ހއ.އަލިދޫ ރިސޯޓުން ވަގަށް ނެގި ތަކެތި ހއ. އުތީމުން ހޯދައި ބަޔަކު ހައްުޔަރުކޮށްފިއެވެ.

އެ މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހުންނެވެ.

ފުލުހުން ވިދާޅުވީ،އަލިދޫ ރިސޯޓަކަށް އެކި ދުވަސްފަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގަފައިވާ ކަމުގެ މައްސަލައެއް ފުލުހުން ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ 9 ގެއެއް ބަލާފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 4 ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް މި މީހުންގެ ގެންދިއުމުން އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަރަބޯ

    ޖަޒީރާ 2020 .. ހެހެ

  2. ސަމީރާ

    ވަގުން އުޅޭ ރަށެއްދޯ؟ރަށަށްވެސް ހުތުރުދޯ.ތިވަގުންގެ ފޮތޯ ޖަހާލަބަލަ ނޫހުގަ.

    2
    1
  3. އަހްމަދު

    އެއީ ޖާބިރު ބުނެގެންކުރިކަމެއް މިދުވަސްކޮޅު އޭނާބޭނުންވަނީ މަކަރާ ހީލަތުން ފައިސާ.ޖާބިރަކީ ހއ. ދިއްދޫ އަލިބެގެ ރިސޯޓެއްގައި މަސައްކަތްކުރުމަށްފަހު އަލިބެގެ މުދާތައްފޭރިގެން ފައިވާ މީހެއް.އަލިދޫގެ އެހެންއޮންނަތާވެސް 8 އަހަރު ވެދާނެ. މިނާ މިއުޅެނީ ދައުލަތަށްޓެކްސް ނުދަކަންވެގެން.އެރަށުގައި ހުރިޖެނެރޭޓަރތަށް ވެސް އަލިދޫން ބޭރުކޮށްގެން ޖާބިރުވަނީ ގެންގޮސްފަ. މީނާވީ ހަޔަރުކޮށްފަ.މީނާ މިއުޅެނީ ފައިސާ ބޭނުންވެގެން.މޮޔަވަނީ.

  4. ޏަމް

    އުތީމުގަ ތިހާ ކެރޭމީހުން އުޅޭތަ ހެޔޮނުވާނެ އުތީމުގެ ރީތިނަން ކިލަނބު ކުރި މީހުންނަށް ހައްގު އަދަބުދީ..