ގަލޮޅު ދެކުނު ދާއިރާގައި ހުރި ގެތަކުގެ ތެރެއިން އެންމެ އަތްމަތި ދަތި 100 ގެއަކަށް އެ ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކާޑު ފޯރުކޮށްދެއްވުމަށް ނިންމަވައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ފެތުރެން ފަށާފައިވާ ކޮވިޑް-19 ރާއްޖެ އިން ވަނީ ފެނިފައެވެ. އަދި މިހާތަނަށް ރާއްޖެ އިން 84 މީހެއްގެ ގައިން ބަލި ފެނުނު އިރު، އޭގެތެރެއިން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ދަނީ ފަރުވާދެމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހުއްޓިފައިވާ އިރު، އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުން އަންނަ އެއް ބަޔަކީ ނިކަމެތި އާންމު ރައްޔިތުންނެވެ.

މީކާއިލް "ވަގުތަށް" މިރޭ ވިދާޅުވީ ދިމާވެފައިވާ ދަތި ދަނޑިވަޅުގައި ދާއިރާގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތަކާ މެދުގައި ވަރަށް ފުންކޮށް ވިސްނެވި ކަމަށެވެ. އެގޮތުން، ސީދާ ގޭގެއަށް ކާޑު ފޯރުކޮށްދޭން ބޭނުންވި ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

އެކަމަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަށް ތަބާވާ އިރު، ސީދާ ގޭގެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަކީ އުނދަގޫ ކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ. އެޗްޕީއޭ އިން ވަނީ ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު އެއްވެސް ބޭނުމެއްގައި މަގުމައްޗަށް ނުނިކުތުމަށް އަންގައިފައެވެ.

ނަމަވެސް، ތަނަވަސްކަން ހުރި މިންވަރަކުން، އަތް މަތި ދަތިކަމަށް ފާހަގަވާ 100 ގޭބިސީއެއް ފާހަގަކޮށް، ކޮންމެ ގޭބިސީއަކުން އެއް މީހެއްގެ އެކައުންޓަށް 500ރ. ޖަމާކުރަން ނިންމާފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ. އަދި އެ ފައިސާ ބޭނުން ކުރަންވާނީ ކާޑުގެ ބާވަތްތައް ގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެހާ ބޮޑު އަދަދެއް ނޫން. ނަމަވެސް މީގެން މިވަގުތަށް ކާޑުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް އުންމީދު ކުރަން،" މީކާއިލް ވިދާޅުވިއެވެ.

އަތްމަތި ދަތި 100 ގެއަށް 500ރ. މަގުން ދޭ ނަމަ، މީކާއިލް އޭނާގެ މުސާރަ އިން ބައި ލައްކަ ރުފިޔާ ގޭބިސީތަކަށް ހަދިޔާ ކުރައްވާނެއެވެ. މަޖިލިހުން ދާދި ފަހުން ގެނައި ބަދަލުގެ ސަބަބުން ކޮންމެ މެމްބަރަކަށް، މިހާރު މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 62،500ރ. އެވެ.

މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ދޮރުން ދޮރަށް ހިނގި އިރު، އަތްމަތި ދަތި ގޭބިސީތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ ގެތަކަށް އެހީވުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރިއަށްދާ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

"ގިނަ އާއިލާތަކެއް ވަނީ އަތްމަތި ދަތިވެފައި، ވަރަށް ގިނަ ބަޔަކު ވަޒީފާ އިން ކަނޑާލައިފި. ރޯދަ މަސް ވެސް ކައިރިވާތީއާ އެކީގައި ދޭ އެހީއެއް މިއީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަނޑޫ، ފުށް، އަދި ހަކުރު ބަސްތާއެއް ވެއްދޭ ވަރު ވާނެ،" މަޖިލިހުގެ އެންމެ ހަގު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މީކާއިލް ވިދާޅުވިއެވެ.

މާލޭގައި ކާޑުގެ ބާވަތްތައް ލިބޭ އަގުތަކަށް ބަލާ އިރު، ހަނޑޫ ކިލޯއެއް ލިބެނީ 4،80ރ. އަށެވެ. ހަކުރު ކިލޯއެއް ލިބެނީ 4.82ރ. އަށެވެ. އަދި ފުށް ކިލޯއެއް ލިބެނީ 3.8ރ. އަށެވެ. މިއިން ކޮންމެ ވައްތަރަކުން ބަސްތާއެއް އާންމު ގޮތެއްގައި ލިބެނީ 200 އެއްހާ ރުފިޔާއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން ބުނި ގޮތުގައި އެ ކުންފުނީގެ ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބެން ހުންނާނެއެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވިދާޅުވީ އެއް މަހަށްވާ ވަރަށް ކޮންމެ ރަށެއްގައި ކާޑުގެ ބާވަތްތައް ހުންނާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި 10 މަސް ދުވަހުގެ މުއްދަތައް ވާ ވަރަށް ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ބޭޗާރާ

    ސޯޝަލް މީޑިއާގައި މީހުން ހަޅޭއްފަޅޭއްޖަހައިގަތީމާ ހޭވެރިކަން ވީކަންވެސް ނަސީބު.

    54
    6
  2. ޔޔ

    ރަގަނޅު

    21
    6
  3. Anonymous

    ވ.ރަނގަޅު ނިންމުމެއް، އަތްމަތި ދަތިބަޔަކަށްކަން ހޭދަކުރަމުންދަނީ އިނގޭއިރު ﷲގެ ވަޖަހުފުޅަށްޓަކައި ހޭދަކުރާ ޞަދަގާތެއްކަމަށް ނިޔަތްގަނެގެން ނޫހުގަ ނުޖަހާ ތިގޮތަށް އިޝްތިހާރުނުކޮށް ސިއްރުން ހޭދަކޮށްފިޔާ ދެދުނިޔެއިން އެމީހަކަށް ހުންނާނެ ފައިދާތަކުގެ ކޮޅެއްނެތެވެ. މިހާރުވާނީ ކަންދެއްކުމަށްކަމަށްވެސް ވެދާނެ ވަރަށްދެރަ

    51
    7
    • ކެރަމް

      ކަލެޔަކާ ނޫން އޮތީ ހަވާލުކުރެވިފަ މީސްމީހުގެ ނިޔަތް ހުރިނެތްގޮތް ބަލަން އަމިއްލަ ނަފްސު ހިސާބުކޮށްލައިން ކޮންމެ ރެޔަކު ނިދާލުން ބުއްދިވެރި

      14
      16
  4. މީޒްލީ

    މިކާއީލް ހާދަ ރަނގަޅޭ ދެއްތޯ، ރީތި މިސާލެއް

    24
    25
    • ދދދދދ

      ދެއްކުންތެރިކަމެއް ނޫން؟ އިޝްތިހާރު ކޮށްގެންތަ އެހީތެރިވަނީ؟ ގުރުއާން ކިޔެވީމަ ދޯ ދެއްކުންތެރީ؟ ހހހހ

      10
      7
  5. ހަމްޒާ

    ރައްޔިތުން ނިކަމެތި ކުރި ސަރުކާރުގެ ތެރެއިން ރައްޔިތުން ނަށް 500ރ ބަހަނީ.

    42
    8
  6. ޙުސޭން

    ތެދެއްމެ، ރައްޔިތުން ތިބީ ވަރަށް ޙާލުގަ. ވިޔަފާރިތައް ހުއްޓިއްޖެ. ވަޒީފާތައް ގެއްލިއްޖެ. ސަރުކާރުން ދޭންބުނި އެހީއެއް އަދިއެއް ހަމަ އެކަކަށްވެސް ނުލިބޭ، މަބްރޫކް ބުނީ ބައެއް އެޕްލިކޭޝަންތައް ޕްރޮސެސް ކުރަމުންނޭ ގެންދަނީ، މިކަހަލަ ވަގުތެއްގައި މާ ޕްރޮސީޖާ ދިގުނުކޮށް ފައިސާކޮޅެއްް ރައްޔިތުންނަށް ލިބޭގޮތް ހަދާނެ ކަމަށް ހީކުރެވުނަސް އާދައިގެ ދުވަހުވެސް ހޯދާހާ ޑޮކިއުމެންޓްް ހޯދަންް ޖައްސާ ވަރަށް ދަތިކޮށް ތިކަން ކުރަމުންް ތިގެންްދަނީ. ތިއަށްވުރެ ފަސޭހަކޮށް ތިކަންވކުރެވޭނެ ގޮތެއް ހަދަންޖެހޭ

    31
    3
    • ނޯނަސް

      ދޮރުން ދޮރަށް ކެމްޕޭން ގަ ހިނގި ދުވަސްކޮޅު އެއްކޮށްފަ ހުރި މަޢުލޫމާތު، ވީމާ މިގޮތް ރަނގަޅުކަމަށް ފެނޭ.

      10
      • ދޮރުންދޮރަށް

        ދޮރުން ދޮރަށް ހިނގިއިރު އެއްކުރި މައުލޫމާތަށް ދައުލަތުގެ އެހީ ލިބޭގޮތަށް ލޯނު ނެގޭގޮތަށް ގާނޫނުތައް ނުހަދަނީ ކީއްވެ؟ ރަނގަޅު މައުލޫމާތެއް ވެއްޖިއްޔާ ނުހަދަންވީ ސަބަބެއް ނެތެއްނު.

  7. ޔަމީސް

    ކީއްވެތޯ ކުއްޔަ ދޭފަރާތްތަކުން ކުއްޔައްހިފައިގެން އުޅޭ ފަރާތްތަކު ގާތު ނުބުނަނީ.."މި ކަމުން ގައުމު ހަމަޔަކައް އެޅެންދެން ކުލި ބޭނުމެއް ނެތޭ..".. ކީއްވެގެންތޯ ސަރުކާރުން ނުބުނަނީ ގެދޮރު ބިނާ ކުރަން ލޯނުނަގައިގެން ގެދޮރު އެޅިފަރާތްތަކައް.." މި ކަމުން ގައުމު ހަމަޔަކައް އެޅެންދެން ލޯން ނުދެއްކިޔަސް ހެޔޮކަމައް.".. މިއީ ނޫންތޯ މިވަގުތު ރައްޔިތުންނައް ހެޔޮ އެދޭ ސަރުކާރަކައް ކޮއްދެވޭނެ ކަމަކީ..އަދި ހަގީގީ ސަރުކާރުގެ ރޯލަކީ..

    24
    1
  8. ސަމޭދާން

    ހުއްދައޮންޒޯންގެ އެއްވެސް ފިހާރައަކު ހަނޑޫހަކުރުފުއް ނުލިބޭ. ދެންފައިސާ ލިބުނަސް ކާޑުގަންނާނެގޮތެއް ބުނެބަލަ.

    19
    2
    • ސުމާދާން

      ކަލޭމެންނައް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ

      6
      10
      • ޝަގާ

        ކަލޭމެންނޭ ތިކިޔަނީ ނިކަމެތީންނައްތައް..؟

  9. ސަރީފް

    މިވަގުތު މީކާއީލް މައްސޫރުވުމައް ތިޔަކުރަނީ ރަނގަަޅުކަމެއް ސޮދަޤާކުރުން އޮންނަނީ ސިއްރުން ކަންދައްކާކައްނޫން

    9
    2
  10. ކަންދެއްކުން

    ކަންދަށްކަން ތިކަހަލަ ކަންކަން ނުކުރަށްވާ.... އެހެން މިދެންނެވީ ތިވާހަކަ ނޫހަށް ދޭކަށްނުޖެހޭ

    11
    2
  11. ޖައިޝް

    ހާލުގަ ޖެހިފައިވާ ފަރާތްތަކަށް ކުލި ދައްކަން ވެސް އެހީ ވެދެއްވާ.... ގެއިން ނިކުންނަން ޖެހުމަކީ ހިތްދަތި ކަމެއް....

    10
  12. ދޮގެއް؟

    ތިކަން ތިހެން ކޮށްފިއްޔާ ނޫނީ ގަބޫލެއް ނުކުރާނަން. ތީނަގެ ބޭނުން މިހާރު ފުދިއްޖެ. އެންމެން ތައުރީފް ކޮށްފި. އެއީ ބޭނުމަކީ. ހުސް ފޮނި ކަނޑާ ބައެއް. ކަރާގެ ސީ ހަސްފަތާލު މުޅިންވެސް. ފައިސާއަށް މޮޔަވެފަ ތިބި ބައެއް ތިވަރު ކަމެއް ނުކުރާނެ.

    9
    1
  13. މުހައްމަދު އިޝާން

    އަހަރެމެން ޥޯޓް ލައިގެން ހޮވުނު އިއްޒައްތެރި މެންބަރު އަލީ އާޒިމް ކޮބައިތޯ؟

    13
  14. ޚ

    ޢަލީ އާޒިމް ސަރަހައްދުގެ ފިހާރައަކުން ކާޑު ކޮޅެއް ވެސް
    ގަންނާކަށް ނުލިބޭ.. ކެމްޕޭނު ދުވަސް ވަރު ގުޅާވަރުން
    ޙީވަނީ އެހެން ކަމެއް ހެން
    ކޮބައިތަ ނިޔާ މެން ސިޓީ ކައުން ސިލުން ރައްޔިތުން
    ބަނޑަށް ޖެހޭއިރު... ކާޑެއް ނެތޭ...ފިހާރަ ތަކުގައި

  15. މަރީ

    ވަރަށް ރަނގަޅުކަމެއް. މިޚަބަރު އިވިގެން ކޮންމެ މެމަބަރަކުވެސް އެމެމްބަރެއްގެ ދާއިރާއަށް މިފަދަ އެހީއެއް ވެދެއްވާނެ ކަމުގެ އުއްމީދު ކުރަން. ކަންދެއްކެން ވިޔަސް ނޫނަސް ބަޔަކަށް އެހީއެއް އެބަ ލިބޭ.

  16. ޅަތީފް

    އެން މެ އަތް މަތި ދަތިވާނީ އެ މްޑީޕީ ކަލޭ ހޮވަން ވޯޓް ދިން މީހުން ލޮލް

  17. ހެހޭ

    100 ބޭފުޅުން އެކަނި ؟؟ އެހެންވީމަ ދެން އަންނަ ފަހަރަކު 100 ވޯޓް ހޯދައިގެން ހުރޭ ވަރަށް ވެދުން

    4
    1
  18. ޑައެލޯގް

    ބަލަ އަހަރުމެން މިއުޅެނީ ގަންނަންވެސް ނުލިބިގެން މިނިކާލޫ

  19. ހުލުމާލެ

    ހުލުމާލެ މެމްބަރު ކޮބާތޯ...މީކައިލް މިސާލަކަށް ބައްލަވާ...

  20. Anonymous

    ޞަދަޤާތަކީ އިޢުލާނު ކޮށް ނޫހުގަ ޖަހައިގެން ކުރަން ޖެހޭނެ ކަމެއް ނޫންކަން ކުޑަކުއްޖަކަށް ދަންނާނެ! އިޢުލާނު ކޮށްގެން ތިޔަ ކަހަލަ ކަންކަން ކުރާ ކަށް ނުޖެހޭ!

    1
    1
  21. ސިއާމް

    މި ލާރިވެސް ދޭނީ ކޮރަޕްޝަން ގެ ތެރެއިންބާ. ދައުލަތުގެ ބަޖެޓްއިން ނަގާފަތަ ދޭނީ.... ޓީއެމްއޭ އިން ދިންހަދިޔާ ގެ ޔެރެއިންތަ.... އިންޑިއާ އެމްބަސީ ..އިންޑިއާ އަށް ސަނާ ކިޔަން ދިން ލާރިންތަ