އައްޑޫ ސިޓީ މަރަދޫގައި އާންމުންގެ މުދަލަށް ގެއްލުން ދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެރޭ ބަޔަކު މަރަދޫ އަށް އަރާ އެރަށުގެ އާންމުންގެ މުދަލަށް ގެއްލުންދީފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މަރަދޫ ފިހަރާއަކާއި ދެ ގެއެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި އެމީހުން ހައްޔަރު ކުރީ އައްޑޫ ސިޓީ ހިތަދޫންނެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށެވެ.