ރާއްޖޭގެ މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފި އެވެ.

މެޓް އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ރީނދޫ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ މި ސަރަހައްދުތަކަށް ބޯކޮށް، ވާރޭވެހުމާއެކު ބާރަށް ގުގުރާނެ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމާވާނީ މިއަދު ހަވީރު 16:00 އަށެވެ.

މިއަދު ހެނދުނުން މާދަމާ ހެނދުަނު 10:00 އާއި ހަމައަށް މޫސުން ކުރިއަަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެން ވާ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށާއި. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.