ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން އެޗްއާރުސީއެމުން ރައްޔިތުންގެ ހާލަތު ދެނެގަންނަން ފަށައިފިއެވެ.

އެޗްއާރުސީއެމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ފޯމެއް ތައްޔާރުކޮށްފައެވެ.

އެ ފޯމް މެދުވެރިކޮށް އެޗްއާރުސީއެމުން ބެލުމަށް ހަމަޖެހިފައި ވަނީ ކާނާ ލިބޭތޯ އާއި ވަޒީފާގެ ހާލަތާއި ކާބޯތަކެތީގެ އަގު އުފުލެމުންދޭތޯ އާއި ސާފު ފެން ލިބޭތޯ އާއި ސިއްހީ ފަރުވާ އާއި ދިރިއުޅޭ ތަނުގެ ހާލަތާއި ނަފްސާނީ އަދި ޖިސްމާނީ ހާލަތުގެ އިތުރުން ގެވެށި އަނިޔާ ފަދަ މައްސަލަތައް ދިމާވޭތޯއެވެ.

މިކަންކަމުގެ އިތުރުން އަދި ވަޒީފާގެ ހާލަތާއި، އިނާޔަތްތައް ހަމަޔަށް ލިބޭތޯ އާއި، މުސާރަ ހަމަޔަށް ލިބޭތޯ ވެސް އެޗްއާރުސީއެމުން ބަލައެވެ.

ރާއްޖެ އިން މިހާތަނަށް 214 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. މާލެ އިން މި ބައްޔަށް މީހަކު ފައްސިވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މުޖުތަމައު ތެރެއިން ވައިރަސް ފެންނަމުން ދާތީ، މި ބަލިމަޑުކަމުގައި މިހާރު ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. އެކަމާއި ގުޅިގެން އިދާރާތަކުން ވަނީ ރަށްރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ. އަދި ރާއްޖޭގެ ބައެއް ރަށްތަށް މޮނީޓަރިންގެ ހާލަތަށްވެސް ގެނެވިފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސެން

    ކޮން ފޯމެއް ފު ރާކަށް އިއްޔެވެސް ކާނެ އެއްޗެއް ހޯދަން
    ފިހާ ރަޔަށް ދިޔައިތީ ސަ ރުކާ ރަށް 1000 ރ ދޭންޖެހިއްޖެ. ތިޕޮލިހުން ދޭ ހުއްދަ އެއްގައި އެއްތަނަކުން އެއްޗެހި ލިބޭ ފިހާރ ރަ އެއް ނުހު ރެ..... ސަ ރުކާ ރު ބިކަވެ ރައްޔިތުން އަތުން ފެލަން ފަށައިފި....ސަ ރުކާ ރު ނުކުޅެދިފައި....

  2. ދި ގައިދީ

    ކަލޭނޭ ކީވެ މިހާރު މީހުން މަރާ މީހުން ދޫކޮއްލީ

  3. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ތިޔައީ އުވާލަންޖެހޭ ތަނެކެވެ. އެއްވެސް ކަމެއް ވާތަނެއް ނޫނެވެ. މީހަކު ހުށަހަޅާ މައްސަލައެއް ޝަކްވާއެއް ބަލައި ދުވަހަކުވެސް އޭގެ ނަތީޖާއެއް ނުފެނެއެވެ. ދިވެހިރައްޔިތުންގެ މާލިއްޔާއިން ތަފާތު ނަން ނަމުގައި ހަދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަން ހިމެނޭހެން ހުރި ހުރިހާ ކޮމިޝަންތައް އުވާލަން ޖެހެއެވެ.