ދ. ބަނޑިދޫއަށް ހޮނުއަޅައި އެރަށުން ދިރާހުގެ ޚިދުމަތް ކެނޑިއްޖެ އެވެ.
މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ބަނދިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ހޮނުއެޅުމަށް ފަހު މުޅި ރަށުން ދިރާގުގެ ޚިދުމަތް ކެނޑިފައިވާ ކަމަށާއި، ހޮނު އަޅާފައިވަނީ ދިރާގުގެ އެންޓެނާއަށް ކަމަށެވެ.
މި ހާދިސާގައި މި އެންޓެނާ ކައިރީގައި ހުރި އެ ކުންފުނީގެ "ހަޓް" ގައި ހުރި ހުރިހާ އެއްޗެއްވެސް އަނދާފައިވާ ކަމަށް ބަނޑިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދިރާގުގެ ރައުޓަރު ވައްދާފައި އޮންނަނީ އެރަށު ޕޮލިސް ސްޓޭޝަނަށް ކަމަށާއި، ހޮނުއެޅި ވަގުތު ސްޓޭޝަންގެ ފާރުގައިވެސް ރެނދުލާފައިވާ ކަމަށެވެ.
ބަނޑިދޫގައި ހުރި ދިރާގު އެންޓެނާއަށް ހޮނުއަޅައި ގެއްލުން ލިބިފައިވާއިރު، އެ ރަށުގައި ބޭނުންކުރާ ދިރާގު މޯބައިލް ފޯންތަކުގެ އިތުރުން ލޭންޑްލައިންތަކުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައެވެ.
ބަނޑިދޫއަށް ހޮނުއަޅައި ގެއްލުންތަކެއް ލިބިފައިވާއިރު، ދ. އަތޮޅުގައި ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ އުއްދޫ އަށްވެސް މިރޭ ވަނީ ހޮނު އަޅާފައެވެ. އުއްދޫ އަށް ހޮނުއެޅި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހިނގެ ތެރެއިން އާފިލުގެ ނިދި ނިދާފަރިބިމީހުންނޭވެ ހޭލަކައްނުވޭތަ ﷲ ގެ މަގައް އެނބުރި އެމަގުން ކުރިޔައް ދިއުމައް އަވަސްވެގަންނަނީ ކޮން އިރަކުތަ
ކަލޭވެސް ހަމަ އެނިދިން ނިދާފަ ހުރި މީހެއް
ޔާ ﷲ އަޅަމެންގެ މަށްޗަށްމީ އިބަ ﷲ ގެ ކޯފާ އެއް ކަމުގައި ނުލަށްވާށި.އަޅަމެންގެ މަށްޗަށް ބަރަކާތް ލައްވާށި! އާމީން!
ފުރަތަމަވެސް ކަލޭގެ މައްޗަށް އަންނާނީ. ކަލޭ ތީ އަދި މާ ނުބައި މީހެއް.
ދަނޑުވެރިކަން ކުރަމުން އަންނަ ރަށެއްގެ ކަމުގައިވާ ދ. އުއްދުއަށް ވެސް ވަނީ ހޮނުއަޅާފައި ކަމަށް ވަނީ ރިޕޯޓްކުރެވިފައިއެވެ. އަދި މިރިޕޯޓާއި އެކުވަނީ އެހެންކަމެއް ވެސް ފަޅާއަރާފައެވެ.
އެއީ ދަނޑުވެރިކަން ކުރާން ދ. އުއްދު ނަގާފައިވަނީ ރިސޯޓެއް އޮންނަ އަދި އަލަށް ރިސޯޓެއް ހަދަމުންދާ ކުންފުންޏަކުން ކަމަށްވާތީ، އަލަށް ހަދާ ރިސޯޓަށް ރުށް، ގަސް ގެންދަނީ މިރަށުން ކަމަށް ބުނެވެއެވެ. އަދި ރުއްތަށް ނަގާފަ، ޖެޓީގައިވާ ކޮޅުވެއްޓިއަށް އެރުވުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ފޮޓޯ ތަކެއް ވަނީ ސޯޝަލްމީޑިއާގައި އާންމުފެވެފައެވެ. އަދި ދ.އުއްދުއިން ގިނަ އަދަދަކަށް ކަށިކެޔޮގަސް ރަށުގެ ގޮޑުދޮށު ފަރާތުން ނަގާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އީޕީއޭ އިން މިކަން ބެލުމަށް ދަންނަވަމެވެ.
#ސްޓޭހޯމް، #ވޮޝްހޭންޑް، #ސޭވްލައިވްސް، #ބީސްޓްރޯންގ
ތި މައްސަލާގައި ޕޮލިހުން ބުނަން ވީކަންނޭގެ. މިއީ ބަޔަކު ގަސްތުގައި ދިން ހަމަލައެކޭ. އޭރުން އައި އެސް އެސް އިން ޒިންމާ ނަގާފާނެ. އެމީހުން ބޭނުން ކަންކަން ވާބަޔަކަށް ވެގެން ކުރެޑިޓް ނަގާ ބިރުވެރިކަން އުފައްދަން.
ރަށަށްވުރެ ބަނދަރު ބޮޑު. ރައްޔިތުންގެ ފައިސާ އިސްރާފު.
އުރީދޫގެ އެންޓަނާ ކިހިނެއްބާ؟