅުންނަށް:
އަޅުގަނޑަށް ފެންނަ ފެނުމުގައި މި ގައުމަށް ދިމާވެފައި މި ވާ ނާޒުކު ހާލަތުގައި އެއްވެސް ބަޔަކަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭނެ ގޮތެއްގައި ބަސް ބުނުމުގެ ހައްގު އޮވެގެނެއް ނުޖެހޭނެ! އެ ވަރިހަމަ ކޮންމެ ބަޔެއް ވިޔަސް! މިއީ ނޫސްވެރިކަމުގެ ހައްގަށް އަރައިގަތުމެއް ނޫން! އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަރައިގަތުމެއްވެސް ނޫން! މިއީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ކޮށްފައިވާ ކަމެއް! ކޮމެންޓްތައް ކިޔާލުމުންވެސް މާ ރަނގަޅަށް އެނގޭ ކޮން ބަޔަކަށް ކަން އަސްލު ހަޖަމް ނުވެގެން މިއުޅެނީ! ސޯ ޕްލީޒް ސްޓޮޕް މޭކިންގ އަ ފޫލް އައުޓް އޮފް ޔޯސެލްވްސް! ވަރަށް ސަލާމް! ގިނަގިނައިން އަތް ދޮންނާތި!
ނޫސްވެރިން ރައްޔިތުންނާއި ހަމައަށް ނޫސްތައް ގެނެސްދޭން ޖެހޭނީ އެ ޙަބަރެއްގައިވާ ތެދާއި ދޮގު ކަށަވަރު ކޮށްފައި! ބަޔަކަށް ލިބޭ މައުލޫމާތެއްގެ ދޮގު ތެދު ނުބަލައި ހާމަކުރުމަކީ ކުށެށް! މީގެ އެއް ސަބަބަކަށް ވަނީ ދިވެހީންނަކީ ޙަބަރެއް އިވޭއިރަށް ތެޅިފޮޅެ ހަދާ ބައެއް. މިއީ ތެދެއްކަން އެނގޭނެ ކޮރޯނާ ގެ ވާހަކަތައް އިވޭއިރައް ރާއްޖޭގެ ހުރިހާ ފިހާރަތަކެއް އެއް ދުވަހުން ހުސްވީމަ! މަބްރޫކް ތަކުރާރު ކޮށް ވިދާޅުވި "ދިވެހިރާއްޖޭގެ ކާ ތަކެތީގެ އިމްޕޯޓަށް އެއްވެސް ހުރަހެއް ނޭޅޭނެ". ގިނަ ރައްޔިތުން މިއަށް ދިނީ ބީރު ކަންފަތެއް! ކޮމޮން ސެންސް ބުރޯ! ?