ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގުޅިފައިވާ ޕާޓީތަކުން ބާއްވާ މަޝްވަރާތަކަށް އަދާލަތު ޕާޓީގެ ފަރާތުން ލަފާ ދިނުމަށް ހާއްސަ ކޮމެޓީއެއް އުފައްދައިފިއެވެ.
އަދާލަތުން ލަފާ އެރުވުމަށް އުފެއްދި ކޮމެޓީގެ ބޭފުޅުންގެ ނަންތަކެއް އާންމެއް ނުކުރެއެވެ. އިދިކޮޅު ފަރާތް ތަކުން އިންތިހާބުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "އަށާރަ/ނަވާރަ"ގެ ނަމުގައި ވަނީ ކޮމެޓީއެއް ހަދާފައެވެ.
އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "އަށާރަ/ނަވާރަ" ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފަށް ލަފާ އެރުވުމަށްޓަކައި ނުވަ މެމްބަރުންގެ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. އެ ކޮމެޓީ އުފެއްދެވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.
އިދިކޮޅު ޕާޓީތަކުން އުފައްދާފައިވާ "އަށާރަ/ނަވާރަ" ކޮމެޓީއަކީ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ. އެ ކޮމެޓީގެ މުގައްރިރަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެވެ. ނާއިބު މުގައްރިރަކީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒެވެ.
ދެން މި ކޮމިޓީގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ޔުމްނާ މައުމުނާއި އާމިނަތު ނާދިރާއެވެ.
އިދިކޮޅު ފަރާތް ތަކުން އިއުލާން ކޮށްފައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭނީ ހުރިހާ ޕާޓީތައް ގުޅިގެންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓް ކަޑައަޅާނީ ވަކި ޕާޓީ ތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެ އެއް ކެންޑިޑޭޓް ކަޑަ އަޅާނީ ވަކި ޕާޓީތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތް ތަކުން ހުކުރު ދުވަހު އއ ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ވިދާޅުވީ، އިދިކޮޅު އެއް ކެނޑިޑޭޓެއް ހުންނާނެ ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެ ކެނޑިޑޭޓަށް ވޯޓު ދޭން ތައްޔާރުވުން ކަމަށެވެ.
އަދާލަތުޕާޓީއޭ ކިޔާ ޕާޓީން ދައްކަންވާނީ އެންމެ އަނގަހުތުރު ސިދާތާ ދައިތަ!
ސިދާތާ ކޮމެޓީގަ އިންނަން ކަމަކު ނުދޭ. ވާހަކަ ދައްކާކައް ނޭނގޭ ޗޭވެފަ އޮންނަންނީ
ކޮންމެވެސް މީހަކު އަނާރާއައް ބުރުގާއެއް ހަދިިޔާ ކޮއްލަބަލަ. އެންމެ 2 ބުރުގާ އޮންނަނީ. ޅޮލް
މި އަނާރާޔަށްވެސް ނުކެރުނު އީޔޫގެ ނިންމުމަށް އެއްޗެއްބުނަން. ކޮބާ ލަދު. މީނާ މީ ކޮންދީނެއްގެ ޢިލްމުވެރިއެއްބާ؟
ތިޔޮތީ މަޝްވަރާ ދިންދިނީނުން ޝައިޚުގެ ކޮނޑާ ކޮނޑު ދެޝައިޚާއިން ގެ ކޮނޑާ ކޮނޑުގައި ޖެހި ތާށިވެފައެންނުދޯ! އަދިވެސް ދީނޭ ހުންޏޭ ކިޔާކަށް ލަދުޙަޔާތެއްވެސް ނުގަނޭ މިޖަނަވާރުތަކަށް!!
ލަފާ ދޭން ކޮމެޓީ އަށް ލަފާ ދޭނެ ކޮމެޓީ އެށް ވެސް އަދި ހަދާނެ ކަންނޭގެ