ރީތި ބީޗް ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދާން ދަތުރުކުރަމުން ދޯންޏެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ކޮކޯ ބޮޑު ހިތި ރިސޯޓުގެ ހަ މޭލު ބޭރުގައި އޮތް ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވުމާއި ގުޅިގެން ފަޔާ ރެސްކިއު ޓީމް ހަރަކާތްތެރިވި ކަމަށެވެ. އަދި މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލިފާން ރޯވި އެ ދޯނީގައި ދެ ބިދޭސީންނާއި ދިވެއްސަކު ތިބެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް އަދި ލިބަފައެއް ނުވެއެވެ.
ލަފާކުރެވެ ގަސްތުގަ ރޯކޮއްލީކަމައް