ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުވާ ގޮތައް ޕީއެސްއެމްގެ ކުޑަކުދިންގެ ޕްރޮގްރާމެއްގައި ގެނެސްދިން ރައިވަރާއި ގުޅިގެން ޕީއެސްއެމް އިން އެކަމަށް މައާފަށް އެދިއްޖެއެވެ.
އެކަމަށް މައާފަށް އެދި ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ހަވީރު ޓީވީއެމް އިން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް "ކުޑަ މަސައްކަތެއް" ގައި ބައިވެރިޔަކާ ހަވާލުކުރި މަަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކޮންޓެންޓަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އެކުންފުނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އިތުރުން އާއްމު އިޖުތިމާއީ މިންގަޑާވެސް ހިލާފު ކޮންޓެންޓެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.
ރައީސް ޔާމީންގެ ޖާނު ސަލާމަތް ނުވާނެ ކަމަށް ދޭހަވާ ގޮތައް ޕީއެސްއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްގައި ރައިވަރެއް ގެނެސް ދިނީ އިއްޔެ ހަވީރުއެވެ. އަދި އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުންނާއި ދިވެހި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ޕީއެސްއެމް އިން ބުނީ އެކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެެވެ.
"މިކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން މިކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން،" ބަޔާނުގައި ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން "ވަގުތު" އިން ސުވާލު ކުރުމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އެއީ ޕްރޮގްރާމްގެ ކޮންޓެންޓާއި ނުގުޅޭ ރައިވަރެއްކަން ގަބޫލު ކުރައްވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް މިހާރު ބަލަމުންްދާ ކަމަށެވެ.
ޕީއެސްއެމް އިން ގެނެސްދިން ރައިވަރާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.
މާފައެދުނަކަސްނުވާނ.ެ
ހިތަށްއެރިއެށް ެެެެެެ ޗެކޭކިޔާފަ
މާފައެދެމނީ ލަދުކޮ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ބާޘަ
މާފަށް އެދުމަށް ނެރެފައިވާ ބަޔާނުންވެސް ހީވާކަހަލަ ތިމަންމެން މިހާތަނަށް މީޑިޔާ ރަގަނޅުކުރަން ވަރަށް މަސައްކަތް ކުރިހެން!! ކޮން މަސައްކަތެއް ކުރީ؟ ހަމަ އެއްކަމެއް ކޮންމެ ބަޔަކުވެސް ކުރަނީ! މައުމޫނުގެ ދައުރުގައި އޭނާ އެންމެ ބޭނުންވާގޮތަށް އޭނަގެ ސަރުކާރުން ކުރާ ރަގަނޅު ކަންތައްތަކާއި މުޅި ދައުލަތް ޖުމްލަކޮށް ޕްރޮމޯޓުކުރަނީ މި މީޑިޔާއިން!! ދެން އައީ ނަޝީދުގެ ސަރުކާރު އޭނާ އެކަންކުރީ މާ ހަޔާތްކުޑަކޮށް!! ދެން އައި ޔާމީން އޭނާގެ ސަރުކާރުން ކުރާ މަސައްކަތްތަކާއި ހިންގާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކާއި ރަށްތަކަށް ގެނަސްދޭ ތަރައްގީއާއި ޖުމްލަކޮށް މުޅި ދައުލަތް ޕްރޮމޯޓްކުރީ!! ދައުލަތުގެ ޓީވީ ޗެނަލްއަކުން ދައުލަތުގެ ފަތިފުށް ހާމަނުކުރާ އުސޫލުން!! މިހާރު މިއޮތީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް!! މިސަރުކާރުން ކަންކަންކުރަނީ މާނުބައިކޮށް!! ހަޔާތް ކުޑަކޮށް!! އެކަން މިއެނގުނީ ކުޑަކުޑަކުދިންނަށް ބައިވެރިވާގޮތަށް ބޭއްވި ޕްރޮގުރާމެއްގައި ޓީވީ ސްކްރީނަށް މިއެރުވީ މައުމޫނަށާ ޔާމީނަށް ނިސްބަތްކޮށް އެމީހުންގެ ޖާނުވެސް ސަލާމަތްނުވާނެކަން ދޭހަވާގޮތަށް ލިޔެފައި އޮތް ޅެމެއް ކުއްޖަކު ލައްވާ ކިޔުއްވަން!! މިއީ މިބައި މީހުންގެ ކިބައިގާ ޔާމީނާ ދޭތެރޭ އޮތް ޙަސަދަވެރިކަމާ ރުޅިވެރިކަން އޮތް މިންވަރު ހާމަވެގެން ދިޔަ ކަމެއް!! ޕީއެސްއެމްއޭ ކިޔާ އެމްޑީޕީގެ ސިޔާސީ ގޮފިން ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް!! މާފަށް އެދުމެންވެސް ބޮޑު ހާސަރުތަކެއް ކިޔާ ބަޔާން ނެރުނަސް މިކަންކުރި ބަޔަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ!! އިސް މީހުން ޒިންމާ ނަގަންޖެހޭ!! އެކަމުގެ ބަދަލު އިސްމީހާއަށް އަންނާނެ!! ބަލާނެ!! ކޮންމެވެސް އެއްގޮތަކުން ބަދަލު އައުން އެކަށީގެންވޭ!! ޔާމީނަކީ މިރާއްޖޭގެ ފަހުގެ ތާރީޚުގައި ދުއް އެންމެ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތު!! ތަރައްގީގެ ބާނީ!!
ކުޑަކުދިންގެ ޙައްޤަށް އަރައިގަތީ އެކުދިންލައްވައި މިފަދަ ކަންކަން ކުރުވާ ބަޔަކަށް ޤާނޫނުގައިވާ އަދަބުދޭންޖެހޭ
ސީދާ ކަނޑަ އެޅިގެން ގާނޫނު ގައި ވާގޮތަށް އަމަލުނުކު ރާ ސަ ރުކާ ރެއް މީހާ ރު މިއޮތީ
ލަދުހަޔާތުގެ ކުނޑިފުކެއްހު ރި ބައެއްނަމަވެސް އިސްތިއުފާދިނިސް މިއޮއްފަދަ މާތްމަސްވަ ރު ކުޑަކުދިންތަކެއް ލައްވާ ތިޔަތަނަކުން ތިޔަކަހަލަ ހަޔާތްކުޑަ ކަމެއްކު ރީތީވެސް ނޫނޭވާ ވެ ރިކަމެއް ސޯލިބޭ މިކު ރަނީ ދެން ޓީވިއައް އަ ރާ ހިތޯބު ދީފަ ކަ ރުނައަޅާ ފެންބޑުކު ރޭ ދެއްކުންތެ ރިކަމުންވެސް ޕީއެޗްޑީ ނަގާފަ ނުކިޔަވާ ހުއްޓަސް
ކޮބާ، ކޮމިޝަނުން މިކަމެއް ނުބެލުނުދޯ. ކީއްކުރާ ކޮމިޝަނެއް؟
ސަރުކާރުގެ ވައުދު ފުއްދަނީ.....ރައީސް ޔާމީން ޖަލަށް ލުމަކީވެސް މިސަރުކާރުގެ ސިޔާސީ ވައުދެއް ވިއްޔާ
ތިޔައީ ގަސްދުގައި ރާވައިގެން ކުރާ ކަންތައްތައް. ތިޔަ މީހުންގެ މައްޗަށް ފިޔަވަޅެއް ވެސް ނޭޅޭނެ. ފިޔަވަޅު އަޅައިފިއްޔާ ބުނާނެ، އެއީ ސިޔާސީގޮތުން އެޅި ފިޔަވަޅެކޭ. ޤާޟީ ވަގަށް ނެގި ބޮޑެތި ވަގުންނަށް ދަޢުވާކުރީމާވެސް ޢައުރަ ނިވާނުކުރާ އަންހެނަކު އިސްވެ ހުރެގެން ބުނީ އެއީ ސިޔާސީ ދަޢުވާއެކޭ. އެދައިތައަށް އެކަންޏޯ މި ގައުމުގައި ޤާނޫނު އެނގެނީ.
މައާފައް އެދުމަކުން ނުފުދޭ ސީއީއޯ އިސްތިއުފާދިނުމަށްފަހު އެޖަރީމާ ތަހުގީގުކޮށް ކުއްވެރިވާ ފަރާތްތަކަށް ހައްގު އަދަބުދީ ކުޑަކުދިންގެ އަހުލާގު ގޯސްކޮށްލާފަ މާދަމާ އިޖުތިމާއީ ފޭރާމޭ ގަންޖުފަރާހޭ ޖަގިޔަލޭ ކިޔާ ހަޅޭއްލެވިޔަކަސް ކަމަކު ނުދާނެ ކުޑަކުދިންނަކީ އެބަޔަކު ބޭނުންވާ ގޮތަކަށް ކޮށާ މަށާލެވޭނެ ބައެއް
ކުޑޫ ދައްތިވެސް ހާދަ ސިޔާސީ އޭދޯ؟
ކަލޭމެނަށް މާފުވެސް ލިބޭތަ އެހެންވީމާ މާފު މިލިބެނީ ވެސް ވަކި ބަޔަކަށްތާ އެހެންވީމަދޯ 0ޓޮލަރެންސް ކިޔެނީ!
2008 ވަނަ އަހަރަށްފަހު މުޅި ޤައުމު ސިޔާސީވެ ހުރިހާ މުއައްސަސާތައްވެސް ސިޔާސީވެ ކޮންމެ ސަރުކާރަކުންވެސް ގައުމީ މީޑިޔާ ބޭނުންކުރަމުންދިޔައީ އެބައެއްގެ ކަންކަން ކުރިއަރުވައި އިދިކޮޅު ފަރާތްތައް ނިކަމެތިކޮށް އަގުވައްޓާލައި ޢަބުރު ކަތިލުމަކީ 2008 ވަނަ އަހަރު އެމްޑިޕީއަށް ވެރިކަން ލިބުނު ހިސާބުން ފެށިގެން އަށަގެންފަވާކަމެއް އެންމެ ފުރަތަމަ އެމްޑިޕީން ވެރިކަން ލިބުމާ ގުޅިގެން ރީކޯމޫސަ ދައިލަތުގެ މީޑިޔާއަށް ވަދެ މުޅި ލައިބުރަރީ ވަނީ ނައްތާލާފަ އެއީ ދިވެހިރާއްޖޭގެ ތާރީޚް އޮޅުވާލުމަށް ހިންގި ޖަރީމާ އޭގެފަހުން އައި ކޮންމެ ވެރިކަމެއްގަވެސް މަސައްކަތްކުރީ އެބައެއްގެ މަސްލަހަތު ކުރިއަރުވައި ދެންތިބި ބައެއްގެ އަބުރު ކަތިލުމްށް ތިޔަ ކަންކަމަކީ ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާ ދައުލަތުގެ މީޑިޔާއަކީ ރައްޔިތުންގެ ތަންތަން އެމްޑީގެ ޕްރޮޕެގެންޑާ ފަތުރާ ތަންތަނަށްވެގެންނުވާނެ ރ ޓީވީ ހިންގާ އުސޫލުން ދައުލަތުގެ މީޑިޔާ ހިންގާނަމަ ދައުލަތުގެ މީޑިޔާގެ ބޭނުމެއްނެތް
ދައުލަތުގެ މީޑިޔާއިން ހިންގާ ދަށު ދަރަޖައިގެ ޢަމަލްތަކުގެ ސަބަބުން ދައުލަތުގެ މީޑިޔާގެ އިސް ވެރިނާ ހުރިހާ މުވައްޒަފުން ވަކިކޮށް ސިޔާސީނޫން މުވައްޒަފުން ދައުލަތުގެ މީޑިޔާ ހިންގައިގެން ނޫނީ އިންސާފުވެރިނުވާނެ
ވަގުތުން ދައުލަތުގެ މީޑިއާ އާއި ދެކޮޅަށް ފިޔަވަޅު އަލަން މިނިވަން މުއަށްސަސާ ތަކަށް ގޮވާލަން ތިކަމުންދޭހަވަނީ ކުޑަކުދިންގެ ހައްގުތަކަށްވެސް އަރައިގަނެފަވާކަން ކުޑަކުދިންނާ ވެސް ތި ބެހެވުނީ ކަން.