ކޮވިޑް-19 ހާއްސަ ހޮސްޕިޓަލަކަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖައްސާފައިވާއިރު އެތަނުން މަހަކު 20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ނޭޝަނަލަ ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީއާ ޓްރީޓޮޕް ހޮސްޕިޓަލާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް އެ ހޮސްޕިޓަލު ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފައިންބާގް ވިދާޅުވީ އެތަނުގެ ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލު ބަދަލުކުރި ނަމަވެސް އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނާނެ ކަމަށެވެ. ކޮވިޑް-19 ހާއްސަ ހޮސްޕިޓަލަކަށް ޓްރީޓޮޕް ހަމަޖައްސާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ފައިބާންގް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި މަހަކަށް 20 މިލިއަން ހަރަދުވާނެ ކަމަށެވެ.
ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ބޭނުން ކުރާ ތިން މަސް ދުވަހުގެ ތެރޭގައި އެތަނުގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސްތަކެއް ދިނުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އެގޮތުން ފްރަންޓު ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "ހެޒާޑަސް ޕޭ" ގެ ގޮތުގައި ހާއްސަ އެލަވަންސެއް ލިބިގެންދާނެއެވެ. އެ އެލަވަންސް މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓު ލިބިގެން ދާނެއެވެ.
އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިއްޖެ ނަމަ އެ މުވައްޒަފަކަށް އެއް އަހަރު ދުވަހުގެ މުއްދަތާ ހަމައަށް ޕެއިޑް ޑިސެބިލިޓީ ލީވް ލިބިގެންދާނެއެވެ. އެ ހުރިހާ ހަރަދުތަކެއް ކުރާނީ ޓްރީޓޮޕްގެ ހިއްސާދާރުންނެވެ.
ކޮވިޑް-19 ހާއްސަ ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލުން ހަމަޖައްސާފައިވާއިރު މިހާރުވެސް އެ ހޮސްޕިޓަލުގައި ފަސް މީހަކު ވަނީ އެޑްމިޓުކޮށްފައެވެ.
ހަމަ ކަނީ! ގުންކިޔާފައި ދިރުވަނީ! ތިޔަށްވުރެ މާ ތާހިރުވާނެ ޗައިނާ ސަރުކާރުގައި އެދިގެން ފަރުވާދޭ ފެސިލިޓީއެއް ހެދިޔަސް!
ބައިތުލް މާލް ހުސް ނުކުރެވިގެން އުލޭ ބައެކެވެ.
ތިތަނުގެ މަހެއްގެ ސޭލްސްގޮތުގައިވެސް ތިވަރެއް ނުލިބޭނެކަން ހަމަ %100 ގެރެންޓީ ދީފާނަން.
އެހެންވީމާ ދުވާލަކަށް ހަލައްކަ + ދޯ
ބޮޑުވަރު ތީ
ޓުރީ ޓޮޕު ހިއްސާދާރުންގެ އަމިއްލަ ޖީބުން ތިހުރިހާ ހަރަދުކުރާ ކަމަށްވާނަމަ ފަށްފަށުން ސުކުރިއްޔާ ، ﷲ ތިޔަބޭފުޅުންނަށް ހެޔޮރަހުމަތްލައްވާށި އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި އާމީން