މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓުމަންޓުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ދޫކޮށްލާފައިވަނިކޮށް، އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

އޭނާ ކޯޓުން ދޫކޮށްލީ އިއްޔެ އެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، އަރުޝަދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެމެންދުރު 12:00ގައި ކޯޓަށް ހާޒިރު ކުރުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ.

ޕީޖީ އޮފީހުން މިއަދު ވިދާޅުވީ، އަރްޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކަމަށާއި، އެ މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އަރްޝަދުއަކީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާއެކު ޖުމްލަ 9 މީހަކު ހައްޔަރުކުރިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި،އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުން ވަނީ އެ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލިފުޅުބެ

    އެކަހަލަ މީހުން އެހާ ފަސޭހައިން ދޫކޮށްލަނީ ކީއްވެބާ!

    16
  2. ކޮރަލް

    އޭނަ ދޫކޮށްލި ގާޒީ އަށް ފިޔަވަޅު އަޅަން ޖެހެ އެވެ.

    18
  3. ާސުރެން ސުރެން

    އޭނަ ޑޫކޮށްލި ފަނޑިޔާރަަމެދު ރަޙްޤީގު ހިންގަން ގޮވާލަން

  4. ޝީޒާ

    ހުރިހާވެސް މައްސަލަޔަކީ ރައްޔިތުންގެ މަޖިލީސް އެކަން ނޭނގޭ ކުޑަކުއްޖަކުވެސް މިހާރު މިގައުމުގަ ނެއް. ކޯޓްތައް އިސްލާހު ކުރަން ކަންކަން ރަގަޅުކުރެވޭނީ ތިމަންނާމެންނައް.................އެއޮތީ ސުޕަ މެޖޯރިޓީ ދީފަ ރައްޔިތުންނައް ފައިދާހުރި ކަމެއް އެބަކިރެވޭތަ

  5. ޖަކާޓާ

    ކޮރަޕްޓު ގާޒީ ބޭރުކުރޭ

  6. އަލީ

    ދޫކޮށްލާފަ ރައްޔަތުން ހަޅޭއްފަޅޭއް ޖަހައިގަތީމަ ހައްޔަރު. ކާކަށް ދައްކަން ކަލޭމެން ކުޅޭ ކުޅިވަރެއްތަ ތިއީ؟

  7. ހާޔާ

    އޭނަ ދޫކޮށްލީ ކީއްވެ؟އިއްޔެ ދޫކޮށްފަ މިއަދު ހައްޔަރުކުރީ ކީއްވެ؟މިނޫން އެހެން ގޮތަކަށް ކަމެއްކޮށްލަން ނުކެރެނީތަ؟ފާޅުގަ ދީނަށް ފުރައްސާރަ ކުރަމުންދިޔަ މީހަކުވެސް ދޫކޮށްލާފަ އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދިޔައިމަ އަނެއްކާ ހައްޔަރު ކުރީ.މީނަ ދޫކޮށްލި ފަނޑިޔާރު ހުރީ އޭނަކުރި ހުވައިގެމަތީގަތޯވެސް ބަލަންޖެހޭ.ބޮޑު ކުށްވެރިޔެއްވިއްޔާ ކޯޓަށް ގެންދާތަނުން ދޫކޮށްލަނީ.ދުވަހަކުވެސް މިގައުމުގެ ޝަރުއީނިޒާމް ރަނގަޅެއްނުވާނެ.އެިތުބާރެއްނުކުރެވޭ.

  8. އެމަންޖެ

    ހައްޔަރު ކުރާނެ ދޫކޮއްލާ ކަންވެސް ނޭގި ހުންނާނީ ދޫކޮށްލާފަ...ކީވެބާ އެނެއްކަ ހިފާ ހައްޔަރު ކުރަނީމި...މީހުންނައް ކަމެއްވާކަން ދައްކަންތަ.

  9. ނައީމް

    ސަރުޢީ ނިޒާމު ފައްކާވެއްޖެކަމުގަ ރައްޔިތުންގެ ގިނަމީހުން ތާއީދުކުރާ ސަރުކާރުން އަންނި އެއޮތީ ހާމަކޮށްފަ ދެން ކޯޓެކޭ ނުކިޔޭނެ ތީކުށެއް ލާނީ ޖަލަށް