ކޮވިޑް-19 އާއި ގުޅިގެން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ބޭހެއް ހޯދިފައި ނުވާ ބައްޔެއް ކަމަށެވެ. އަދި މި ބައްޔަށް ޑޮކްޓަރީ އެއްވެސް ބޭހެއް ހޯދިފައި ނުވާއިރު، އެ ބައްޔަށް ދިވެހި ބޭސްވެރިކަމުން ވެސް ވަކި ބޭހެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.
"މި ބައްޔަށް އަދި ބޭހެއް ނެތް. ދިވެހި ބޭހެއްވެސް ޑޮކްޓަރީ ބޭހެއްވެސް މިބައްޔަކަށް ނެތް. މި ބައްޔަށް ފަރުވާ ދިނުމަށްޓަކައި ހުރި އެކިއެކި ވިސްނުންތަކުގެ ތެރެއިން ޑޮކްޓަރުން ފަރުވާ މި ދެނީ. ބައްޔަކަށް ބޭހެއް ފެނުމަކީ މިހާރު ކުރެވޭ އެންމެ ކުރެވޭ އުންމީދު. ދިވެހި ބޭސްވެރިންވެސް މިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ބައްޔަށް ބޭސް ހޯދުމަށްފަހު، ބޭސްތައް ދެނެގަނެ އެބޭސްތަކަކީ އެއީ މި ބަލީގެ ބޭސްތަކެއްކަން ދަނެގަނެވޭނެ ހިސާބަތް ދިއުމުން، އެއީ ދިވެހި ބޭހެއް ކަމުގައިވިއަސް އަދި އެހެން ބޭހެއް ކަމުގައިވިއަސް ބޭސްވެރިކަމުގެ ހަމަތަކުގެ މަތިން އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ، ދިވެހި ބޭސްވެރިން މިކަމަށް އިސްނަންގަވައިގެން ބޭހެއް ހޯދުމައި މަސައްކަތް ކުރައްވާ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ވަރަށް އުފާ ކުރައްވާ ކަމަށެވެ.
ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް ކަހަލަ ފަރުވާއެއް ހޯދިފައިނުވާއިރު، ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނާއި ސައިންސްވެރިން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަނީ މި ބައްޔަށް ވެކްސިނެއް އުފެއްދުމަށެވެ.
ކޮވިޑުގެ ކަންތައް ތި ދިޔައީ
ﷲގެ އިރާދަފުޅުން ދިވެހި ބޭސްވެރިންގެ މަސައްކަތުގަ ބަރަކާތް ލައްވާށި.
ކޮވިޑޫ ފޮށި ތަންމަތި ތައްޔާރު ކުރޭ،
ޕްރެސް އާ ޙަމަ ދިމާ އިދިކޮޅައް......
ވަޓް އަ ބިގް ޖޯކު
ކަލޭ ފިދަނަ ެ އޭ ކިޔާނެ ކަމެއް ނެއް ފަރަންޖީ.. ދިވެހިންވަނީ ޕޯޖްގިޒުންގެ އަތްދަށުން ވެސް ހިމަޔަތްހޯދާ ފަ
...މިއީ އަދި ކުޑަ މިސާލެއް.. ﷲ ގެ އިރާދަފުޅުން ޢަހަރެމެންނަށް ކާމިޔާބް ވެދާނެ..ޓްރައި ކުރުމކުން ނެތެންނު މައްސަލަ އެއް..ކަލޭމެން ސުކޫލުގަ އުޅުން އިރުވެސް ފާސް ނުވެއްޖެއްޔަ އަލުން މަސައްކަތެއްނު ކުރަނީ.. އިންޝާﷲ ކާމިޔާބު ވާނެ..
ޙަހަހަހަހަާ..
މި ވައިރަސް އައިފަހުން އިވުނު އެންމެ މަޖާ ހަބަރު މީ...
ދިވެހިބޭސް ކުރަން ކޮޑިވް އަށް...؟؟؟
ޢަދިވެސް ހޭލުންތެރިއެއް ނުވޭ ދެއްތޯ ؟؟؟
ދިވެހިން ފަހަރެއްގައި އުފައްދަފާނެ
ހަމަވިސްނޭ މިނިސްޓަރަކު ތިޔަ މިނިސްޓްރީއަށް އަދި ކިރިޔާ ތިޔަ ލެވުނީ. މިއޮތްހާ ދުވަހު ދިވެހި ބޭސްވެރިންނަކީ ތާކުންތާކުނުޖެހޭ ބަޔަކަށް ހަދައިގެން އުޅުނީ. ދިވެހި ބޭސްވެރިންގެ ތެރޭގައިވެސް ހުނަރުވެރި ހިކްމަތްތެރި ބޭސްވެރިން ތިބޭނެ. ތަޖުރިބާކާރުން ތިބޭނެ. މާތްﷲ ބަޔަކަށް ރަޙްމަތެއް ލައްވަފާނެ. އެއީ އެމީހާ އުފަންވާ ތަނަކުން ވާކަމެއް ނޫން. ގަދައަޅައި މަސައްކަތް ކޮށްފީ ވިއްޔާ ﷲ ގެ ހެޔޮރަހްމަތުން ދިވެއްސަކަށްވެސް ފަރުވާއެއް ހޯދިދާނެ.
ދިވެހިންނަކީ ބަޑިބޭސް ހަދައިގެން ބަޑިޖަހައި އުޅުނު ބައެއް. ދިވެހިންނަކީ ކަޑިފާރު ބޭސް ހަދައިގެން ބޮޑެތި ޒަޚަމްތައް ފަސޭހަކުރި ބައެއް. ދިވެހިންނަކީ ދަގަޑު ފީކުރާ ބޭސް ހަދައިގެން ބޭރުން ގެންނަ ވަރުގަދަ ބޮޑު ބަޑީގެ ކަންފަތް ފީކުރި ބައެއް. ދިވެހިންގެ ހުނަރު ދޫކޮށްފައި ބޭރުގެ ކަންކަމަށް ރޭރުވެގެން އުޅުމަށްވުރެ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރުން ބުއްދިވެރި. ހިކްމަތާއި ހުނަރަކީ ވަކި ބަޔެއްގެ މިލްކެއް ނޫން. އެއީ ހިންމަތާއެކު މަސައްކަތްކުރާ ކޮންމެ ބަޔަކަށްވެސް ލިބޭނެ އެއްޗެއް.
މާޝާﷲ
ބަޑިބޭސް ހަދައިގެން ބަޑިޖެހުމަކީ މާމޮޅުކަމެއްތަ، އެކަންނުކުރާބަޔަކު އުޅޭތަ.
ދިވެހިން މޮޅުވާނީ މަހައްގޮސް ރުކައްއަރާ މިހިން އުޅެން..
ޢެކަންވެސް ލަންކާ މީހުން އަހަރުމެއްނައްވުރެ މޮޅަައް ކުރޭ..
ޢެއީ މައްސަލައެއްވެސް ނޫން، ރާއްޖޭ މި އުޅެނީ ދެމީހުންނާ ފަޅި، އެހެން ތަންތާ މިލިއަނުން އުޅޭ، އެހެންވީމާ އޯކޭ
އޭ މިހިރަ އިބޫ، ކަލޭ ތިއެނީ އަހަރުމެން ދުނިޔެ ކުރިމަތީ ފަލީހަތް ކޮއްލަންތަ ؟؟
ބޮޑު އާވި ގުޅައެއް ކާލާފާ، ބަނޑުގަ ބާމް ކޮޅެއް ހާކާލީމަ މީހަކު ކިއާނެ ކަމެއް ނުހުނާނެ..
މަވެސް ބޭސް ހަދަން ނިންމައިފިން، ކޮޑިވް އަކައް ނޫން އަމީނު ބޮލައް..
ކޮންމެސް މީހެއް އަވަހާ ގޮސް ބުނެބަލަ ކޮޑިވް ޖެހެނީ އެތެރެ ހައްޓަށޭ ދިވެހި ހަކީމުން ކައިރީ..
އެހެން ނޫނީ އެ ހަދާބޭސް ޖެހޭނީ އުނގުޅަން ބަނޑުގަ.
މިކަން ވެސް މިވީ ޖޯކް އަކައްތާ.
ކަލޭމެން ކުރާކަމެއް ވަގައް ކުރޭ މުޅި ދުނިޔެ އައް އިއުލާން ކޮއްފަ ގޮސް ރުއްގަލުބޭސް އެޅީމަ ހުރިހާ ލަދެއްގަ ބެދޭނީ އަހަރުން
ދެން ކޮންމެސް ނަންނޭނގޭ ޒާތުގެ ފަތްތަކެއް ހޯދާފަ އެއިން ދިޔަ ފެލާފާ ބޮއޭ، ވާއެއްޗެއް ވާން..
ޗިކިންގުންޏާ ފެތުރުނުއިރުވެސް ޑޮކްޓަރީ ބޭހެއް ވާކެއްނުކުރޭ، ނަމަވެސް އަލްމަރްހޫމް ޑރ. މާވާ މުހައްމަދު މަނިކު، ދެއްވި ބޭސް އެންމެ ހިނގީ އަދި އެންމެ ރަގަޅު އަވަސް ފަރުވާ އެއްލިބުނީ. އަޅުގަނޑު މިއީ އެކަން ތަޖުރިބާ ކުރި މީހެއް. އޭރު މާވާ ދުނިޔޭގަ ހުންނެވި. މަރުހޫމްގެ ފާފަ ފުއްސަވާންދޭވެ. އަމީން.
ތިބުނާ މަނިކުވެސް ލެބޯޓަރީއެކޭކިޔާ ތަންކޮޅެއް ސާފުތާހިރު ތަނެއްގަ ހަމަ ތިބޭސް ހެދިނަމަ އެއަށް ކިޔާނީ ޑޮކްޓަރީބޭހޭނޫންތަ. ކޮބާތަ ދިވެހިބޭހަކީ އަސްލު؟
ޗިކިންގުންޏާ ޖެހިގެން އަޅުގަނޑު ކުރީ ދިވެހި ބޭސް 7 ދުވަހުން ރަނގަަޅުވި.
އިބޫ ބޮލުން އިސްތައްޓެއް ބޭނުންވަނެ ދިވެހި ބޭސް ކުރަން
އާތްތެރި، ކޮޑިވްގެ ޒަމާން ތިޔަ ދިޔައީ
ދިވެހޖ ބޭސް ހަދަން އެކްސްޕެރިމެންޓު ކުރުމުގައި ވައިރަސް ރާއްޖޭގައި އިތުރައް ފެތުރިގެން ހިނގައިނުދާނެގޮތަކައް ބޭސްވެރިންގެ އަމަލުތައް އަދި އޮޕަރޭޝަންތައް ބެހެއްޓުން ވަރައް މުހިންމު.
އަހަރެން ނުކުރާނަންް ތިޔަބޭހެެއް، ބޭސް ކުރާ މަތިން މަށައް ލާރިދިނަސް
އަމީންތިއީ ރާއްޖޭގެ ސިއްހަތާއިބެހޭ މިނިސްޓަރ ދިވެހިބޭސްވެރިން މިބައްޔަށް ފަރުވާއެއްހޯދުމަށް މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބެޔޭބުނުމަކީ ފަޑު ބުނުމެއް އެއީ މަނިކުފާނަށް އެގިފައި އޮންނަންވާމެކަމެއް އަދި ދިވެހިބޭސްވެރިން އެފަދަ މަސައްކަތެއްކުރާނަމަ ސަރުކާރުން އެކަމަށް ކޮންމެވެސްވަރަކަށް ޚަރަދުވެސް ކޮށްލަދޭންޖެހޭނެ ވާނުވާ އެގެންވެސް ބެލެންވެސް ޖެހޭނެ
(( ނުރައްކާތެރި ކޮވިޑް-19 ވައިރަހަށް ބޭހެއް ހެދުމުގެ މަސައްކަތް ދިވެހި ބޭސްވެރިން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. )) ދިވެހިންނަކީ ވަޞީލަތްމަދު ބަޔަކަށްވާއިރު، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ސައިންޓިސްޓުންނަށް ވެސް ފަރުވާއެއް މިބައްޔަށް ހޯދިފައި ނުވާއިރު ދިވެހިބޭސްވެރިން އަތުން ބޭހެއް ލިބޭތޯ ބެއްލެވުމުގެ ބަދަލުގައި ބޭހާއި އިންސާނީ ވަޞީލަތް ދޭން ތައްޔާރަށް އޮތް ޤައުމެއްގެ އެހީތެރިކަމަށް އެދިވަޑައި ނުގަންނަވާނަން ދެއްތޯއެވެ؟
* އަމީނީ މަގުގައި ހުންނަ މަޝްހޫރު "އޮޑެގައްލާ" ރެސްޓޮރާންޓް ގެ ބާނީ އޮނަރަބަލް އަމީން އެވެ. ނިކަން ޗައިނާގެ އެހީތެރިކަމަށް އެދިވަޑައި ނުގެން ތިޔަ ހުންނަވަނީ ނިކަމެތި ދިވެހި ރައްޔިތުން މަރާ ހުސްކޮށްލަން ދެއްތޯއެވެ؟ އިންޑިޔާއިން ދިވެހިރައްޔިތުންގެ މާލިއްޔާ ލޫޓްވައިގެން ބޮޑުއަގުދީފައި ގެނައި 50000 (ފަންސާސްހާސް) ބޭސްގުޅަ ދީގެން 50 ހާސް ދިވެހިން މަރާލުމަށްފަހު އިންޑިޔާގެ 50 ހާސް ރައްޔިތުން މިބިމުގައި އާބާދުކުރުމުގެ ދުރުވިސްނުންފުޅު ދެއްތޯއެވެ؟ އިންޑިޔާގެ ގެރިމޯދީގެ ދެކެ ގަންނާ ކުރައްވާ ބިރުން ހަމަ ދިވެހި ފަސްގަނޑަށް ހިންދީން ދަހިވެތިވެފައިވާލެއް ބޮޑުކަމުންނާއި، ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރުތައް އިންޑިޔަން ކަރަންސީ އަށް ސްވޮޕްކޮށް، މަދުފައުނު ކޮޅަކަށް ދިވެހި ފަސްގަނޑު ނީލަން ކިޔުއްވުގެ ވިސްނުންފުޅުގަ ދެއްތޯއެވެ. ޝުކުރިއްޔާ!
މަސައްކަތުގައި ބަރަކާށް ލައްވާ ކާމިޔާބަށް އެދި ދުޢާ ކުރަން.
ދިވެހި ވެކްސިނެއް ހަދާ ފަތްޕިލާވެލި ބޭނުން ކޮއްގެން.
ހަނދާން ހުންނަން ފެށީއްސުރެ އަހަރެންނަކީ ގޭސްޓްކިކަށް ބޭސްކުރަމުން ދިޔަމީހެއް، އެތައް ޑޮކުޓަރުންނަކަށް ދެއްކުނު، ތަފާތު އެތައް ބޭހއް ބޭނުން ކުރެވުނު، ވީއެއްކަމެއްވެސް ނެތް، އެންމެ ފހުން ހެދީ ދިވެހި ބޭހެއް، ﷲ ގެ އިރާދަފުޅުން ވަރަށް ކާމިޔާބު،
ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްގެއް. އިންޝާ ﷲ ކާމިޔާބުވާނެ.
ސަރުކާރުން އުޅެނީ މީ ކުޅޭ ކުޅޭ ކަމަކައް ހަދައިގެން
ކައިހުސްކޮފި. ފިލަންއުޅުމުގެ ސިގުނަލް އެންމެން ސަމާލުވޭ !!!!
ޗައިނަގައިވެެސް އެންޝިއެންޓް ޗައިނިސް ބޭސް ކޮވިޑްއަށް ބޭނުން ކުރިކަަ މަށްވޭ. އެހެންވީ މަ މިއީ ރަނގަޅު ކަ މެއްކަ މަައް ދެކެން ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
ތިޔައީ ނުވާނެ ކަމެއް ކަމަކަށް އަޅުގަނޑު ނުބުނާން. އެއީ ކޮވިޑް-19 ނޫން ނަމަވެސް ކިޑްނީގެ ވަރަށް ނުރައްކާތެރި ބައްޔަކަށް ދިވެއްސަކު ހެދި ދިވެހިބޭހަކުން ޝިފާލިބި މުޅިން ބަލި ފަސޭހަވެފައިވާތީ. މިކަންވީގޮތަކީ އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސަކު ކިޑްނީގައި ހިލައުފެދި އެބަލި ބޮޑުވެ އުޅެވޭވަރު ނުވެގެން ލަންކާ އަށާއި އިންޑިއާ އަށްގޮސް އެތަކެއް ޑޮކްޓަރުންނަށް ދައްކައިގެން ކުރި މަސައްކަތުން ކިޑްނީ ނެގުން ނޫން ގޮތެއް ނެތްކަމަށް އެދެޤައުމުގެ ޑޮކްޓަރުން ބުނުމުން (އެއީ އާސަންދައިގެ ދުވަސްވަރު ކަމުގައިނުވާތީ) އެވަރުގެ އޮޕަރޭޝަނެއް ކުރުމަށް ޚަރަދުކުރާނެ ފައިސާ ނެތުމުން މާލެ އައިސް އަލްމަރްޙޫމް ހީރާ ޔޫސުފް ފުޅަށް ދެއްކުމުން ބުނުއްވީ އެއްލާހި ފަޅޮލު އޮށާ އެއްލާހި އަސޭމިރުހާ ބައިގާ ވަކިފުލާ ގެނައުމަށް. މިތަކެތި ގެންދިއުމުން އިތުރު ތަކެތިވެސް އަޅުއްވައިގެން އެހެއްދެވި ބޭހެއް ހައްދަވާފައި ދެއްވި އިރު ހުރީ ފުނައޮށް ސައިޒަށް ވަށާފަހުރި ގުޅަތަކެއް. ދެއްވާފަ ބުނުއްވީ ދުވާލު ދެއިރު އިރަކު ވާރޭފެނުގަ ގިރައިގެން އެއްގުޅަ ބޮއިފަ އަނެއްގުޅަ މޫދުލޮނުގަ ގިރާފަ ބަނޑުގަ ކިޑްނީ އިންނަ ދިމާލުގަ ވަށާފަ ހޫނުކުރަން. ބޭސް ދެއްވާފަ ބުނުއްވި ބޭނުންކުރަން ފެށީމަ ކުޑަކަމުދާއިރު ވަރަށް ތަދުވާނޭ އެކަމާ ބިރުނުގަންނާށޭ. މިބޭސް ބޭނުންކުރަން ފެށީމަވެސް ލުއިވާން ފަށައިފި. ތިންހަފްތާ ވަންދެން ބޭސް ގައިދުން ބޭނުން ކުރިއިރު ތަދާއި އުނދަގޫތައް މުޅިން ފިލައިފި. ބޭސް ހުސްވުމުން ދައްކަން ދިޔައިމަ ބުނުއްވީ ތިޔަހަރީ މުޅިން ރަނގަޅުވެފައޭ ޔަގީންކުރަން އިންޑިއާ އަށް ގޮސް ޓެސްޓް ހަދާށޭ. ދެން އެމީހުން އިންޑިއާއަށް ގޮސް ހަމަ އެޑޮކްޓަރ އަށް ދައްކައިގެން ޓެސްޓް ހެދުމުން ނަތީޖާ ބަލާފަ ޑޮކްޓަރ ވެސް ހައިރާންވެގެން އިތުރު ޓެސްޓްތަކެއްވެސް ހެދި. އަދި ބުނީ މިހާރު ކިޑްނީގަ އެއްވެސް މައްސަލައެއް ނެތޭ. ކޮންތާކުން ކާކުހޭ ބޭސްކުރީ. މިއީ އަޅުގަނޑުގެ ކުރިމަތީގަ ހިނގާފައިވާ ކަމެއް. ބަލިމީހާ ގޮވައިގެން ހީރާ ޔޫސުފް ފުޅު ގާތަށް ގޮސް އުޅުނު މީހަކީ އަޅުގަނޑު. އެހެންވީމަ ކޮވިޑް-19 އަށްވެސް ދިވެހިބޭހެއް އުފެއްދިދާނެކަން އަޅުގަނޑު ގަބޫލުކުރަން. އަޅުން ކުރާނީ މަސައްކަތް. ތަވްފީޤް ދެއްވުން ވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށް. ވަﷲ އަޢްލަމް.
އަދި ދަންނަވަން. އަޅުގަނޑު މެދުވެރިވެގެން އިސްވެ ދެންނެވި ކިޑްނީބޭސް ތިން މީހަކަށް ހީރާ ޔޫސުފް ފުޅު ހައްދަވައި ދެއްވިި. އެތިން މީހުންވެސް މާތްﷲ ގެ ވާގިފުޅާއިއެކު ރަނގަޅުވި. މިހާރުވެސް ދުނިޔޭގައި ހެޔޮޙާލުގައި އެބަތިބި. އެމީހުންގެ ހުއްދަ ލިބިއްޖެނަމަ ނަމާއި ގުޅޭނެ ނަމްބަރު ތިޔަ ބޭފުޅުންނާއި ހިއްސާ ކުރާނަން.
ދިވެހިން ދިވެހިންގެ ބޭސް ވެރިކަން ދެރަކުރާ އިރު ހަގީގަތް ވެސް ވިސްނާލުން ރަނގަޅު ތިބުނާ ޑޮކުޓަރީ ބެހުން ނުވި ކިތަމެކަމެއް ދިވެހި ބޭހުން ވެސް ކޮއްފަ އެބަހުރި ! ޢެކަމުން ކިތަމެބަޔަކަށް ޟިފާ މާތްﷲ ދެއް ވިކަން
ޢެންގޭނެ ދިވެހިންގެ ތެރޭ ތިބޭނެ ! ޖޯކުޖަހާބަޔަކު ތިބިކަމުގަވީނަމަވެސް ކުރާނެ ކަމެއް ނެތް ! ބޭރުގެ ގިނަ ގައުމުތަކުން ބޭސް ކޮށް ލައްކައިން ރުފިޔާ ދުވާލާފަ ދަރިނުލި ބިގެން ބޭސް ކުރި ކިތަށް ދިވެހިން ނަށް ތޯދިވެހިބޭހުން މާތްﷲ ގެހެޔޮރަހުމަތުން ދަރިން ލިބިފަ ތިބީ ދެމަފިރިން އިނދެގެން އުޅޭތާ 15 ނުވަތަ 20 އަހަރު ދުވަސް ފަހުން ! ފުއްޕާމޭ ފާރުވެ ދޮސްހެދި ގެން ތިބުނާ އިންޑިއާ އިންބޭސް ކޮށް އުންމީ ދުކަނޑާލި މީހުން ވެސް ދިވެހި ބޭސް ކޮއްޟިފާލި ބިގެން ތިބުނާ އިންޑި އާއިން ފަހުން ޓެސްޓު ހަދާފަ މިހާރު ރަންގަ ޅުވެފައޭ ބުނެފަ އެބަހުރި ރުއްގަލު ބޭހެއް ނުކުރެޔޯ ބުނީ ! ބޯބޭސް ތަކެކެކޯ ބޯން ދިނީ ! ޥީމާދި ވެހިބޭސް ވެރިން ވެސް ތިބޭ ރަން ގަޅު ! ގައިގެ ތަންތަން ބިންދި ! ޢެތެރެ ހަށިން ލޭ ލާ ކިތައް މިހުން ތޯރަނގަޅު ވެފަހުރީ މީވެސް ޑޮކުން އުންމީދު ކަނޑާލި ބައެއް ! ދިވެހި ބޭހަކީ ހަމައެކަނި ރުއްގަލު ބޭހެއް ނޫން ! ޥީމާ ދިވެހިބޭސް ވެރިން ނަށް ވެސް ތިބައްޔައް ޟިފާއެއް ހޯދިދާނެ މާތްﷲ ގެހެޔޮ ރަހުމަތުން ! ޢެކަލާނގެއީ ހުރިހާ ބައްޔަކައް ޟިފާދެއް ވާ ރަސްކަލާނގެ ! ޢިންޟާﷲ ! ޢަހަރެމެންނަށް މާތްﷲ ހެޔޮރަހުމަތް ލައްވާންދޭ! ޢާމީން ! ޢާމީން !
ކެނެރީ ވެކްސިން ދީބަލަ... ރީނދޫ ކުދިންނަށް
ވަޓްއަ ގުޑް އިނިޝިއޭޓިވް ދިވެހި ބޭސްވެރިން. ބަޔަކު ޖެއްސުން ކުރިއަސް ހުއްޓާނުލާތި. މިތިބީ ތިޔަ ބޭފުޅުންނާއެކު.
اللہ ގަންދީ ބުނަން ، މި ދިވެހިންނަށްވުރެ ބޮޑާ ކިބުރުވެރި މީހުނަށް މަލާމަތްކޮށް ފުރަށްސާރަ ކުރާ ބަޔަކު މި ބިންމަތިން ނުދެކެން . އަހަރެންނަށް ދިމާވި މައްސަލައެއް އިންޑިއާ ލަންކާ އަދި ރާއްޖޭގެ ހޮސްޕިޓަލް އަކުންވެސް ރަންގަޅުނުވެގެން މާ ވާ މުޙައްމަދު މަނިކް ކައިރިޔަށްދިޔައީ އެ ޥެނުގަ އުޅެންޖެހިގެން އޮފީހަށް ސަލާމް ބުނަންޖެހިގެން ސަރޓިފިކެޓެއް ހޯދަން . ގޮސްފަ އެކަމަކު ވާގޮތްވެސް ކިޔާދިނިން . ޜަނގަޅުވާނޭ ހިތަންއަރާފައެއް ނޫން . ޢެކަމ މުހައްމަދު މަނިކު ދެއްވި ތިންގުޅަ ބޭސް އަޅުގަނޑު ކެއިން .ފުރަތަމަ ގުޅަ ކެއުމުންވެސް ލުއި ވާހެން ހީވި . ތިންގުޅަ ބޭސް ކެވުން އިރު އެއްކޮށް ރަނގަޅު ވި އަލް ހަމްދު ލިއްލާހި. 6 ޢަހަރު އެ ވޭނުގަ އުޅެ ބޮޑު ހޭދައެއްވެސް ކުރިން . ޢެހެންވީމަ މަލާމަތް ނުކުރޭ . ޢެ އީ މުއުމިނުންގެ ސިފައެއް ނޫން . ދިވެހި ބޭހޭ ކިޔަސް އެ ޢީ ދުނިޔޭގެ ހުރިހާ ޤަވްމެއްގަހެން ކުރާ ކަމެއް. ތަންކޮޅެއް ހޭލުންތެރިވެބަ . ތީ އެއްކަލަ ދހަރިންނަށް ހުސް އެކަނި އިނގިރޭސި ކިޔަވަދޭން އުޅޭހެން ތި އުޅެނީ . އިނގިރޭސި އެ އީ ބަހެއް. ޢިލްމެއް ނޫން. ޢެކަމް އިނގިރޭސިން ފާސްވީމަ އެވީ މާ މޮޅު މީހަކަށް . ޢެހެން ތިވަނީ .
ޗިކިންގުންޏާ ޖެހިގެން އަޅުގަނޑު ކުރީ ދިވެހި ބޭސް 7 ދުވަހުން ރަނގަަޅުވި.
މިގޮތައް ކީއްވެގެންތޯ ގާނޫނާ ޙިލާފައް މިއުޅޭ ބޭރުމީހުން ހިތުހުރިގޮތަކައް އުޅެމުންދާއިރު ހައްޔަރުނުކުރެވެނީ ޕޮޒްޓިވްވެގެން ބޭރުމީހަކު ފިލައިފިއްޔާ މިބުނަނީ 14 ދުވަހުތެރޭގަ ރަނގަޅުވެދާނޭ ކޮންމެހެން ހޯދާނެކަމެއް ނެތޭ އެކަމަކު ދިވެއްސެއް ޕޮޒިޓިވްވެގެން ފިލައިފިއްޔާ ހޯދައިގެން ޖަލައް މީތޯ ތިޔަ ހިންގާ ގާނޫނުގަ އޮންނަގޮތަކީ ޓީވީތަކައްއަރާ މިގައުމުގެ ރައްޔިތުންނައް އެއްޗިހިކިޔާ ރައްޔިތުންނާ ހެދިއޭ ގިނަމީހުންނައް ބަލި ޖެހެނީ ކިޔައިގެން ވާހަކަ ދައްކާއިރު އެންމެގިނައިން ޕޮޒިޓިވް ވަނީ ހަމައެއް ލަމައެއް ނެތި ގާނޫނާޙިލާފައް މިގައުމުގަ އުޅޭ ބިދޭސީން މިމީހުން ހިފާ ހައްޔަރުކޮއް ފޮނުވައެއް ނުލެވޭނެ އާނމް ރައްޔިތުން ނައް