ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް އިރު، އެތަނުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވަރަށް ދޭ މަންޒަރު ކަމަށް މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަން ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު އަށް އޭރު ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔައީ އިދިކޮޅުން ހުށަހަޅާ މައްސަލަތައް ހިފަހައްޓާ ވާހަކަ ކަމަށެވެ. ނަމަވެސް މިހާރު އޮތް ސަރުކާރުގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރުން ހުށަހަޅާ މައްސަލަތައް ހިފެހެއްޓުމަށް ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ މިއީ އެމްޑީޕީގެ ތެރޭގައި ކުރިއަށްދާ ބަޣާވާތެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެމޑީޕީގެ ފުރަތަމަ ސަރުކާރު އައި އިރު މަޖްލީހުގެ މެޖޯރިޓީ ނެތި ސަރުކާރުންރައީސް ފޮނުވި ބަޖެޓާ އެހެންކަންކަން ޑީއާރޕީ މެމްބަރުންނަށް ސަލާންޖަހައިގެން ވޯޓުހޯދާ ފާސްކޮށްދިނީ އަޅުގަނޑާ ރައީސްއިބޫ ކަން އެނގޭ ނެއެވެ މިއަދުސުޕަމެޖޯރިޓީއޮވެ އެމީހުންގެ ރައީސް އެމީހުން ހަވަރައްދެނީއެވެ
— Moosa Maniku (Reeko) (@ReekoMoosa) April 25, 2020
މޫސަ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އައި އިރު މަޖިލީހުގެ މެޖޯރިޓީ ނެތި ވެސް ސަރުކާރުން ރައީސަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓާއި އެހެން ކަންކަން އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ މެންބަރުންނަށް ސަލާން ޖަހައިގެން ވޯޓު ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާ ކަމަށެވެ.
"މިއަދު ސުޕަ މެޖޯރިޓީ އޮވެ އެމީހުންގެ ރައީސް އެމީހުން ހަވަރަށްދެނީ،" މޫސަ ވިދާޅުވިއެވެ.
މަސީޙުގެ ރައީސްކަމުގަ މަޖްލީހުގާ ތާށި ކުރާ ކަމަށް ތުހުމަތު ކުރަނީ އިދިކޮޅު ޕާޓީން ފޮނުވާ މައްސަލަ ތަކެވެ
މިހާރު މަޖްލީހުގާ މި ތާށި ކުރަނީ ސަރުކާރުން ފޮނުވާ މައްސަލަތަކެވެ
މެޖޯރިޓީ އަކީ ސަރުކާރެވެ.
އެމް ޑީ ޕީ ގެއެތެރޭގެ ބަޣާވާތެއްބާއެވެ— Moosa Maniku (Reeko) (@ReekoMoosa) April 26, 2020
ރައްޔިތުންގެ މަޖިލީހުގައި އެންމެ ހޫނުކޮށް ބަހުސް ކުރެވެމުން ދަނީ ދައުލަތުގެ ހަރަދުގެ ޒިންމާ މަރުކަޒީ ބޭންކުން ނަގާގޮތަށް ފާސްކުރުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ފާސް ކުރި ނަމަވެސް، ބައެއް ކަންކަމުގައި ސުވާލު އުފައްދަވައެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް މެމްބަރުންގެ އޮތީ ފިނޭންސުން ހުށަހެޅި ކަރުދާހުގައި ތަފްސީލްތައް ހިމަނާފައި ނެތުމެވެ.
މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދަށް އަންނަނީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މީގެ ކުރިން ރާއްޖޭގެ އިގްތިސާދުގެ ބޮޑު އިންސައްތައެއް ބުރަވެފައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއަށް ކަމަށްވާއިރު މި ވައިރަހުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. އަދި އޮން އެރައިވަލް ވިސާ ދިނުން ވަނީ މެދުކަނޑާލައިފައެވެ.
ފަތުރުވެރިން ނައުމުގެ ސަބަބުން ރިސޯޓުތަކުގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބައެއް ރިސޯޓުތައް މިހާރު ބޭނުން ކުރަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައް ކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ، މަރުކަޒީ ބޭންކުގެ ޕަބްލިކް އެކައުންޓުން ލޯނުގެ ގޮތުގައި ނެގުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ބައިތަކަށް އަަމަލު ކުރުން ފަސްކުރުމަށް އެދިވަޑައިގެން މަޖިލިހަށް ކަރުދާހެއް ފޮނުވައިފައެވެ.
އިބުރާހީމް މުޙައްމަދު ޞާލިހް ކިޔާ މީހަކު ރައީސްކަމުގައި އަޅެ އެބަހުރިތަ؟ މިހާރު ރައީސަކީ މަބުރޫކް!
ޜައީސަ ކީ ނަށީދު. މަބުރޫ ކު އެއީ ވަގުތީ ތަރުޖަމާނެއް.
ސޯލިހު ހަވަރަށްދީފާނެތީ މިހާރު އުޅެނީ ފިލައިގެން. ގައުމާ މުޚާތޮބް ކުރަނީ ޓެކްނޮލޮޖީ އެންމެ ކުރިއަރާފާ ވާއިރުވެސް ފޮޓޯދައްކައިގެން. ކޮވިޑް19ގައި ފައްސިޔަވީ ތޯއްޗެއް.