ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާއިރުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ގުޅުއްވާ ނުލެއްވެނީ ކޮން ހުއްދައެއް ނުލިބިގެންތޯ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.
ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވެ، ފައިސާ ޗާޕްކުރަންޖެހޭ ހާލަތަށްގޮސް، ޓެސްޓް ކިޓްތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ތަކެތި ހުސްވިއިރުވެސް ގައުމުތަކަށް އެހީވުމުގައި އެންމެ ކުރީގައި އުޅޭ ޗައިނާގެ ރައީސަށް، ރައީސް ސޯލިހް ނުގުޅުއްވާ ކަމަށެވެ. އަދި އެކަން ރައީސް ނުކުރައްވަނީ ކޮން ހުއްދައެއް ނުލިބިގެންތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.
Haalthu goasve, faisaa print kuraa hisaabah gos test kit thakaai si’hhee dhaairaa ah beynunvaa muhimmu thakethi husvi iru, gaumuge veriyaa ah,(gaumuthakah ehee ossamundhaa) China ge Raees ah foanun viyas gulhaanulevigen miulhenee konfaraathegge hu’dha eh nulibigen baa @ibusolih
— Mohamed Saeed (@em_saeed) April 23, 2020
ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން އަންނަނީ ރާއްޖެ އަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ޗައިނާގެ ރައީސް ޝީ ޖިންޕިން އަކަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދެއްވާފައެއް ނުވެއެވެ.
ނަމަވެސް އެމަނިކުފާނު ދާދިފަހުން ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅުއްވާ ވަނީ ރާއްޖޭގެ ހާލަތާއި ގުޅިގެން ވާހަކަދައްކަވާ މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ބަންގްލަދޭޝްގެ ރައީސް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ރައީސްއާ ވެސް ރައީސް ސޯލިހު ވަނީ ގުޅުއްވާ ކޮވިޑް-19 އާ ގުޅިގެން މަޗްވަރާ ކުރައްވާފައެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާއިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާ އެ ބަލި ކޮންޓްރޯލް ކޮށްފައެވެ. އަދި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުން ވެސް ވަނީ އެކަމުގައި ޗައިނާގެ އެހީތެރިކަން ހޯއްދާފައެވެ.
ހުއްދަދޭ ބޭފުޅާ މިވަގުތު އޮންނެވީ ޖަލުގައި>
ޗައިނާ ބަސް ނޭގޭތީ ހުއްދަ ނުލިބިގެން ނެނޫން
ޗަން ޗިން ޗޮން. މީ. ކިހާ ފަސޭހަ
ގެރި ހުއްދަ ނުދީގެން ޔަގީން...
މޯދީ ގެ ހާއްސަ ހުއްދަ އެއް ލިބިގެން ނޯ ތިކަންތަށް ވާނީ ރައްޔިޔުން ހަނާވިޔަސް ފަނާވިޔަސް ބަޑަށް މަރުވިޔަސް މޯދީ ދެކެވާ ލޯތްބަކަށް ބަދަލެއް ނުގެނެވޭނެޔޯ
ހަމަހިނިއަންނަނީ
ހައްހައްހާ.. މީހާދަ ލާނެތް ސަންތިމަރިޔަނބެ ކޭ
މަ ހުއްދަދިނީމަ ތިކަންވާނީ. މަނާވޭނެ އެހެންނޫނީ
ގުޅިއަސް ނުވެސް ނަގާނެވިއްޔާ.
??????????
ކިހިނެއް ގުޅާނީ ގެރި ބުއްދާ ނުރުހުންވާނެ. މަސައްކަތް ފަށާފައިވާ ބުރިޖު ހުއްޓިދާނެ
އިންޑިޔާގެ ހުއްދަ ނުލިބިގެން!
ބޭކަނބަލަކާ ގުޅާލުމުން ތިހާވަރެއް އަރަން ޖެހޭތަ ސައީދަކަސް.
އޭނ؟
ސިޔާސީ އޯ ސިޔާސީ?
ހޫނ. އެއްކަލަ ރީނދޫތައް. މަހީކުރީ މިހާރު ގޮވާ އެއްޗަކީ ފިތުނަ ފިތުނަ ކަމަށް ކިރިޔާ ނުރުހޭ އެއްޗަކު މީހަކު ބުނާ އިރަށް
ބަކަރި ކޮށީގެ ރައީސްގެ ހުއްދަ ނުލިބިގެން
މަޖުބޫރުތަ ޗައިނާއަށް ގުޅަން. ކަލޭ ގުޅާބަލަ.
ސީޖިންޕިންގެ ކުރީގެ ނަންބަރުން ނުގުޅޭތީ މިހާރުގެ ނަންބަރު ސައީދުއަތުގަ އޮތިއްޔާ އަޅުގަޑަށް ފޯރުކޮށްލަދެއްވާ. އޭރަށް އަޅުގަޑު ގުޅާލާނަން.
ވަރަށް ސަލާމް
އެއީ އންޑިއާ މޯދީ އާއި ކެނެރީގޭ ލަދު ކުޑަ މޯދީ ގެ ހުއްދަ ނިލިބިގެން
ޗައިނާ އަކީ މިކަމުގެ އެންމެ އެކުސްޕާޓުން ތިބި ތަން. ޗއިނާގެ އެހި ހޯދުން ވަރަށް މުހިންމު. މިދިގުލައިގެން ނުދާނެ ގޮތަށް ކަންކުރެއްވުން ވަރަށް މުހިއްމު. މިސަރުކާރަކަށް އެކަންވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.
އިންޑިޔާ ދަށުވެ ނަގޫ ފިތިފާ. އެނގޭ ދޯ އިންޑިއާއިން ދޭ މެލޭރިޔާ ބޭސް ބޭނުން ކޮއްގެން އެމެރި ކާގަ ވަރައް ބައިވަރު މީހުން އެއްފަހަރާ މަރުވި ކަން ވެސް . ރައްޔަތުން ނާމެދު ވިސްނާބަލަ
މިޤައުމު ނުރައްކަލަށް ވައްޓާލީ ތިޔަ ބޭފުޅާ. މިހާރު ދެން އިތުރަށް ރައްޔިތުންނަށް ތިޔަބޭފުޅާގެ އިރުޝާދެއް ނަޞީޙަތެއް ދެއްވާނެ ކަމެއްނެތް. ބޭނުމެއްވެސް ނުވާނެ. މިހާރު ރައްޔިތުން މިތިބީ ބިރުވެރިކަމުގެ ތުންފަތް މަތީގައި އަތަށް ފުރާނަ ލައިގެން ބަނޑުފުރާނަ މުއްތި ނުކުރެވިފައި. ޤައުމުގެ ދޮރާށިތައް ބަންދު ކުރާށޭ މިވައިރަސް އަށް ނުހުޅުވައްޗޭ ކިހާވަރަކަށް މީހުން އާދޭސް ކުރިތޯއެވެ؟ އެއާދޭސްތަކާއި އެޅިހާކަރުނަތަކަށް މަނިކުފާނު ދެއްވީ ބީރުކަންފަތެއް ނޫންތޯއެވެ؟ ދެން ސެލްފީ ނެންގެވެމުގެ ބަދަލުގައި އަވަހަށް އިސްތިއުފާ ދެއްވާށެވެ! ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއް ވަންދެން މަނިކުފާނު ޅ. އަތޮޅު ތަމްޘީލު ކުރެއްވި އިރުވެސް ކެއްކެވުނު ޑޮންޑޮނެއް ނެތްކަން އަތޮޅު މީހުން ޤަބޫލު ކުރެއެވެ. މަނިކުފާނަކީ ހިންގުމުގެ ޤާބިލްކަން ނެތް ބޭފުޅެއްކަން މިހާރު ރައްޔިތުން ޤަބޫލުކޮށްފިއެވެ. މަނިކުފާނަށް ދިވެހިރައްޔިތުން މުހިންމެއް ނޫނެވެ. މަނިކުފާނަށް މުހިންމީ މިފަސްގަނޑު އިންޑިޔާއަށް ވިއްކާލެވޭތޯއެވެ. މީގެކުރިން ވެރިކަން ކުރިބޭފުޅުންގެ ނޭއްގާނީކަމާއި ޤައުމަށް ޣައްދާރުވެ ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއެއް ގޮތުން މަލިކު އެއޮތީ އިންޑިޔާގެ އަތްދަށުގައެވެ. އެކަމުން މިއަދު އެކަނިވެސް ދިވެހިންނަށް ޢިބްރަތަކަށް ފުދެއެވެ. އަވަހަށް އިސްތިއުފާދެއްވާށެވެ! މަނިކުފާނު މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ވަޑައިގެންފިއެވެ.
އަންނި ހުއްދަ ނުދީގެން އިންޑިއާއިން ލައްކ އެހީ ދޭނެޔޯ!!
ވަކަ ސަޢީދު ކިހިނެއްވެގެންތަ މިޢުޅެނީ މިއޮއްފަދަ ހާލަތުގަވެސް
ވަކަ ސަޢީދު ކިހިނެއްވެގެންތަ މިޢުޅެނީ މިއޮއްފަދަ ހާލަތުގަވެސް
ވަކަ ސަޢީދު ކިހިނެއްވެގެންތަ މިޢުޅެނީ މި ހާލަތުގަވެސް